Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އުއްތަމަ ފަނޑިޔާރު

ގާނޫނީ ފަންނަކީ އެ ފަންނުގެ ހުނަރުތަކާއި އުސޫލްތައް ދަސްކޮށްގެން މެނުވީ ހަރަކާތްތެރިވެވޭނެ ޕްރޮފެޝަނެއް ނޫން: އުއްތަމަ ފަނޑިޔާރު

ކޮންމެ ގާނޫނީ ވަކީލަކުވެސް މަސައްކަތްކުރަންވާނީ މުޖުތަމައުގައި ރޯލް މޮޑަލުންގެ ގޮތުގައި ބަލައިގަންނަ މީހަކަށް ވާންޖެހޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 18 އޮކްޓޯބަރު 2020 | އާދީއްތަ 10:20
އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނު: އަލަށް ގާނޫނީ ދާއިރާއާ ގުޅުނު ގާނޫނީ ވަކީލުނަށް ހުވާލައި ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވާ ވީޑިއޯގެ މަންޒަރެއް

އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނު: އަލަށް ގާނޫނީ ދާއިރާއާ ގުޅުނު ގާނޫނީ ވަކީލުނަށް ހުވާލައި ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވާ ވީޑިއޯގެ މަންޒަރެއް

ގާނޫނީ ފަންނަނީ އެފަންނުގެ ހުނަރުތަކާއި އުސޫލްތައް ދަސްކޮށްގެން މެނުވީ އޭގެތެރޭގައި ހަރަކާތްތެރިވެވޭނެ ޕްރޮފެޝަނެއް ނޫން ކަމަށް އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނު ވިދާޅުވެއްޖެ އެވެ.

އުއްތަމަ ފަނޑިޔާރު މިހެން ވިދާޅުވީ، އަލަށް ގާނޫނީ ދާއިރާއަށް ވަދެވަޑައިގެންނެވި، ގާނޫނީ ވަކީލުންނަށް ގާނޫނީ ވަކީލުކަމުގެ ހުވާ ލައިދެއްވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވައި ދެއްކެވި ވާހަކަފުޅު ގައެވެ. މި ރަސްމިއްޔާތުގައި 227 ގާނޫނީ ވަކީލަކު ހުވާކުރައްވާފައި ވެއެވެ.

Advertisement - newsAdvertisement

އުއްތަމަ ފަނޑިޔާރު ވިދާޅުވީ، އަލަށް ގާނޫނީ ވަކީލުކަމުގެ ދާއިރާއަށް ވަދެވަޑައިގެންނެވި ވަކީލުންގެ ހުވަޔާއެކު، މި ދާއިރާގައި ޒިންމާދާރުކަމާއި ޕްރޮފެޝަނަލްކަމާއެކު މަސައްކަތުގައި ދެމި ހުރުމުގެ އަހުދު ވެފައިވާއިރު، ހަމައެކަނި މާލީ ތަވަސްކަން ހޯދުމުގެ ބޭނުމުގައި މިފަންނުގެ ތެރެއަށް ވަންނަ މީހަކަށް މިފަންނުގެ ތެރެއަށް އެ ވަދެވެނީ ގޯސް ވިސްނުމެއްގެ މައްޗަށް ބަރޯސާ ވެވިގެން ކަމަށެވެ. އަދި އެ ނިޔަތުގައި ގާނޫނީ ފަންނުގެ ދާއިރާއަށް ވަންނަ މީހާ ވެގެންދާނީ ނާކާމިޔާބު މީހެއް ކަމަށެވެ.

އިތުރަށް ތަފްސީލް ކޮށްދެއްވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ގާނޫނީ ފަންނުގެ ދާއިރާއިން ރަނގަޅު އާމްދަނީ ހޯއްދެވި ނަމަވެސް، ހަމައެކަނި މާލީ މަންފާއަށް ވިސްނައިގެން މަސައްކަތް ކުރާނަމަ، ގާނޫނީ ދާއިރާއިން ކުރިއަރާ ދިއުމުގެ ފުރުސަތު ގެއްލި ދިއުމުގެ ފުރުސަތު ބޮޑުކަމަށެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ރާއްޖޭގައި މަސައްކަތް ކުރާ ގާނޫނީ ވަކީލުން ހަމައެކަނި ކޯޓުތަކަށް ވަޑައިގެން ވަކާލާތު ކުރުމުގެ ބަދަލުގައި ކޯޓުން ބޭރުގައި ވެސް ތަފާތު އެކިއެކި މަސައްކަތްތައް ކުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އެގޮތުން ތިން ކަމެއް އުއްތަމަ ފަނޑިޔާރު ވަނީ ފާހަގަ ކުރައްވާފަ އެވެ.

އެގޮތުން ފުރަތަމަ ކަމަކަށް، ހައްގު ހޯދުމުގައި ގާބިލްކަން ނެތް ފަރާތްތަކަށް އެ ފަރާތްތަކުގެ ހައްގުގައި މަސައްކަތް ކުރާ ގާނޫނީ ވަކީލަކަށް ވެވިދާނެ ކަމަށާއި، ނުވަތަ ތަފާތު އެކި ސަބަބުތަކާ ހުރެ، ނާއިންސާފުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް އިންސާފު ހޯދާ ދިނުމަށް މަސައްކަތް ކުރެވިދާނެ ކަމަށެވެ. މިފަދަ ފަރާތްތަކަކީ ކޮންމެ މުޖުތަމައުއެއްގައި ވެސް އުޅޭނެ ބައެއް ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

ދެވަނަ ކަމަކަށް، އިންސާނީ ހައްގުތައް ހިމާޔަތް ކުރުމަށް ހާއްސަ ސަމާލުކަމެއް ދީގެން ގާނޫނީ ވަކީލުންނަށް މަސައްކަތް ކުރެވިދާނެ ކަމަށެވެ. އިންސާނީ ހައްގުތައް ގެއްލިފައިވާ އެތައް ބަޔަކު މުޖުތަމައުގެ ތެރޭގައި އުޅޭއިރު، އެފަދަ ކަންކަން މުޖުތަމައުގައި ހިނގާ ކޮންމެ ފަހަރަކު އެކަންކަމާ ދެކޮޅަށް އެންމެ ފުރަތަމަ ތެދުވެ އަޑުއުފުލާ ބަޔަކީ ގާނޫނީ ވަކީލުން ކަމުގައި ވާންޖެހޭ ކަމަށެވެ. އެހެންކަމުން ޕްރޮފެޝަންގެ ސަގާފަތް ދެމެހެއްޓުމުގެ މަސައްކަތް ކުުރުމުގައި އަމަލީ ގޮތުން ބައިވެރިވެ އެގޮތުގައި މަސައްކަތް ކުރެވިދާނެ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

ތިންވަނަ ކަމަކަށް، އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ގައުމުގެ ދުސްތޫރީ ނިޒާމު ރައްކާކޮށް ހަރުދަނާ ކުރުމަށްޓަކައި މަސައްކަތް ކުރުން ކަމަށެވެ. ގާނޫނީ ފަންނު އެގޮތުގައި ދެމި އޮންނާނީ ގައުމުގެ ދުސްތޫރީ ނިޒާމު ހަރުދަނާވެ، ހެޔޮގޮތުގައި ނިޒާމު ރައްކާތެރި ކުރެވިގެން ކަމަށެވެ. ގާނޫނުއަސާސީން ކަނޑައަޅާ ދުސްތޫރީ ނިޒާމަށް ކުރިމަތިވާ ނޭދެވޭ ކޮންމެ ކަމެއްގެ އަސަރު ގާނޫނީ ފަންނަށް ކުރާނެ ކަމަށެވެ. އެހެންކަމުން ގާނޫނުއަސާސީން އެކަށައަޅާފައިވާ ދުސްތޫރީ ނިޒާމު ނެގެހެއްޓުމަށް މިންނަތާއެކު މަސައްކަތް ކުރުމަކީ ގާނޫނީ ވަކީލުން ކުރަން ޖެހޭނެ ކަމެއް ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ކޮންމެ ގާނޫނީ ވަކީލަކު ވެސް މަސައްކަތް ކުރަން ވާނީ މުޖުތަމައުގައި ރޯލް މޮޑަލުންގެ ގޮތުގައި ބަލައި ގަންނަ މީހަކަށް ވުމަށް ކަމަށެވެ. އަދި ގާނޫނީ ވަކީލުންނާމެދު އެފެދުފައިވާ ނުރަނގަޅު ތަސައްވުރު ރަނގަޅުކޮށް، މި ޕްރޮފެޝަން ކުރިއަރުވައި، މިފަންނުގެ އިތުބާރު ދެމެހެއްޓުމުގެ މަސައްކަތަކީ ހަމަ ކޮންމެ ގާނޫނީ ވަކީލަކަށް ފަރުދީގޮތުން ކުރެވިދާނެ ކަމެއް ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

އަލަށް ހުވާ ކުރެއްވި ވަކީލުންނަކީ ޤާނޫނީ ވަކީލުކަމުގެ ދާއިރާއިން ކިޔެވުމަށްފަހު ހުވާ ނުކުރެވި ތިބި ވަކީލުން 1 މަސް ދުވަހުގެ ތަމްރީނެއް ފުރިހަމަ ކުރުމަށްފަހު، ވަކީލު ކަމުގެ ހުއްދަ ލިބޭ ގޮތަށް ޤާނޫނީ ފަންނުގެ ޤާނޫނަށް ގެނައި އިސްލާޙު ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙު ތަސްދީޤު ކުރެއްވުމާއެކު، އެ ތަމްރީނު ފުރިހަމަ ކުރެއްވި ގާނޫނީ ވަކީލުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގާނޫނީ ވަކީލުން ހޯދުމުގައި އެހީތެރިކަންދޭ ވެބްސައިޓެއް!

ގާނޫނީ ވަކީލުން ހޯދުމުގައި އެހީތެރިކަންދޭ ވެބްސައިޓެއް!

23 މެއި 2017
ޔާމީންގެ މަރުގެ ތަހުގީގަށް ހުރަސް އެޅި ކަމަށް ތުހުމަތު ކުރާ ގާނޫނީ ވަކީލް އަލީ ޝާހު ޝަރުތުތަކަކާއެކު ދޫކޮށްލައިފި

ޔާމީންގެ މަރުގެ ތަހުގީގަށް ހުރަސް އެޅި ކަމަށް ތުހުމަތު ކުރާ ގާނޫނީ ވަކީލް އަލީ ޝާހު ޝަރުތުތަކަކާއެކު ދޫކޮށްލައިފި

20 މެއި 2017
ސުލޫކީ ކޮމެޓީގެ ގާނޫނީ ހައިސިއްޔަތާ މެދު ސުވާލު އުފައްދަވާފައި ވަނިކޮށް އަމީތު ޕީޕީއެމުން ވަކިކޮށްފި

ސުލޫކީ ކޮމެޓީގެ ގާނޫނީ ހައިސިއްޔަތާ މެދު ސުވާލު އުފައްދަވާފައި ވަނިކޮށް އަމީތު ޕީޕީއެމުން ވަކިކޮށްފި

28 މާރިޗު 2017
މެންބަރުން ވަކިކުރުމުގެ ގާނޫނީ ބާރެއް ދަރުބާރު ފެކްޝަނަށް ލިބިގެންނުވޭ: ރައީސް މައުމޫން

މެންބަރުން ވަކިކުރުމުގެ ގާނޫނީ ބާރެއް ދަރުބާރު ފެކްޝަނަށް ލިބިގެންނުވޭ: ރައީސް މައުމޫން

26 މާރިޗު 2017
ފާރިސް އާމެދު ގާނޫނީ ފިޔަވަޅު އަޅަން ވިސްނަން:ޕީޕީއެމް

ފާރިސް އާމެދު ގާނޫނީ ފިޔަވަޅު އަޅަން ވިސްނަން:ޕީޕީއެމް

23 މާރިޗު 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު