Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އައިއޯއައިޖީ ރާއްޖޭގައި ބޭއްވުން

އައިއޯއައިޖީ ބޭއްވުމާ ގުޅޭ ގޮތުން އެމްއޯސީއާއެކު މަޝްވަރާކޮށްފި

މިހާރު އޮތް ގޮތަށް 2023 ވަނަ އަހަރު ގޭމްސް ބޭއްވޭނެ ކެރިފޯރުންތެރިކަމެއް ނެތް

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 15 އޮކްޓޯބަރު 2020 | ބުރާސްފަތި 08:59
އައިއޯއައިޖީ ބޭއްވުމާ ގުޅޭ ގޮތުން ބުދަ ދުވަހު އެމްއޯސީއާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން

އައިއޯއައިޖީ ބޭއްވުމާ ގުޅޭ ގޮތުން ބުދަ ދުވަހު އެމްއޯސީއާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން

ރާއްޖޭގައި 2023 ވަނަ އަހަރު އިންޑިއަން އޯޝަން އައިލޭންޑް ގޭމްސް (އައިއޯއައިޖީ) ބޭއްވުމާ ގުޅޭ ގޮތުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އާއެކު ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް މަޝްވަރާކުރައްވައިފިއެވެ.

ކުޅިވަރާ ބެހޭ ވުޒާރާގައި ބުދަ ދުވަހު ބޭއްވި ބައްދަލުވުމުގައި އެމްއޯސީގެ ހިންގާ ކޮމިޓީގެ މެންބަރުން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. މި ބައްދަލުވުމުގައި މަޝްވަރާ ކުރެވިފައިވަނީ ކޮވިޑް-19 އާ ގުޅިގެން އައިއޯއައިޖީ ބޭއްވުމުގައި ކުރިއަށްދެވޭނެ ގޮތްތަކާ ބެހޭ ގޮތުންނެވެ.

މިއީ ކުޅިވަރާ ބެހޭ ވަޒީރުގެ މަގާމާ އަޙްމަދު މަޙްލޫފް ހަވާލުވިފަހުން، އެމްއޯސީން ވަޒީރާ ބައްދަލުކުރި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ވަޒީރު ވަނީ އެމްއޯސީ އާއި ކުޅިވަރާ ބެހޭ ވުޒާރާއާ އެއްވެސް ވަރަކަށް މުއާމަލާތް ނުކުރެވޭ ކަމަށާއި ކުޅިވަރުގެ އެހާ މުހިންމު މުއައްސަސާއެއްގެ ގޮތުގައި އޮތްއިރު އެމްއޯސީއާ އެއްވެސް ގުޅުމެއް ނެތް ކަމަށް ވިދާޅުވެފައެވެ.

އައިއޯއައިޖީ ބޭއްވުމާ ގުޅޭ ގޮތުން އެމްއޯސީއާއެކު ކުޅިވަރާ ބެހޭ ވަޒީރު މަޝްވަރާ ކުރެއްވިއިރު، މީގެ ކުރިން ވަޒީރު ވަނީ ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކާއެކުވެސް އައިއޯއައިޖީއާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

މީގެ ކުރިން ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ ގޭމްސް ބޭއްވުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ފަށަން ޕްލޭން ކުރެވިފައި އޮތް އަހަރަކީ މި އަހަރު ކަމަށާއި، އެހެން ނަމަވެސް މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19 ގެ ހާލަތާއެކު ގޭމްސްއަށް އަމާޒުކުރި ބޮޑެތި މަސައްކަތް ހުރީ ނުފެށި ކަމަށެވެ. އެހެން ކަމުން ކޮވިޑް-19 ގެ ހާލަތު ރަނގަޅުވެ، އަންނަ އަހަރު އެ މަސައްކަތް ފަށައިގެން އައިއޯއައިޖީ ރާއްޖޭގެ ބޭއްވޭނެ ކަމަށް މިހާރު ގަބޫލުނުކުރައްވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

އަދި މިހާރުގެ ހާލަތާއެކު ވަޒީރުންގެ މަޖިލީހަށް ވަރަށް އަވަހަށް ކަރުދާހެއް ހުށަހަޅާނެ ކަމަށާއި، އޭގައި ފާހަގަކުރާނެ ކަންތަކުގެ ތެރޭގައި 2023 ވަނަ އަހަރުގެ އައިއޯއައިޖީ 2025 ވަނަ އަހަރަށް ފަސްކުރުމަށް، ނޫނީ ކުރިއަށް އޮތް ގޭމްސް މިފަހަރު ދޫކޮށްލާފައި ދެން އަންނަ ގޭމްސް ބޭއްވުމަށް އެދުން ހިމެނޭ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ބައިނަލްއަގުވާމީ ކުޅިވަރު މުބާރާތްތައް ރާއްޖޭގައި ބޭއްވުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމަކަށްވާއިރު، ރާއްޖޭން އައިއޯއައިޖީ ބޭއްވުމުގެ ބިޑް ކާމިޔާބުކުރީ މި ސަރަހައްދުގެ އެންމެ ބޮޑު ޖަޒީރާ ކަމަށްވާ މަޑަގަސްކަރަ އާއި ކޮމޮރޯސްއާ ވާދަކޮށްގެންނެވެ.

އައިއޯއައިޖީއަކީ މިހާތަނަށް ރާއްޖޭގައި ބާއްވަން ފުރުސަތު ލިބުނު ބައިނަލްއަގުވާމީ ފުރަތަމަ ކުޅިވަރު ގޭމްސްއެވެ. ރާއްޖޭގައި ރަސްމީކޮށް ކުޅިވަރު ކުޅެންފެށިތާ 88 ވުރެން ގިނަ އަހަރުވެފައިވާއިރު، އައިއޯއައިޖީގެ ބިޑު ކާމިޔާބުވުމަކީ ދިވެހި ކުޅިވަރަށް ލިބުނު އެންމެ ބޮޑު ޝަރަފަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖޭގެ ފުޓުބޯޅައާ ބެހޭ ގޮތުން ރޮނާލްޑީނިއޯ އާއި ބައްސާމް މަޝްވަރާކުރައްވައިފި

ރާއްޖޭގެ ފުޓުބޯޅައާ ބެހޭ ގޮތުން ރޮނާލްޑީނިއޯ އާއި ބައްސާމް މަޝްވަރާކުރައްވައިފި

25 ޑިސެމްބަރު 2017
އެއްބަސްވުމާ ބެހޭ ގޮތުން ކޯސްޓާއާ އެކު ޗެލްސީން މަޝްވަރާތައް ފަށައިފި

އެއްބަސްވުމާ ބެހޭ ގޮތުން ކޯސްޓާއާ އެކު ޗެލްސީން މަޝްވަރާތައް ފަށައިފި

08 ޖުލައި 2017
ޓްރާންސްފާއާ ގުޅޭގޮތުން ރޫނީ އެވަޓަންއާއެކު މަޝްވަރާކޮށްފި

ޓްރާންސްފާއާ ގުޅޭގޮތުން ރޫނީ އެވަޓަންއާއެކު މަޝްވަރާކޮށްފި

05 ޖުލައި 2017
ބޫޓާން މެޗަށް ތައްޔާރުވުމުގެ ގޮތުން ބެންގްކޮކްގައި ގައުމީ ޓީމު ފަރިތަކުރުންތައް ފަށައިފި

ބޫޓާން މެޗަށް ތައްޔާރުވުމުގެ ގޮތުން ބެންގްކޮކްގައި ގައުމީ ޓީމު ފަރިތަކުރުންތައް ފަށައިފި

08 ޖޫން 2017
ގަތަރުން ހުޅުމާލޭގައި އަޅައިދޭން ބުނި ސްޓޭޑިއަމްއާ ބެހޭގޮތުން ވަކި އެއްޗެއް ދަންނަވާކަށް ނޭނގޭ: އަނިލް

ގަތަރުން ހުޅުމާލޭގައި އަޅައިދޭން ބުނި ސްޓޭޑިއަމްއާ ބެހޭގޮތުން ވަކި އެއްޗެއް ދަންނަވާކަށް ނޭނގޭ: އަނިލް

06 ޖޫން 2017

އަހަރުތަކުން މިއަދު

27 މެއި
2023 ވަނަ އަހަރު ޑިފެންސް މިނިސްޓްރީ އިން ހަރަދުކޮށްފައިވަނީ މާލިއްޔާތު ގާނޫނާ އެއްގޮތަށް
20251 އަހަރު ކުރިން
ރާއްޖެ

2023 ވަނަ އަހަރު ޑިފެންސް މިނިސްޓްރީ އިން ހަރަދުކޮށްފައިވަނީ މާލިއްޔާތު ގާނޫނާ އެއްގޮތަށް

ފަލަސްތީނުގައި ޔަހޫދީން ހިންގަމުން ގެންދާ ގަތުލުއާންމަކީ ދެގައުމެއްގެ ދޭތެރޭގައި އޮތް ދާހިލި މައްސަލައެއްގެ ގޮތުގައި ޕީއެންސީން ސިފަކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ފަލަސްތީނުގައި ޔަހޫދީން ހިންގަމުން ގެންދާ ގަތުލުއާންމަކީ ދެގައުމެއްގެ ދޭތެރޭގައި އޮތް ދާހިލި މައްސަލައެއްގެ ގޮތުގައި ޕީއެންސީން ސިފަކޮށްފި

"ބޭހެއް ނުކަން، ޖަހާލީ ކުޅަނދުރު ކައްޓެއް. އަނެއް ދުވަހު ހެނދުނު ރަނގަޅުވެއްޖެ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ބޭހެއް ނުކަން، ޖަހާލީ ކުޅަނދުރު ކައްޓެއް. އަނެއް ދުވަހު ހެނދުނު ރަނގަޅުވެއްޖެ"

އަސޭލާ ލައްވާ ކުރީގެ ރައީސް ޔާމީން ފާލު ބެލިކަން ހާމަވާ އިތުރުވާހަކަތަކެއް
20224 އަހަރު ކުރިން
ރާއްޖެ

އަސޭލާ ލައްވާ ކުރީގެ ރައީސް ޔާމީން ފާލު ބެލިކަން ހާމަވާ އިތުރުވާހަކަތަކެއް

މުއިއްޒުގެ ޢިއްޒަތް
20215 އަހަރު ކުރިން
ކޮލަމް

މުއިއްޒުގެ ޢިއްޒަތް

ނަޝީދު ކުޅުއްވީ ޑްރާމާއެއްތަ؟
20197 އަހަރު ކުރިން
ރިޕޯޓު

ނަޝީދު ކުޅުއްވީ ޑްރާމާއެއްތަ؟

އާރަށުގައި ދިގުކޮށް ކިޔަވާތީ ތިން މުދިމުން ބަދަލުކޮށްފި: މަހްލޫފް
20188 އަހަރު ކުރިން
ރާއްޖެ

އާރަށުގައި ދިގުކޮށް ކިޔަވާތީ ތިން މުދިމުން ބަދަލުކޮށްފި: މަހްލޫފް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު