Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާލޭގައި ޕާކިން އިމާރާތް ކުރަނީ

މާލޭގެ 7 ސަރަހައްދެއްގައި މަލްޓިސްޓޯރީ ޕާކިން ބިލްޑިންގ އަޅަނީ

16 އޮކްޓޯބަރު 2020 | ހުކުރު 04:33

ފުރަތަމަ 2 ތަނެއްގެ މަސައްކަތް ކުރުމަށް ޕްލޭނިންގެ މިނިސްޓްރީއާއި އިކޮނަމިކް މިނިސްޓްރީއާއި މަޝްވަރާ ކުރަމުންދަނީ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 16 އޮކްޓޯބަރު 2020 | ހުކުރު 04:33
މާލޭގައި އިމާރާތްކުރާ ޕާކިންގ ބިލްޑިންގެ ފުރަތަމަ އިމާރާތް އެޅުމަށް ނިންމާފައިވަނީ ހީނާމާގެ ޕާކިންގައި

މާލޭގައި އިމާރާތްކުރާ ޕާކިންގ ބިލްޑިންގެ ފުރަތަމަ އިމާރާތް އެޅުމަށް ނިންމާފައިވަނީ ހީނާމާގެ ޕާކިންގައި

މާލޭގެ ޕާކިން މައްސަލައެއް ހައްލެއް ހޯދުމަށް މާލޭގެ 7 ސަރަހައްދެއްގައި މަލްޓިސްޓޯރީ ޕާކިން ބިލްޑިންގ އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.

ބުރާސްފަތި ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން އެ ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޝިމާޒު އަލީ ވިދާޅުވީ ގަރާޖު ސިޓީގެ ކަންތައްތަކުގައި ނުރަނގަޅު ކަންތައްތަކެއް ހިނގާފައި އެބަހުރި ކަމަށާއި، އަދިވެސް ހިނގަމުންދާ ކަމަށެވެ. އެހެންނަމަވެސް ހުއްދަތައް ދޫކުރަނީ މާލެ ސިޓީ ކައުންސިލުން ގަރާޖުތަކެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައި އެތަނަށް ދޫކުރާ ހުއްދައެއްގެ މައްޗަށް ބިނާކޮށް އެތަނަކީ ރަނގަޅު ގަރާޖެއްތޯ ބެލުމަށްފަހު ކަމަށާއި، ނަމަވެސް ސަރުކާރުގެ މިވަގުތުގެ ސިޔާސަތަކީ ދައުލަތަށް އެކަމުން އާމްދަނީއެއް ލިބޭނެ ގޮތަކަށް އެކަން ކުރުން ކަމަށެވެ.

Advertisement - newsAdvertisement

ޝިމާޒު ވިދާޅުވީ އަންނަ އަހަރުގެ ޖެނުއަރީ މަސް ތެރޭގައި އެކަމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ކުރައްވަމުން ގެންދަވާ ކަމަށާއި، މާލޭގެ ވަކި ސަރަހައްދުތަކެއް ޕްލޭނިންގެ މިނިސްޓްރީގެ މަޝްވަރާގެ މަތިން މިވަގުތުވެސް ބަލާފައިވާ ކަމަށެވެ. އަދި އެތަންތަނުން ޕާކިންއަށް ސްލޮޓްތައް ދޫކުރަނީ ވެހިކަލް ރަޖިސްޓްރީ ކުރެވޭ ގޮތަށް ކަމަށާއި، އެ އިސްލާހު އެގޮތަށް އައުމުން މިކަމަށް ހައްލު ލިބިގެންދާނެ ކަމަށެވެ.

މާލޭގެ މަލްޓްސްޓޯރީ ބިލްޑިންގެ އިމާރާތް ކުރުމަށް ނިންމާފައިވާތީ އެކަމާއި ގުޅިގެން ޝިމާޒު ވިދާޅުވީ 7 ސަރަހައްދެއްގައި އިމާރާތްތައް ކުރުމަށް ހަމަޖެހިފައިވާ ކަމަށާއި، ފުރަތަމަ 2 ތަނެއްގެ މަސައްކަތް ކުރުމަށް ޕްލޭނިންގެ މިނިސްޓްރީއާއި އިކޮނަމިކް މިނިސްޓްރީ އާއި މަޝްވަރާ ކުރަމުންދާ ކަމަށެވެ.

ޝިމާޒު ވިދާޅުވީ މި ތަންތަނުން ދައުލަތަށް އާމްދަނީ ލިބޭނެ ގޮތް ހެދިގެންދާނެ ކަމަށާއި، ގަރާޖު ސިޓީގެ މައްސަލައިގެ އިތުރުން ޕާކިން މައްސަލަ އަށް ވެސް ހައްލު ލިބިގެންދާނެ ކަމަށެވެ. ޓްރާންސްޕޯޓުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މާލޭގައި 4 ފޮޅުލީ 7000 އުޅަނދު ބޭނުން ކުރަމުންދެއެވެ.

އެހެންކަމުން އުޅަނދު އެތެރެ ކުރުމުގެ މައްސަލައަށް ވެސް ހައްލެއް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވީ، ތޮއްޖެހިފައިވާ މާލޭގެ މަގުތަކަށް ފަސޭހަ ބަދަލުތަކަށް ގެނައުމަށް މި ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން މި އަހަރުގެ ތެރޭގައި ސައިކަލް ތަކަށް 1000 އާއި 1500 ދޭތެރޭގެ ޕާކިން ޒޯންތަކެއް ހެދުމަށް ނިންމާފައިވާ ކަމަށާއި، ހަތަރު ފުރޮޅުލި އުޅަނދުތަކަށް 100 އަށް ވުރެ ގިނަ ޕާކިން ސްލޮޓް ހަމަޖެހިގެން ދާނެ ކަމަށް ވިދާޅުވި އެވެ.

މާލޭގައި މިހާތަނަށް ޕާކިންގ ޒޯންގެ ގޮތުގައި ތައްޔަރު ކޮށްފައިވާ ތަންތަނަކީ، މަޖީދިއްޔާ ސްކޫލް ކުރިމަތި، ފިނޭންސް މިނިސްޓްރީ ކައިރީ ޕާކިން ޒޯން، އެމްއެމްއޭ ކައިރީ އޮންނަ ޕާކިން ޒޯންގެ އިތުރުން މާފަންނު ސަހަރާ ކައިރި އޮތް ޕާކިންގ ޒޯނެވެ.

އެންމެ ހިނގާ

1

ރާއްޖެއިން ބޭރަށް ދަތުރުކުރި ދިވެއްސެއްގެ އަތުގައި އޮތް އާއިލާ މެންބަރެއްގެ ބީއެމްއެލް ކާޑު ހިފެހެއްޓި މައްސަލައެއް!

2

ރާއްޖެޓީވީ ހިމެނޭ ގޮތަށް އިތުރު ދެ ޗަނަލަކަށް ފިޔަވަޅު އެޅުމުގެ މަސައްކަތް މީޑިއާ ކޮމިޝަނުން ފަށައިފި

3

ރިސޯޓެއް ހަދަން ނެގި ލޯނާ ގުޅިގެން ފައްޔާޒަށް ތުހުމަތުކޮށް ދެކެވުނު ވާހަކަ ތަކަށް ފައްޔާޒުގެ ރައްދެއް!

4

އީރާނަށް ހަމަލާދިނުމުގެ ތައްޔާރީތަކާއެކު އެމެރިކާގެ އަސްކަރީ މުދާއުފުލާ 10 ބޯޓެއް އިސްރާއީލަށް ޖައްސައިފި

5

ބަރުލަމާނީ އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް ޔަހޫދީ ނަތަންޔާހޫ ހުރީ ވެރިކަން ދޫކޮށްލާ ގޮތަކަށް ނޫން!

އިތުރަށް ކިޔާލަން

01 އެޕްރީލު 2017

ބޯކޮށް ވާރޭވެހި މާލޭގެ ބައެއް ހިސާބުތަކުގައި ފެންބޮޑުވެއްޖެ

01 އެޕްރީލު 2017
ބޯކޮށް ވާރޭވެހި މާލޭގެ ބައެއް ހިސާބުތަކުގައި ފެންބޮޑުވެއްޖެ
25 މާރިޗު 2017

މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ދިޔަކީ ކޭބަލް ހަލާކުވެގެން: ސްޓެލްކޯ

25 މާރިޗު 2017
މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ދިޔަކީ ކޭބަލް ހަލާކުވެގެން: ސްޓެލްކޯ
21 ފެބުރުއަރީ 2017

މާލޭގެ ސްކޫލުތަކުގައި މާދަރީ ބަހުގެ ދުވަސް ފާހަގަކޮށްފި

21 ފެބުރުއަރީ 2017
 މާލޭގެ ސްކޫލުތަކުގައި މާދަރީ ބަހުގެ ދުވަސް ފާހަގަކޮށްފި
18 ފެބުރުއަރީ 2017

މާލޭގެ ޒޯން ދޭއް އަދި ތިނަކުން ކުނި އުފުލުމުގެ ހިދުމަތަށް ރަޖިސްޓްރީކުރުމަށް ހުޅުވާލައިފި

18 ފެބުރުއަރީ 2017
މާލޭގެ ޒޯން ދޭއް އަދި ތިނަކުން ކުނި އުފުލުމުގެ ހިދުމަތަށް ރަޖިސްޓްރީކުރުމަށް ހުޅުވާލައިފި
17 ފެބުރުއަރީ 2017

މާލޭގެ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިއްޖެ: ރައީސް ޔާމީން

17 ފެބުރުއަރީ 2017
މާލޭގެ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިއްޖެ: ރައީސް ޔާމީން
11 ފެބުރުއަރީ 2017

!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ

11 ފެބުރުއަރީ 2017
!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ
24 ޖެނުއަރީ 2017

މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

24 ޖެނުއަރީ 2017
މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
17 ޖެނުއަރީ 2017

މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި

17 ޖެނުއަރީ 2017
މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން ވަޅުލައިފި

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން ވަޅުލައިފި
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް