Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގެސްޓްހައުސްތައް އަލުން ހުޅުވާލުން

ގެސްޓްހައުސްތައް އަލުން ހުޅުވުމުގެ ގޮތުން މާފުއްޓަށް ޒިޔާރަތް ކުރި ފުރަތަމަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔައިފި

15 އޮކްޓޯބަރު 2020 | ބުރާސްފަތި 08:51

މާފުށިން ފުރަތަމަ ޚިދުމަތަށް ހުޅުވާލީ 4 ގެސްޓްހައުސް

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 15 އޮކްޓޯބަރު 2020 | ބުރާސްފަތި 08:51
މާފުއްޓަށް ފުރަތަމަ ޒިޔާރަތް ކުރި ފަތުރުވެރިޔާއަށް ޓުއަރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް މަރުހަބާ ދެންނެވުން

މާފުއްޓަށް ފުރަތަމަ ޒިޔާރަތް ކުރި ފަތުރުވެރިޔާއަށް ޓުއަރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް މަރުހަބާ ދެންނެވުން

ކޮވިޑް-19އާއި ގުޅިގެން ގެސްޓްހައުސްތައް ބަންދު ކުރުމަށް ފަހުން ފަތުރުވެރިންނަށް އަލުން ހުޅުވައިފިއެވެ.

ރާއްޖޭގެ ލޯކަލް ޓުއަރިޒަމް އެންމެ ކުރިއަރާފައިވާ މާފުށީން ވަނީ އެ ރަށަށް ފުރަތަމަ ޒިޔާރަތް ކުރި ފަތުރުވެރިޔާއަށް މަރުހަބާ ކިޔާފައެވެ. މާފުށީ ކައުންސިލްގެ ރައީސް އުޘްމާސް ރަޝީދު ވިދާޅުވީ މާފުއްޓަށް ފުރަތަމަ ޒިޔާރަތް ކުރި ފަތުރުވެރިޔާއަށް ޓުއަރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް މަރުހަބާ ކިޔުއްވާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އަލަށް ފަތުރުވެރިންނަށް އެ ރަށް ހުޅުވާލި އިރު ހަތަރު ގެސްޓްހައުސްއަކުން ޙިދުމަތް ފަށާފައިވާކަން ފާހަގަކުރަމުން އުޘްމާން ވިދާޅުވީ އިތުރު ގެސްޓްހައުސްތައް ހުޅުވުމުގެ ހުއްދަ ދޫކުރަމުންދާ ކަމަށެވެ.

ބުރާސްފަތި ދުވަހު މާފުށީގައި ކުރިއަށްދިޔަ ހަރަކާތްތަކުގެ ތެރެއިން މިނިސްޓްރީގެ ފަރާތުން ވަނީ މާފުށީގެ ރައްޔިތުންނަށް ބެހުމަށްޓަކައި ރީ ޔޫސަބަލްް މާސްކް ކައުންސިލްއަށް ހަދިޔާކޮށްފައި ކަމަށާއި މީގެ އިތުރުން މިނިސްޓަރ މައުސޫމް ވަނީ 106 ކޮޓަރީގެ ކާނި ހޮޓެލް އެންޑް ސްޕަރ ވެސް ފަތުރުވެރި ކަމަށް އަލުން ހުޅުވައިދެއްވާފައެވެ.

ބުރާސްފަތި ދުވަހު އަލަށް ޒިޔާރަތް ކުރީ 4 ފަތުރުވެރިން ކަމަށްވާއިރު، މި މަހުގެ ތެރޭގައި ގިނަ ފަތުރުވެރިންތަކެއް އެ ރަށަށް ޒިޔާރަތް ކުރުމަށް ބުކިންގ ހަދާފައިވާ ކަމަށް އުޘްމާން ވިދާޅުވި އެވެ.

މާފުށީގެ ހުރިހާ ގެސްޓްހައުސްތައް އޮޕަރޭޝަން އަށް ގެނެވޭނީ ޑިސެމްބަރު މަހުގެ ތެރޭގައި ކަމަށް އޭނާ ވިދާޅުވި އެވެ.

އަދި މަސައްކަތް ކުރަނީ ދަތިތަކާއި އެކު މަސައްކަތްކޮށް ދަތިތަކުން އަރައިގަނެ އިޤްތިޞާދީ ގޮތުން ކުރިއަރައިގެން ދިއުން ކަމަށް އުޘްމާން ފާހަގަކުރެއްވި އެވެ.

ޓޫރިޒަމް އަލުން ފަށައިގަތުމަށް 9 ކައުންސިލަކުން ތައްޔާރުވެފައިވާއިރު، މިހާތަނަށް 35 ގެސްޓްހައުސް އެއް ހުޅުވުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީ އިން ދީފައިވާ ކަމަށް އެމިނިސްޓްރީން ވަނީ ހާމަކޮށްފަ އެވެ.

އެހެންކަމުން ގެސްޓްހައުސްތަކަށް ހުއްދަ ދޫކުރާއިރު އެޗްޕީއޭގެ ގައިޑްލައިންގެ ހުރިހާ ކަމެއް ފުރިހަމަވޭތޯ ޗެކް ކުރާނެ ކަމަށާއި ގައިޑްލައިނާ އެއްގޮތަށް ކަންކަން ކުރެވޭނެނަމަ އިގްތިސާދީ ހަރަކާތްތައް ހުއްޓާލަން ޖެހޭ ހިސާބަށް ނުދާނެ ކަމަށް ޓުއަރިޒަމް މިނިސްޓްރީން ވަނީ ބުނެފައެވެ.

އަދި ރިސޯޓްތަކުގެ ތަޖުރިބާ އަކީ ވެސް ގައިޑްލައިނާ އެއްގޮތަށް ކަންކަން ކުރިއަށް ގެންދިއުމުން ރަނގަޅަށް އެކަންވުން ކަމަށާއި، ރިސޯޓްތަކުގައި ފަތުރުވެރިންގެ ކޭސްތައް މަދު އަދި އައުޓްބްރޭކެއް ނެތްއިރު، ރަށްރަށުގައި ވެސް ގައިޑްލައިނާ އެއްގޮތަށް ދާނަމަ، ކަންކަން ރަނގަޅުވާނެ ކަމަށް މިނިސްޓްރީން ފާހަގަކުރެ އެވެ.

ގެސްޓްހައުސްތައް ބަންދުކޮށްފައި ހުރުމަށް ފަހު އަލުން ހުޅުވާލުމުގެ ހުއްދަ ދޭއިރު، ގެސްޓްހައުސްތައް ހުޅުވާލާ ރަށްތަކުގައި މާސްކު އެޅުން ވަނީ މަޖުބޫރުކޮށްފަ އެވެ.

ގެސްޓްހައުސް އޮޕަރޭޓް ކުރާ ރަށަކުން ގެސްޓްހައުސް އޮޕަރޭޓް ނުކުރާ ރަށަކަށް އާންމު އުސޫލުން ދަތުރު ކުރާނަމަ 14 ދުވަހުގެ ކަރަންޓީން މުއްދަތު ފުރިހަމަ ކުރަންޖޭހޭ ގޮތަށް އެޗްޕީއޭއިން ވަނީ ކަނޑައަޅާފައެވެ. އަދި ގެސްޓްހައުސް އޮޕަރޭޓްކުރާ ރަށްރަށުގައި އަމަލުކުރަންޖެހޭ ގައިޑްލައިންއެއް ވަނީ އެކުލަވާލާފައެވެ.

މި މަހުގެ 15 ގައި އަތޮޅުތެރޭގައި ގެސްޓްހައުސްތައް ހުޅުވާލުމަށް ހުއްދަ ދިން ނަމަވެސް ގްރޭޓަރ މާލޭ ސަރައްހައްދުގައި ގެސްޓްހައުސްތައް ހުޅުވާނެ ތާރީޚެއް އަދި އިއުލާން ކޮށްފައެއް ނުވެއެވެ.

އެންމެ ހިނގާ

1

އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގެ 360 އަށް ވުރެ ގިނަ މުވައްޒަފުން ސޮއިކޮށް ރައީސް މުއިއްޒުއަށް ޕެޓިޝަނެއް ހުށަހަޅައިފި

2

ރަސްމާލޭގެ މަޝްރޫއާ ގުޅިގެން ޒަރިޔަންދުގެ ވަރުގަދަ ރައްދެއް ރައީސް ނަޝީދަށް!

3

އީރާނާ ދެކޮޅަށް ފަނާކުރަނިވި 'ބޮންތަކުގެ މައި ބޮން' ބޭނުންކުރަން ޓްރަމްޕް ވިސްނަވަނީ

4

"ދަ އައިލެންޑް ފެކްޓްރީ" އިން އުފައްދާ ޓޫނާ ޖާރކީ، ރާއްޖޭގެ އެކި ރަށްރަށުގެ ބާޒާރުތަކަށް ނެރެފި

5

އިސްރާއީލުން ވަޒަންވެރިވަނީ އަސްކަރީ ބާރުގެ ބޭނުންކޮށްގެން ހިފާ ބިންތަކުގައި، މިނިވަން ޤައުމެއްގައި ޗުއްޓީ ހޭދަކުރާ ގެތަކުގައެއް ނޫން: މުއްތޮލިބް

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

އެސްއޯއެފުން 165 މިލިޔަން ރުފިޔާ ހޯދަން ކުރާ ދައުވާގެ މައްސަލަ އަލުން ކޯޓަށް ވައްދައިފި

08 ފެބުރުއަރީ 2017
އެސްއޯއެފުން 165 މިލިޔަން ރުފިޔާ ހޯދަން ކުރާ ދައުވާގެ މައްސަލަ އަލުން ކޯޓަށް ވައްދައިފި
03 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

03 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް
27 ޖެނުއަރީ 2017

ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި

27 ޖެނުއަރީ 2017
ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި
23 ޖެނުއަރީ 2017

ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

23 ޖެނުއަރީ 2017
ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
15 ޖެނުއަރީ 2017

އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!

15 ޖެނުއަރީ 2017
އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް