Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސަފާރީތައް އޮޕަރޭޓް ކުރުން

ސަފާރީތަކަށް އަންނަ ފަތުރުވެރިން އިތުރުވާނެ ކަމަށް ލަފާ ކުރެވެނީ އަންނަ އަހަރު ފަހުކޮޅު: އަފްރާހު

18 އޮކްޓޯބަރު 2020 | އާދީއްތަ 10:06

ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރެއްވި

އަލީ ސަމާޚް
އަލީ ސަމާޚް | 18 އޮކްޓޯބަރު 2020 | އާދީއްތަ 10:06
ބޯޓިން އެސޯސިއޭޝަންގެ ރައީސް މުހައްމަދު އަފްރާހު

ބޯޓިން އެސޯސިއޭޝަންގެ ރައީސް މުހައްމަދު އަފްރާހު

ގިނަ ސަފާރީތަކެއްގެ އޮޕަރޭޝަން ފެށި، ސަފާރީތަކުގައި ޗުއްޓީ ހޭދަ ކުރަން އަންނަ ފަތުރުވެރިންގެ އަދަދު އިތުރު ވެގެންދާނެ ކަމަށް ލަފާކުރެވެނީ އަންނަ އަހަރުގެ ފަހުކޮޅު ކަމަށް ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއެމް) އިން ބުނެފިއެވެ.

ކޮވިޑް-19 އާ ގުޅިގެން ބޯޑަރުތައް ބަންދު ކުރުމަށް ފަހު އަލުން ހުޅުވާލުމުން މަދު މަދުން ސަފާރީ ތަކުގައި ޗުއްޓީ ހޭދަ ކުރަން އަންނަ ފަތުރުވެރިންގެ އަދަދު ދަނީ އިތުރުވަމުންނެވެ. މި މަހުގެ މިހާތަނަށް 116 ސަފާރީއެއް އޮޕަރޭޓް ކުރުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ވަނީ ދީފައެވެ.

Advertisement - newsAdvertisement

''ރާއްޖެ.އެމްވީ'' އާ ވާހަކަ ދައްކަވަމުން ބޯޓިން އެސޯސިއޭޝަންގެ ރައީސް މުހައްމަދު އަފްރާހު ވިދާޅުވީ، ސަފާރީ ބޯޓުތަކުގައި ޗުއްޓީ ހޭދަ ކުރުމަށް މައިގަނޑު ގޮތެއްގައި އަންނަނީ ޑައިވަރުންގެ އިތުރުން ސާފިން އަށް ދާ މީހުން ކަމަށެވެ.

އަފްރާހު ވިދާޅުވީ، ރާއްޖެ އާދެވެން ފުރުސަތު އޮތިއްޔާ ގިނަ ފަތުރުވެރިންތައް މިހާރު ވެސް އަންނަން ބޭނުންވާ ކަމަށެވެ. ނަމަވެސް ރާއްޖެ އަށް އައުމަށް ފަހު ޕޮޒިޓިވް ވެއްޖެ ނަމަ މަޑުކުރަން ޖެހޭ މުއްދަތާއި އަނބުރާ ގައުމަށް ގޮސް ކަރަންޓީނުވާން ޖެހޭ މުއްދަތުގެ ސަބަބުން ފަތުރުވެރިންނަށް އައުމަށް ދަތިތަކެއް ކުރިމަތިވާ ކަމަށެވެ. އެހެންކަމުން ރާއްޖޭގައި ކަރަންޓީނުވާން ޖެހޭ މުއްދަތަށް ލުޔެއް ހޯދުމަށް ޓޫރިޒަމް މިނިސްޓްރީއާ މަޝްވަރާ ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

އަފްރާހު ވިދާޅުވީ، މިހާރު ގިނަ ސަފާރީތައް އޮޕަރޭޓް ކުރަނީ ބޮޑު ޑިސްކައުންޓެއް ދީގެން ކަމަށާއި، ސަފާރީތަކުން ވެސް މަސައްކަތް ކުރަނީ ލިބޭ ބުކިންތައް ކެންސަލްނުކޮށް ކުރިޔަށް ގެންދިޔުން ކަމަށެވެ. މިހާރު އޮޕަރޭޓް ކުރަމުންދަނީ މިދިޔަ އަހަރާއި އަޅައި ބަލާއިރު 50 ޕަސެންޓް ސަފާރީތައްކަން އޭނާ ފާހަގަކުރެއްވިއެވެ.

ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން ބޯޓިން އިންޑަސްޓްރީ ހިމެނޭ ގޮތަށް ފަތުރުވެރިކަމުގެ ސިނާއަތަށް ވަނީ މީގެ ކުރިން ދުވަހަކުވެސް ދިމާނުވާ ފަދަ ބޮޑު ލޮޅުމެއް އައިސްފައެވެ. އޭގެ ސަބަބުން ގިނަ އަދަދެއްގެ ރިސޯޓްތަކެއް ބަންދުކޮށް ވަޒީފާ އަދާކުރަމުންދާ ފަރާތްތަކަށް އެކަމުގެ އަސަރު ކޮށްފައިވެއެވެ.

އެމްއެމްޕީއާރްސީ އިން ދަނީ ރާއްޖޭގެ ފަތުރުވެރިކަން މިހާރަށްވުރެ ބޮޑަށް ޕްރޮމޯޓް ކުރުމުގެ ގޮތުން ބޮޑެތި ކެމްޕޭނުތައް ހިންގަމުންނެވެ. ނަމަވެސް ފަތުރުވެރިން އައުމުގައި ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ކޮވިޑާ ގުޅިގެން ދަތުރުފަތުރުތައް ކުރުމަށް އަޅާފައިވާ ފިޔވަޅުތަކެވެ. އިމިގްރޭޝަންގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ބޯޑަރު އަލުން ހުޅުވާލުމަށް ފަހު 26،000 ފަތުރުވެރިން ވަނީ ރާއްޖެ އަށް ޒިޔާރަތް ކޮށްފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ގއ. ހިތާދޫ އަށް ގެއްލުންދިން ފަތުރުވެރިންނަށް އަދި ފިޔަވަޅެއް ނާޅަން: މިނިސްޓްރީ

04 ފެބުރުއަރީ 2017
ގއ. ހިތާދޫ އަށް ގެއްލުންދިން ފަތުރުވެރިންނަށް އަދި ފިޔަވަޅެއް ނާޅަން: މިނިސްޓްރީ
02 ފެބުރުއަރީ 2017

ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު

02 ފެބުރުއަރީ 2017
ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު
02 ފެބުރުއަރީ 2017

ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި

02 ފެބުރުއަރީ 2017
ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި
31 ޖެނުއަރީ 2017

"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ

31 ޖެނުއަރީ 2017
"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ
30 ޖެނުއަރީ 2017

ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި

30 ޖެނުއަރީ 2017
ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި
27 ޖެނުއަރީ 2017

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް