Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކަސް ފާނަ ނީލަންކިޔުން

އާލާކޮށްފައިވާ ފާނަ: 4240 ފާނަ ނީލަން ކިޔުމަށް ހުޅުވާލައިފި

14 އޮކްޓޯބަރު 2020 | ބުދަ 18:01

ނީލަން ފެށޭ އަގަކީ ފާނައަކަށް ސަތޭކަ ރުފިޔާ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 14 އޮކްޓޯބަރު 2020 | ބުދަ 18:01
ކަސް ފާނަ

ކަސް ފާނަ

މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ކުރިން ކޮށްފައިވާ، އިޢުލާނުން ހުޅުވާލި ފާނައަށް ނީލަންކިޔުމުގެ ފުރުސަތުގައި އެއްވެސް ފަރާތަކުން އަގު ހުށަހަޅާފައި ނުވާތީ، ރާއްޖޭގައި ފުރަތަމަ ފަހަރަށް މޫދުކޮށީގައި ބޮޑުކޮށްފައިވާ ފާނައަށް ނީލަން ކިޔުމުގެ ފުރުސަތު އަލުން ހުޅުވާލައިފިއެވެ.

މިއީ ވަރލްޑް ބޭންކުގެ ހިލޭ އެހީގައި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރުން ހިންގާ [ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ] ދަށުން އދ. އަތޮޅަށް އަމާޒުކޮށްގެން ހިންގަމުންދާ ޕްރޮޖެކްޓަކުން އުފައްދާފައިވާ ފާނަ ވިއްކާލުމަށް ހުޅުވާލެވޭ ފުރުސަތެކެވެ.

Advertisement - newsAdvertisement

އދ. މަހިބަދޫ، އޮމަދޫ، ދިގުރަށް އަދި ދަނގެއްޗަށް އަމާޒުކޮށްގެން، ޖަނަވަރީ 2020 ގައި ފެށުނު މޫދުކޮށީގައި ފާނަ ބޮޑުކުރުމުގެ މަސައްކަތްތަކުގެ ތެރެއިން ފުރަތަމަ ބެޗް މިހާރު ވަނީ މާކެޓް ސައިޒަށް ބޮޑުކުރެވިފައި ކަމަށް މިނިސްޓްރީން ބުންޏެވެ.

މިގޮތުން އދ. މަހިބަދޫން މިމަސައްކަތަށް ހޮވާލެވުނު ހަތް ގޭބިސީގެ ތެރެއިން ކޮންމެ ގޭބިސީއަކަށް 1000 (އެއްހާސް) ކުދި ފާނައާއި، ފާނަ ކޮށްޓާއި، މަސްކާނާގެ އިތުރުން ފާނަ ބޮޑުކުރުމަށް ބޭނުންވާ ތަމްރީނު ދީގެން މިހާރުވަނީ 4240 (ހަތަރުހާސް ދުއިސައްތަ ސާޅީސް) ފާނަ މާކެޓް ސައިޒަށް (އެވްރެޖް ބަރުދަނުގައި 400 ގްރާމަށްވުރެ ބޮޑު) ބޮޑުކުރެވިފައި ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ މިއީ ދިވެހިރާއްޖޭގައި މެރިކަލްޗަރ ޞިނާޢަތެއް ގާއިމުކުރުމަށް ކުރެވޭ މުހިންމު މަސައްކަތަކަށް ވުމާއިއެކު، މިސިނާއަތުގައި ބައިވެރިވުމުގެ ފުރުސަތު ވީހާވެސް ގިނަ ބަޔަކަށް ފަހިކޮށްދިނުމަށްޓަކައި މޫދުކޮށީގައި އާލާކޮށްފައިވާ ފާނަ ނީލަން ކިއުމަށް ވަނީ ނިންމާފައި ކަމަށެވެ.

ނީލަން ފެށޭ އަގަކީ ފާނައަކަށް -/100ރ. (ސަތޭކަ ރުފިޔާ) ކަމަށާއި ނީލަމަށް ފަހަރަކު އިތުރުކުރެވޭނޭ އެންމެ ކުޑަ އަގަކީ -/50ލ. އެވެ. އަދި ނީލަމަށް ފަހަރަކު އިތުރުކުރެވޭނޭ އެންމެ މަތީ އަގަކީ -/1ރ. އެވެ. ނީލަމުގައި އަގު ހުށަހަޅާނީ މަހިބަދޫގައި ހުރި ހަތް ކޮށީގެ ތެރެއިން ކޮންމެ ކޮށްޓެއްގައި ހުރި މާކެޓް ސައިޒުގެ ފާނައިގެ ޖުމްލަ އަދަދަށެވެ. ނީލަމުގެ ޖުމްލަ އަންދާސީ އަގަކީ، ފާނައަކަށް ހުށަހަޅާ އަގުގެ ނިސްބަތުން، ކޮށިތަކުގައި މާކެޓް ސައިޒަށް ބޮޑުވެފައި ހުރި ފާނައިގެ އަންދާސީ އަދަދަށްވާ ޖުމްލަ އަގު ކަމަށްވެސް މިނިސްޓްރީން މައުލޫމާތުދިނެވެ.

ވިއްކާލެވޭ ފާނައިގެ އެންމެ ފަހުގެ އަދަދު ކަނޑައެޅޭނީ ގަންނަ ފަރާތާއި ވިއްކާ ފަރާތުގެ ހާޒިރުގައި ފާނަ ގުނާފައި ކަމަށާއި ނީލަން ކާމިޔާބު ކުރާ ފަރާތްތަކުގެ ތެރެއިން، ޖުމްލަ 2000 (ދެހާސް) ފާނައަށްވުރެ ގިނައިން ގަތުމަށް ހުށަހަޅާ ފަރާތްތަކަށް، ކޮށީގައި އިތުރަށް މި ފާނަ ބެލެހެއްޓުމަށް ބޭނުންވާނަމަ، މި މަސައްކަތަށް ޚާއްސަކުރެވިފައިވާ މޫދު ކޮށްޓާއި 1 މަސްދުވަހުގެ ކާނާ، އޭގެ ކޮސްޓް ޕްރައިސްގައި ގަތުމުގެ ފުރުސަތު ލިބިގެން ދާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ވަނީ ބުނެފައެވެ.

ނީލަން ކުރިއަށްދާނީ 2020 އޮކްޓޫބަރު 13 ވާ އަންގާރަ ދުވަހުގެ 20:00 ން ފެށިގެން 2020 އޮކްޓޫބަރު 15 ވާ ބުރާސްފަތިދުވަހުގެ ރޭގަނޑު 20:00 ގެ ނިޔަލަށެވެ.

ފާނަ ގަތުމަށް ހުށަހަޅާ އަގު، ނީލަން ކާމިޔާބު ކުރި ތާރީޚުން ފެށިގެން 5 (ފަސް) ދުވަހުގެ ތެރޭގައި ފާނައިގެ ވެރިފަރާތްތަކަށް އަދާކުރަންޖެހޭނެ ކަމަށް ވަނީ ބުނެފައެވެ.

މި މުއްދަތުގެ ތެރޭގައި އަގު އަދާކޮށް ނުނިމޭނަމަ، ދެން އެންމެ މަތީ އަގު ހުށަހެޅި 3 ފަރާތުގެ ތެރެއިން، ނީލަން ނިމުނު އެންމެ މަތީ އަގު ދައްކަން އެއްބަސްވާ ފަރާތަކަށް ފާނަ ވިއްކާލެވޭނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

އެންމެ ހިނގާ

1

އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގެ 360 އަށް ވުރެ ގިނަ މުވައްޒަފުން ސޮއިކޮށް ރައީސް މުއިއްޒުއަށް ޕެޓިޝަނެއް ހުށަހަޅައިފި

2

ރަސްމާލޭގެ މަޝްރޫއާ ގުޅިގެން ޒަރިޔަންދުގެ ވަރުގަދަ ރައްދެއް ރައީސް ނަޝީދަށް!

3

އީރާނާ ދެކޮޅަށް ފަނާކުރަނިވި 'ބޮންތަކުގެ މައި ބޮން' ބޭނުންކުރަން ޓްރަމްޕް ވިސްނަވަނީ

4

"ދަ އައިލެންޑް ފެކްޓްރީ" އިން އުފައްދާ ޓޫނާ ޖާރކީ، ރާއްޖޭގެ އެކި ރަށްރަށުގެ ބާޒާރުތަކަށް ނެރެފި

5

އިސްރާއީލުން ވަޒަންވެރިވަނީ އަސްކަރީ ބާރުގެ ބޭނުންކޮށްގެން ހިފާ ބިންތަކުގައި، މިނިވަން ޤައުމެއްގައި ޗުއްޓީ ހޭދަކުރާ ގެތަކުގައެއް ނޫން: މުއްތޮލިބް

އިތުރަށް ކިޔާލަން

26 މާރިޗު 2017

އޭދަފުށީގައި ފާނަބަސަންދު ޖެހޭ މީހުންގެ އަދަދު އިތުރުވެއްޖެ

26 މާރިޗު 2017
އޭދަފުށީގައި ފާނަބަސަންދު ޖެހޭ މީހުންގެ އަދަދު އިތުރުވެއްޖެ
16 މާރިޗު 2017

ސައޫދީ ރަސްގެފާނަށް ކަޅުއޮށްފުންމި ވެދުމަށް އަރުވާކަން ސަރުކާރުން ކަށަވަރުކޮށްދީފި

16 މާރިޗު 2017
ސައޫދީ ރަސްގެފާނަށް ކަޅުއޮށްފުންމި ވެދުމަށް އަރުވާކަން ސަރުކާރުން ކަށަވަރުކޮށްދީފި
14 މާރިޗު 2017

ސްކޫލްތައް ބަންދު، އެކަމަކު ސައުދީ ރަސްގެފާނަށް ދެއްކުމަށް ނެށުން ކުރިއަށް!

14 މާރިޗު 2017
ސްކޫލްތައް ބަންދު، އެކަމަކު ސައުދީ ރަސްގެފާނަށް ދެއްކުމަށް ނެށުން ކުރިއަށް!
11 މާރިޗު 2017

ކަޅުއޮއްފުންމި ސައުދީ ރަސްގެފާނަށް ހަދިޔާ ކުރަން އުޅޭކަމުގެ އަޑު ފެތުރިއްޖެ

11 މާރިޗު 2017
ކަޅުއޮއްފުންމި ސައުދީ ރަސްގެފާނަށް ހަދިޔާ ކުރަން އުޅޭކަމުގެ އަޑު ފެތުރިއްޖެ
11 މާރިޗު 2017

ސައުދީ ރަސްގެފާނަށް ޖުމްހޫރީ މައިދާން ޒީނަތްތެރި ކުރަނީ

11 މާރިޗު 2017
ސައުދީ ރަސްގެފާނަށް ޖުމްހޫރީ މައިދާން ޒީނަތްތެރި ކުރަނީ
04 މާރިޗު 2017

މެޑަމް ފާތުން ގއ. ވިލިގިއްޔަށް ވަޑައިގަންނަވާތީ ހުރިހާ މުވައްޒަފުން އެކަމަނާއަށް މަރުހަބާ ކިޔުމަށް ދިއުމަށް އަންގައިފި

04 މާރިޗު 2017
މެޑަމް ފާތުން ގއ. ވިލިގިއްޔަށް ވަޑައިގަންނަވާތީ ހުރިހާ މުވައްޒަފުން އެކަމަނާއަށް މަރުހަބާ ކިޔުމަށް ދިއުމަށް އަންގައިފި
04 މާރިޗު 2017

ސައުދީ ރަސްގެފާނަށް ފާޑުވިދާޅުވުމަކީ އިސްލާމީ އުސޫލުތައް ނިކަމެތި ކުރުން: ޑރ ޝައިނީ

04 މާރިޗު 2017
ސައުދީ ރަސްގެފާނަށް ފާޑުވިދާޅުވުމަކީ އިސްލާމީ އުސޫލުތައް ނިކަމެތި ކުރުން: ޑރ ޝައިނީ
01 މާރިޗު 2017

ސައުދީ ރަސްގެފާނަށް ހުރަސް އަޅަން އުޅޭކަމަށް ބުނެ އެމްޑީޕީގެ ހަރުގެ ފާސްކޮށްފި

01 މާރިޗު 2017
ސައުދީ ރަސްގެފާނަށް ހުރަސް އަޅަން އުޅޭކަމަށް ބުނެ އެމްޑީޕީގެ ހަރުގެ ފާސްކޮށްފި
13 ފެބުރުއަރީ 2017

ފާނަބަސަންދު ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު ދަނީ އިތުރުވަމުން: ކުޅުދުއްފުށީ ހޮސްޕިޓަލް

13 ފެބުރުއަރީ 2017
ފާނަބަސަންދު ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު ދަނީ އިތުރުވަމުން: ކުޅުދުއްފުށީ ހޮސްޕިޓަލް
10 ފެބުރުއަރީ 2017

އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުމަށް ފަރުވާލެއް ނެތް: އަބްދުއް ރަހީމް އަބްދުﷲ

10 ފެބުރުއަރީ 2017
އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުމަށް ފަރުވާލެއް ނެތް: އަބްދުއް ރަހީމް އަބްދުﷲ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް