Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބްރިޓިޝް އެއަރވޭސްގެ ދަތުރުތައް ފެށުން

ބްރިޓިޝް އެއަރވޭސްގެ ދަތުރުތައް އަލުން ރާއްޖެއަށް ފަށައިފި

ހަފްތާގެ 3 ދުވަހު އެ އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް ބާއްވާނެ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 17 އޮކްޓޯބަރު 2020 | ހޮނިހިރު 16:13
ބްރިޓިޝް އެއަރވޭސްގެ ދަތުރުތައް މެދުކަނޑާލީ ކޮވިޑް-19 ގެ ބަލިމަޑު ކަމާއި ގުޅިގެން

ބްރިޓިޝް އެއަރވޭސްގެ ދަތުރުތައް މެދުކަނޑާލީ ކޮވިޑް-19 ގެ ބަލިމަޑު ކަމާއި ގުޅިގެން

ކޮވިޑް-19 ގެ ބަލިމަޑު ކަމާއި ގުޅިގެން ދަތުރުތައް މެދުކަނޑާލުމަށްފަހު ބްރިޓިޝް އެއަރވޭސްގެ ދަތުރުތައް ހޮނިހިރު ދުވަހު އަލުން ރާއްޖެއަށް ފަށައިފިއެވެ.

ބްރިޓިޝް އެއަރވޭސްގެ ދަތުރުތައް ރާއްޖެއަށް ކުރަނީ ލަންޑަންގެ ހީތްރޯ އެއަރޕޯޓުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށެވެ. ހަފްތާގެ 3 ދުވަހު އެ އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް ބާއްވަން ވަނީ ހަމަޖެހިފައެވެ.

Advertisement - newsAdvertisement

ބްރިޓިޝް އެއާރވޭސް ލަންޑަންއިން ރާއްޖެއަށް ދަތުރުތައް ކުރާނީ އާދިއްތަ، ބުދަ، އަދި ހުކުރު ދުވަހުއެވެ. ރާއްޖެއިން ލަންޑަންއަށް ދަތުރުކުރުމަށް ހަމަޖެހިފައިވަނީ ހޯމަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހުއެވެ.

މިކަމާ ބެހޭގޮތުން ހޮނިހިރު ދުވަހު ޓްވީޓް ކުރައްވަމުން މިނިސްޓަރ އޮފް ޓުއަރިޒަމް އަބްދުﷲ މައުސޫމް ވަނީ ބްރިޓިޝް އެއަރވޭސްއަށް ޝުކުރު އަދާކޮށްފައެވެ. އަދި އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެރޯން ރޮސްލާ މިކަމުގައި ދެއްވި އެހީތެރިކަމަށް ވެސް ޑރ. މައުސޫމް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ބްރިޓިޝް އެއަރވޭސްއަކީ ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަ އެއަރލައިނެކެވެ. އަދި ދިވެހިރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތަކުގެ އިނގިރޭސިވިލާތް ހިމެނޭއިރު، ރާއްޖެއަކީ އިނގިރޭސި ފަތުރުވެރިންގެ މެދުގައި ވަރަށް މަގުބޫލު މަންޒިލެއް ކަމަށް އެ ގައުމުގައި މި ފަހުން ނެގި ބައެއް ޕޯލްތަކުން ވެސް ވަނީ ހާމަވެފައެވެ.

ކޮވިޑް-19 އާ ގުޅިގެން ތިން މަހަށް ވުރެ ގިނަ ދުވަހަށް ފަހު ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމަށްފަހު ޖުލައި މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވާލިފަހުން، އެއާލައިންތަކުން ރާއްޖެއަށް ބާއްވަމުން އަންނަ ދަތުރުތަކުގެ އަދަދުތައް އަންނަނީ އިތުރު ކުރަމުންނެވެ. އަދި ދުނިޔޭގެ ނަން މަޝްހޫރު ގިނަ އެއާލައިންތަކުގެ ދަތުރުތައް ރާއްޖެއަށް ފަށާފައިވާއިރު އިތުރު އެއާލައިންތަކުގެ ދަތުރުތައް މި މަހުގައި ފެށުމަށް ނިންމާފައިވެއެވެ.

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

165 މިލިއަން ރުފިޔާ ހޯދަން އެސްއޯއެފްގެ މައްޗަށް ކުރާ ދައުވާގެ ޝަރީޢަތް އަލުން ފަށަނީ

19 ފެބުރުއަރީ 2017
165 މިލިއަން ރުފިޔާ ހޯދަން އެސްއޯއެފްގެ މައްޗަށް ކުރާ ދައުވާގެ ޝަރީޢަތް އަލުން ފަށަނީ
16 ފެބުރުއަރީ 2017

"ހަމަ ކެނޑީ އަލުން ވަނީ" ގެ ނަމުގައި ހަރަކާތެއް ފަށަނީ

16 ފެބުރުއަރީ 2017
"ހަމަ ކެނޑީ އަލުން ވަނީ" ގެ ނަމުގައި ހަރަކާތެއް ފަށަނީ
12 ފެބުރުއަރީ 2017

ބްރިޓިޝް ކައުންސިލްގެ ކޮންސެޕްޓަށް ރާއްޖޭގައި އަރަބި ބަސް އުނގަނައިދިނުމުގެ މަޝްރޫޢުއެއް ފަށަނީ

12 ފެބުރުއަރީ 2017
ބްރިޓިޝް ކައުންސިލްގެ ކޮންސެޕްޓަށް ރާއްޖޭގައި އަރަބި ބަސް އުނގަނައިދިނުމުގެ މަޝްރޫޢުއެއް ފަށަނީ
08 ފެބުރުއަރީ 2017

އެސްއޯއެފުން 165 މިލިޔަން ރުފިޔާ ހޯދަން ކުރާ ދައުވާގެ މައްސަލަ އަލުން ކޯޓަށް ވައްދައިފި

08 ފެބުރުއަރީ 2017
އެސްއޯއެފުން 165 މިލިޔަން ރުފިޔާ ހޯދަން ކުރާ ދައުވާގެ މައްސަލަ އަލުން ކޯޓަށް ވައްދައިފި
07 ފެބުރުއަރީ 2017

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި

07 ފެބުރުއަރީ 2017
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު