Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެތިނަދޫ އިންޖީނު ގޭގެ މައްސަލަ

ތިނަދޫ އިންޖީނު ގޭގެ މަސައްކަތް އެމްޓީސީސީގެ ސަބްސިޑަރީ ކުންފުންޏަކާއި ހަވާލު ކުރީ ރައްކާތެރި ގޮތް ކަމަށްވާތީ: ސައީދު

19 އޮކްޓޯބަރު 2020 | ހޯމަ 20:35

މައްސަލަ ހުށައެޅީ ތިނަދޫ ދާއިރާގެ ކުރީގެ މެމްބަރު

އަލީ ސަމާޚް
އަލީ ސަމާޚް | 19 އޮކްޓޯބަރު 2020 | ހޯމަ 20:35
ހޯމަ ދުވަހު ކުރިޔަށް ދިޔަ އެސްއޯއީ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން

ހޯމަ ދުވަހު ކުރިޔަށް ދިޔަ އެސްއޯއީ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން

ގދ. ތިނަދޫ އައު އިންޖީނު ގޭގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކުންފުނި (އެމްޓީސީސީ) ގެ ސަބްސިޑަރީ ކުންފުންޏަކަށް ހަވާލު ކުރީ، އެއީ ފެނަކަ އަށް އެންމެ ރައްކާތެރި ގޮތް ކަމަށްވާތީ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އައު އިންޖީނު ގެ އިމާރާތްތަކުގެ ނުނިމި ހުރި މަސައްކަތްތައް އެމްޓީސީސީ ގެ ސަބްސިޑަރީ ކުންފުންޏަކަށް ހަވާލު ކުރުމުގައި، އެ ދެ ކުންފުނިން މަސައްކަތް ހަވާލު ކުރެވިފައިވާ މައުލޫމާތު ސިއްރުކޮށްފައިވާ ކަމަށް ބުނެ ތިނަދޫ އުތުރު ދާއިރާގެ ކުރީގެ މެމްބަރު ސައުދުﷲ ހިލްމީ ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަޒް (އެސްއޯއީ) އަށް ހުށައެޅިފައިވާ ސިޓީއާ ގުޅޭ ގޮތުން މައުލޫމާތު ސާފު ކުރުމަށް ފެނަކަ ކުންފުނީގެ އިސް ބޭފުޅުން ވަނީ ހޯމަ ދުވަހު އެ ކޮމިޓީ އަށް ހާޒިރު ކޮށްފައެވެ.

Advertisement - newsAdvertisement

އެ މައްސަލަ ބަލަން އެކުލަވާލީ ސަބް ކޮމިޓީގައި އެކަމާއި ގުޅޭ ގޮތުން މެންބަރުން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ފެނަކަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދު ވިދާޅުވީ، ތިނަދޫ އިންޖީނުު ގޭގެ މަސައްކަތް އެ ކުންފުންޏާ ހަވާލު ކުރި ދުވަހުން ފެށިގެން މިއަދާ ހަމަޔަށްވެސް އޮތީ ބިރުވެރި ކަމެއްގެ ތެރޭގައި ކަމަށެވެ. އެހެންކަމުން ކުންފުނީގެ މެނޭޖްމެންޓުން މަސައްކަތް ކުރީ ހަރުދަނާ ނިޒާމެއްގެ ދަށުން އަލުން އާބާދު ކުރުމަށް ކަމަށެވެ.

ސައީދު ވިދާޅުވީ، ޓެންޑާ ޕްރޮސެސިން ކުރިޔަށް ގެންދިޔުމުގެ މަސައްކަތް ކުންފުނިން ފެށި ކަމަށާއި، ނަމަވެސް ވަގުތަށް ބަލާފައި އެއީ ކުރިޔަށް ގެންދެވޭނެ ކަމަކަށް ނުފެންނާތީވެ އެމްޓީސީސީގެ ސަބްސިޑަރީ ކުންފުންޏަކާއި ހަވާލު ކޮށްގެން ކުރިޔަށް ގެންދަން ނިންމި ކަމަށެވެ. ސައުދުގެ ކުންފުނި, ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑް އަށް މައްސަލައެއްގެ ގޮތުގައި އެ ކުންފުނިން ކުޑަ އަގެއް ހުށައަޅާފައި ވަނިކޮށް ސަރުކާރު ހިއްސާވާ ކުންފުންޏަކަށް މަސައްކަތް ހަވާލު ކުރުމުންނެވެ. ސައީދު ވިދާޅުވީ، ކުންފުނީގެ ނިންމުމަކީ އެއްވެސް ހާލެއްގައި އެއްވެސް ކުންފުންޏެއް ފެއިލް ކޮށްލުމުގެ މަގްސަދުގައި ނިންމި ނިންމުމެއް ނޫން ކަމަށެވެ.

އަލަށް އިންޖީނު ގެ ހަދާ ސަރަހައްދު މިހާރު ހުރި ހާލަތާއި ގުޅޭ ގޮތުން ކޮމިޓީ އަށް މައޫލުމާތު ދެއްވަމުން ފެނަކައިގެ ސީނިއާ އިންޖިނިއަރ އާސިޔަތު އިބްރާހިމް ވިދާޅުވީ، އައު އިންޖީނުގެ މަޝްރޫއު އަކީ އެތައް ފަހަރެއްގެ މަތިން ކުރިޔަށް ގެންދަން ބޭނުންވެ ކުރިޔަށް ނުގެންދެވިފައިވާ މަޝްރޫއެއް ކަމަށާއި، ނަމަވެސް ފެނަކަ އިން މި ފަހަރު ބޭނުންވީ ކޮންމެ ގޮތެއް ހަދާފައި ވެސް މަސައްކަތް ކުރިޔަށް ގެންދަން ކަމަށެވެ.

އިންޖީނުގެ މަޝްރޫއުގެ މަސައްކަތް ކުރިޔަށްދާ ގޮތް ބަލަހައްޓަމުން ގެންދައްވާ އާސިޔާތު ވިދާޅުވީ، އިންޖީނުގެ އިމާރާތް ކުރާ ސައިޓުގައި ކުރިން އެތަނުގެ މަސައްކަތް ހަވާލު ކުރި ފަރާތްތަކުން ގެންދިޔަ ތަކެތި އެބަހުރި ކަމަށެވެ. ނަމަވެސް އެތަކެތި ވެސް ހުރީ ބާވެފައި ކަމަށެވެ. އޭނާ ވިދާޅުވީ، އެހެންކަމުން ސީދާ އެތަނަށް ހޭދަވާނެ ކަމަށް އަންދާޒާކުރި ވަރަށްވުރެ އަގު ބޮޑުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އަގަށް ބަދަލު އައީ ޕްރޮޖެކްޓުގެ ސްކޯޕް އަށް އިތުރު ބަދަލުތަކާއި އެކު ކަމަށެވެ. އަދި އެ މަސައްކަތް ފަހުން ހަވާލުކުރިއިރު ސޭންޑް ވިޗް ޕެނަލްގެ ތިކްނެސް ތަކަށް ބަދަލު ގެނެވިފައިވާ ކަމަށެވެ.

އާސިޔަތު ވިދާޅުވީ، ދެވަނަ ފަހަރު އެ މަސައްކަތް ބަޔަކާއި އިއުލާންކޮށް އެތަނުގެ ސާވޭ ކުރުމަށް ފަހުގައެވެ.

އިންޖީނު ގޭގެ މަސައްކަތް ކުރިޔަށް ނުގޮސް ދިގުލައިގެންދާތީ އެކަމާއި ގުޅޭ ގޮތުން ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ފޭދޫ ދާއިރާގެ މެމްބަރު ނިހާދު ސުވާލު ކުރެއްވުމުން ސައީދު ވިދާޅުވީ، އިންޖީނު ގޭގެ މަސައްކަތް ނޮވެމްބަރު މަހު ފަށައި، ހަ މަސް ތެރޭގައި މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017
ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
17 ޖެނުއަރީ 2017

ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި

17 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް