Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސުޕްރީމް ކޯޓުގެ ފުރަތަމަ އޮންލައިން ފޯރަމް

ސުޕްރީމް ކޯޓުން ފުރަތަމަ ފަހަރަށް އޮންލައިން ފޯރަމެއް ބާއްވައިފި

މި ފޯރަމް ކުރިއަށް ގެންދިޔައީ ވަކާލާތު ކުރުމުގެ ހުއްދަ ލިބިފައިވާ ޤާނޫނީ ވަކީލުންނަށް އަމާޒު ކޮށްގެން

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 17 އޮކްޓޯބަރު 2020 | ހޮނިހިރު 04:47
އޮންލައިން ފޯރަމްގެ ތެރެއިން

އޮންލައިން ފޯރަމްގެ ތެރެއިން

ސުޕްރީމް ކޯޓުގައި ވަކާލާތު ކުރުމުގެ ހުއްދަ ލިބިފައިވާ ޤާނޫނީ ވަކީލުންނަށް އަމާޒު ކޮށްގެން އޮންލައިން ފޯރަމެއް ބާއްވައިފިއެވެ.

މި ފޯރަމް އަކީ، 2020 އޮކްޓޫބަރު 10 ވަނަ ދުވަހުގައި ޢަމަލު ކުރަން ފެށުނު ސުޕްރީމް ކޯޓުގެ ގަވާއިދު (2020) އާއި ގުޅޭ މަޢުލޫމާތު ޙިއްޞާކޮށް ވަކީލުންގެ ފަރާތުން ފާހަގަ ކުރައްވަން ބޭނުންފުޅުވާ ކަންކަން ޙިއްޞާ ކުރުމުގެ މަޤުޞަދުގައި ބޭއްވުނު ފޯރަމެއް ކަމަށް ސުޕްރީމް ކޯޓުން ބުންޏެވެ.

Advertisement - newsAdvertisement

އޮކްޓޯބަރ މަހުގެ 15 ވަނަ ދުވަހުގެ ހަވީރު 4:00 ގައި ފެށުނު މި ފޯރަމްގައި، ސުޕްރީމް ކޯޓުގެ ގަވާއިދު (2020) ދަށުން އަލަށް ތަޢާރަފު ކުރެވުނު ކަންތައްތަކާއި، ސުޕްރީމް ކޯޓުގައި ޢަމަލުކުރެވެމުންދާ އިޖުރާއަތުތަކަށް މި ގަވާއިދުގެ ދަށުން އައިސްފައިވާ ބަދަލުތައް ޙިއްޞާ ކުރެވުނު ކަމަށް ވެސް އެ ކޯޓުން ވަނީ ބުނެފައެވެ.

އަދި މި ގަވާއިދާ ގުޅިގެން ވަކީލުންގެ ފަރާތުން ފާހަގަ ކުރައްވަން ބޭނުންފުޅުވާ ކަންކަން ޙިއްޞާ ކުރައްވާފައިވާއިރު މިއީ، ސުޕްރީމް ކޯޓުން އޮންލައިންކޮށް ކުރިއަށް ގެންދެވުނު ފުރަތަމަ ފޯރަމެވެ.

ސުޕްރީމް ކޯޓުން އަލަށް ފޯރަމެއް ބާއްވާފައިވާއިރު ޒަމާނީ ބޮޑެތި، ގިނަ ބަދަލުތަކެއް ގެނައުމަށްފަހު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އައު ގަވާއިދު އެ ކޯޓުން ވަނީ އާންމުކޮށްފައެވެ.

އާންމުކޮށްފައިވާ ސުޕްރީމް ކޯޓުގެ މި ގަވާއިދަކީ ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓު ކަމުގައިވާ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމާއި، އެ ކޯޓުން މައްސަލަ ބަލައި ގަތުމާއި، އެ ކޯޓުގައި މައްސަލަ ހިންގުމާއި، މިނޫންވެސް ސުޕްރީމް ކޯޓުގައި ހިންގޭ ޝަރީޢަތްތަކާއި ބޭއްވޭ އަޑުއެހުންތަކާ ގުޅޭ އިދާރީ އަދި އިޖުރާއީ ކަންކަން ބަޔާން ކުރާ ޤަވާއިދެވެ.

ސުޕްރީމް ކޯޓުގެ ގަވައިދަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާއިރު، ޒަމާނީ ބަދަލުތައްވެސް ހިމަނާފައިވެއެވެ. އެގޮތުން ކޯޓު އަމުރުތައް ރައްދުކުރުމާއި ގުޅޭގޮތުން، އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް ކޯޓު އަމުރު ރައްދުކުރެވިދާނެކަމަށް އައު ގަވާއިދުގައި ބުނެފައިވެއެވެ.

ސުޕްރީމް ކޯޓުގެ އައު ގަވާއިދަށް ވެސް އަމަލުކުރަން ފަށާއިރު، އެ ކޯޓުގެ ފަނޑިޔާރުންގެ އަދަދަށް ފަނޑިޔާރުން އައްޔަންކޮށް ނިިމި، ކޯޓުގެ މަސައްކަތްތައް ވަނީ ފަށާފަ އެވެ. އައު ސަރުކާރާއެކު ކުރިއަށް އޮތް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީސް ވަނީ އެއްކޮށް ބަދަލުކޮށް، ކުރިިން ފަސް ފަނޑިޔާރުން ތިއްބެވި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކަށް ބަދަލުކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް

ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް

06 ފެބުރުއަރީ 2017
ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރުމުށް ކޯޓުން އަމުރުކޮށްފި

ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރުމުށް ކޯޓުން އަމުރުކޮށްފި

01 ފެބުރުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ދެވަނަ ފަހަރަށް ފަސްކޮށްފި

ލޯކަލް ކައުންސިލް އިންތިހާބު ދެވަނަ ފަހަރަށް ފަސްކޮށްފި

01 ފެބުރުއަރީ 2017
އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

4 މެއި
މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ

ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި

ކެޕްޓަން ރަޝީދު: " އަޅުގަނޑުމެންނަށް ބޯޓު ނުޖައްސައި ފަރުޖެހޭކަށް ނެތް، ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް"
20233 އަހަރު ކުރިން
ރިޕޯޓު

ކެޕްޓަން ރަޝީދު: " އަޅުގަނޑުމެންނަށް ބޯޓު ނުޖައްސައި ފަރުޖެހޭކަށް ނެތް، ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް"

ބީޖީ ގަރާޖު ސަރަޙައްދުގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެފި
20224 އަހަރު ކުރިން
ރާއްޖެ

ބީޖީ ގަރާޖު ސަރަޙައްދުގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެފި

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު
20197 އަހަރު ކުރިން
ރާއްޖެ

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު

ސައުދީގައި ފައްޅި އަޅަން ވެޓިކަން އާއިއެކު އެއްބަސްވެއްޖެ
20188 އަހަރު ކުރިން
ދުނިޔެ

ސައުދީގައި ފައްޅި އަޅަން ވެޓިކަން އާއިއެކު އެއްބަސްވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު