Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގާނޫނީ ވަކީލުންގެ ވެބްސައިޓް

ގާނޫނީ ވަކީލުން ހޯދުމުގައި އެހީތެރިކަންދޭ ވެބްސައިޓެއް!

މިސައިޓް މެދުވެރިކޮށް ގާނޫނީ ވަކީލުން އައްޔަންކުރުމުގެ ހުރިހާ ކަމެއް ހިންގޭނެ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 23 މެއި 2017 | އަންގާރަ 11:41
ގާނޫނީ ވަކީލުން ހުވާކުރުމުގެ ރަސްމިއްޔާތެއްގެ ތެރެއިން

ގާނޫނީ ވަކީލުން ހުވާކުރުމުގެ ރަސްމިއްޔާތެއްގެ ތެރެއިން

ޤާނޫނީ ވަކީލުން ހޯދުމުގައި އެހީތެރިކަން ފޯރުކޮށްދޭ ވެބްސައިޓެއް ލޯންޗްކޮށްފިއެވެ.

ލޯޔަރސްއެމްވީ.ކޮމް ގެ ނަމުގައި އުފައްދާފައިވާ މިވެބްސައިޓުގައި ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލުންގެ ގޮތުގައި މަސައްކަތްކުރާ ފަރާތްތަކުގެ މަޢުލޫމާތު ހިމެނިފައިވެއެވެ.

ލޯޔަރސްއެމްވީ ގެ ޕްރޮޖެކްޓް މެނޭޖަރ އަޙްމަދު ނަސީރު ވިދާޅުވީ، މި ޚިދުމަތަކީ ޤާނޫނީ ވަކީލުންގެ އެހީތެރިކަން ފުރިހަމައަށް ލިބުމުގައި ހުރި ދަތިތައް ދިރާސާ ކުރުމަށް ފަހު އެކަމަށް ޙައްލެއް ހޯދައި ދިނުމުގެ ނިޔަތުގައި ޤާނޫނީ ވަކީލުންގެ ޚިޔާލާއެކު އުފައްދާފައިވާ ވެބްސައިޓެއް ކަމަށެވެ. މި ވެބްސައިޓް މެދުވެރިކޮށް ވަކީލަކު ޢައްޔަނުކުރުމުން، ވަކީލުންނާއި އެކަމަށް އެދޭފަރާތާ މެދު އޮންނަ މަސައްކަތު އެއްބަސްވުން އެކުލަވާލުމާއި، ޤާނޫނީ ވަކީލާއެކު ހިންގަންޖެހޭ މުޢާމަލާތުތައް ހިންގުމުގައި އެހީތެރިވެދިނުމާއި، އަދި މައްސަލައާ ގުޅިގެން ކުރަންޖެހޭ އިދާރީ މަސައްކަތަކުގައި މުވައްކިލުގެ ފަރާތުން ޤާނޫނީ ވަކީލާއެކު ލޯޔަރސްއެމްވީ އިން މަސައްކަތްކުރާނޭ ކަމަށް އަޙްމަދު ނަސީރު ވިދާޅުވިއެވެ.

ޖިނާއީ ގިނަ މައްސަލަތަކުގައި ވަކާލާތުކުރައްވާ ޤާނޫނީ ވަކީލު ޢަބްދުﷲ ޝާޢިރު ވިދާޅުވީ މި ޚިދުމަތަކީ މިހާރު ކޮންމެހެން ބޭނުންވެފައިވާ ޚިދުމަތެއް ކަމަށެވެ. "ބައެއް މައްސަލަތަކުގައި އެބަހުރި ޤާނޫނީ ވަކީލުން އެކަށީގެންވާ ގޮތަށް މަސައްކަތް ނުކުރުމުގެ ސަބަބުން މުވައްކިލުންނަށް ބޮޑެތި ގެއްލުންވެފަ. އަދި ޤާނޫނީ ފީ ނެގުމުގައި ވެސް ބައެއް ފަހަރު މުވައްކިލުންނާ އެބަހުރި މައްސަލަތަކާ ކުރިމަތިލާންޖެހިފަ. ޤާނޫނީ ވަކީލުންގެ ޚިދުމަތް ހޯދުމުގައި އެދާއިރާ ދަންނަ ބަޔަކު މެދުވެރިކޮށް މަސައްކަތްކުރުމަކީ ރަނގަޅުކަމެއް،" ޝާއިރު ވިދާޅުވިއެވެ.

ޖިނާއީ އަދި މަދަނީ ބޮޑެތި މައްސަލަތަކުގައި ވަކާލާތުކުރައްވާ ޤާނޫނީ ވަކީލު އަޙްމަދު ޢަބްދުﷲ ޢަފީފް ވިދާޅުވީ ބައެއް ޤާނޫނީ ވަކީލުންގެ ޚިދުމަތްދޭ ގޮތާ މެދު ކަންބޮޑުވުންތަކެއް ހުރިކަން އެއީ ޙަޤީޤަތެއް ކަމަށާއި، ޤާނޫނީ ވަކީލު މަސައްކަތް ކުރިއަށް ގެންދާ ގޮތަށް ފާރަވެރިވާނޭ ބަޔަކު މެދުވެރިކޮށް ވަކީލުން ޢައްޔަނުކުރުމުން އެފަދަ މައްސަލަތައް ދިމާވާ މިންވަރު މަދުކުރެވޭނޭ ކަމަށެވެ.

ލޯޔަރސްއެމްވީ އިން ދޭ އެއްވެސް ޚިދުމަތަކަށް ޚިދުމަތް ހޯދާފަރާތުން އެއްވެސް ފީއެއް ދައްކާކަށް ނުޖެހެއެވެ. ލޯޔަރސްއެމްވީގެ ވެބް އެޑްރެސްއަކީ www.lawyersmv.com އެވެ. އަދި ފޭސްބުކް ޕޭޖް މެދުވެރިކޮށްވެސް ލޯޔަރސްއެމްވީގެ ޚިދުމަތް ލިބޭނޭ ކަމަށް ޕްރޮޖެކްޓް މެނޭޖަރ އަޙްމަދު ނަސީރު ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

26 މާރިޗު 2017

މެންބަރުން ވަކިކުރުމުގެ ގާނޫނީ ބާރެއް ދަރުބާރު ފެކްޝަނަށް ލިބިގެންނުވޭ: ރައީސް މައުމޫން

26 މާރިޗު 2017
މެންބަރުން ވަކިކުރުމުގެ ގާނޫނީ ބާރެއް ދަރުބާރު ފެކްޝަނަށް ލިބިގެންނުވޭ: ރައީސް މައުމޫން
23 މާރިޗު 2017

ފާރިސް އާމެދު ގާނޫނީ ފިޔަވަޅު އަޅަން ވިސްނަން:ޕީޕީއެމް

23 މާރިޗު 2017
ފާރިސް އާމެދު ގާނޫނީ ފިޔަވަޅު އަޅަން ވިސްނަން:ޕީޕީއެމް
10 މާރިޗު 2017

ދިދަ ބޭނުންކުރުމުގެ އުސޫލަކީ އުފެދުމުގައި ވެސް ބާތިލް އެއްޗެއް، އެއަށް އަމަލުކުރާކަން ނުޖެހޭނެ: ވަކީލުން

10 މާރިޗު 2017
ދިދަ ބޭނުންކުރުމުގެ އުސޫލަކީ އުފެދުމުގައި ވެސް ބާތިލް އެއްޗެއް، އެއަށް އަމަލުކުރާކަން ނުޖެހޭނެ: ވަކީލުން
10 މާރިޗު 2017

ޖަލުން ފިލުމަށް އަދީބު މަސައްކަތްތެއް ނުކުރޭ، އެއީ ދޮގު ވާހަކައެއް: ވަކީލުން

10 މާރިޗު 2017
ޖަލުން ފިލުމަށް އަދީބު މަސައްކަތްތެއް ނުކުރޭ، އެއީ ދޮގު ވާހަކައެއް: ވަކީލުން
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު