Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވީކެންޑް މާކެޓް ބޭއްވުން

މާލެ ސިޓީ ކައުންސިލުން ވީކެންޑް މާކެޓް ބާއްވަނީ

15 އޮކްޓޯބަރު 2020 | ބުރާސްފަތި 09:36

ތާރީހެއް ވިދާޅެއް ނުވޭ

އަލީ ސަމާޚް
އަލީ ސަމާޚް | 15 އޮކްޓޯބަރު 2020 | ބުރާސްފަތި 09:36
ޔޫތް މިނިސްޓްރީން ބޭއްވި \'\'ހަފްތާ ރެސް\'\' މާކެޓްގެ ތެރެއިން

ޔޫތް މިނިސްޓްރީން ބޭއްވި \'\'ހަފްތާ ރެސް\'\' މާކެޓްގެ ތެރެއިން

މާލެ ސިޓީ ކައުންސިލުން އިންތިޒާމް ކޮށްގެން ވީކް އެންޑް މާކެޓް ބޭއްވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސިޓީ ކައުންސިލުން ބުނެފިއެވެ.

''ރާއްޖެ.އެމްވީ'' އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ، ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން ވަރަށް ގިނަ އާއިލާތަކެއް ނިކަމެތިވެ، ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އެކަންތައްތަކާއި ގުޅިގެން ކައުންސިލުން ބޭނުން ވަނީ ރައްޔިތުންނަށް އާމްދަނީ އެއް ހޯދައި ދިނުމަށް ވީކެންޑް މާކެޓް އެއް ހުޅުވާލަން ކަމަށެވެ. ހޯމަ ދުވަހު ބޭއްވި ސިޓީ ކައުންސިލްގެ ބައްދަލުވުމުގައި ވީކެންޑް މާކެޓް ބާއްވަން ވަނީ ފާސް ކޮށްފައެވެ. ޝިފާ ވިދާޅުވީ، ވީކެންޑް މާކެޓް ބާއްވަން އިންޑަސްޓްރިއަލް ޒޯން ސަރަހައްދުން ތަނެއް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެތަނުގައި އަމަލު ކުރާނެ ގޮތުގެ އުސޫލުގެ އިތުރުން ފަށާނެ ތާރީހެއް ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

މީގެ ކުރިން ކޮންމެ ހަފްތާއެއްގެ ނިމުން ފާހަގަ ކުރުމުގެ ގޮތުން މާލޭ ރަސްފަންނު ސަރަހައްދުގައި ޔޫތް މިނިސްޓްރީން އިންތިޒާމު ކޮށްގެން ''ހަފްތާ ރެސް'' ވީކެންޑް މާކެޓް އެއް ބާއްވަމުންނެވެ. އެކަމަކު ކޮވިޑް-19 ސަބަބުން އެ މާކެޓް ބޭއްވުން އޮތީ މަޑުޖައްސާލަފައެވެ. ހަފްތާ ނިމުމުގެ ގޮތުން ވީކެންޑް މާކެޓާއި، ''ހަފްތާ ރެސް'' ބޭއްވުމަކީ ސަރުކާރުގެ 30 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނިގެން ބާއްވަމުން އައި ޙަރަކާތްތަކެވެ. އެ މާކެޓް އަކީ ގިނަ އަދަދެއްގެ ސްޓޯލް ހިމެނޭ ގޮތަށް ބާއްވަމުން އައި މާކެޓްއެކެވެ.

''ހަފްތާ ރެސް'' މާކެޓް އަކީ އާންމު ފަރުދުންނާއި ޒުވާނުންނާއި، އަންހެނުންނާއި، އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރުވައި، އެ ފަރާތްތަކުން ބާރުވެރި ކުރުވުމުގެ މަގްސަދުގައި ސަރުކާރުން ކުރިޔަށް ގެންދިޔަ ހަރަކާތެކެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މި ސަރުކާރުން އަންނަނީ ވަރަށް ބޮޑު އަހަމިއްޔަތު ކަމެއް ދެމުންނެވެ. އެ ފަރާތްތަކަށް ހާއްސަކޮށް ސަރުކާރުން ވަނީ ސްމޯލް އެންޑް މީޑިއަމް އެންޓަޕްރައިޒަސް (އެސްއެމްއީ) ބޭންކެއް ޤާއިމް ކޮށްފައެވެ . ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލިބިފައިވާ ގެއްލުންތަކުން އަރައި ގަތުމަށް ސަރުކާރުން ދަނީ އެކި ފެންވަރުގައި މަސައްކަތްތަކެއް ކުރަމުންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
17 ޖެނުއަރީ 2017

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
13 ޖެނުއަރީ 2017

އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި

13 ޖެނުއަރީ 2017
އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި
12 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

12 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި
12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް