Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާނުގެ ކޮރަޕްޝަން މައްސަލަތައް

ކޮރަޕްޝަންގެ ތަހުޤީޤަށް މާނު ގެނައުމުގެ މަޝްވަރާތައް މިދަނީ ކުރަމުން: އޭސީސީ

ތަހުޤީޤު ނިންމައި ޕީޖީ އޮފީހަށް ދައުވާ ކުރުމަށް މިހާތަނަށްވެސް ފޮނުވާފައިނުވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 14 އޮކްޓޯބަރު 2020 | ބުދަ 10:37
ކުރީ ސަރުކާރުގައި މޯލްޑިވް ގޭހުގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އަބްދުﷲ މައުމޫން (މާނު)- މާނުގެ މައްޗަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވޭ

ކުރީ ސަރުކާރުގައި މޯލްޑިވް ގޭހުގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އަބްދުﷲ މައުމޫން (މާނު)- މާނުގެ މައްޗަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވޭ

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މޯލްޑިވް ގޭހުގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އަބްދުﷲ މައުމޫން (މާނު) ގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލައިގެ ތަހުޤީޤަށް އޭނާ ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.

ބުދަ ދުވަހު އޭސީސީގެ މެމްބަރުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހާޒިރުކޮށް ސުވާލު ކޮށްފައިވާއިރު، އޭސީސީގެ ތަހުޤީޤުތަކާ ގުޅިގެން ކޮމިޓީގެ މެމްބަރުން ވަނީ ގިނަ ސުވާލުތައް އަމާޒު ކުރުވާފައެވެ. އެގޮތުން މޯލްޑިވް ގޭހުގެ ކުރީގެ އެމްޑީ މާނުގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލަތައް ލަސްވާ ސަބަބުތަކާ ގުޅޭގޮތުން މެމްބަރުން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން އޭސީސީގެ މެމްބަރު އިބްރާޙިމް ޝަކީލު ވިދާޅުވީ، އެ މައްސަލައިގެ ތަހުޤީޤަށް މާނު ހާޒިރު ކުރުމުގެ މަސައްކަތް މިހާރުވެސް އޭސީސީން ކުރަމުންދާ ކަމަށެވެ.

މި މައްސަލައިގެ ތަހުޤީޤު އަދިވެސް އޭސީސީގައި ކުރިއަށްދާއިރު، މިވަގުތު މާނު ދިރިއުޅުއްވަމުން ގެންދަވަނީ ރާއްޖެއިން ބޭރުގައެވެ.

މިހާތަނަށް މި މައްސަލަ ޕީޖީ އޮފީހަށް ދައުވާ ކުރުމަށް ފޮނުވާފައި ނުވާއިރު، މި މައްސަލައިގައި އޭސީސީން މީގެ ކުރިން ބުނެފައިވަނީ އޭނާ ރާއްޖެއިން ބޭރުގައި ހުންނެވުމުން މި މައްސަލައިގެ ތަހުޤީޤަށް ހުރަސްތަކެއް އެޅިފައިވާ ކަމަށެވެ. އަދި އެކަމާއި ގުޅިގެން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ އެހީއަކަށް އެދުމަށް ނިންމާފައިވާކަމަށް އޭސީސީން އޭރު ބުނެފައިވެއެވެ.

އޭގެ އިތުރުން، ރާއްޖެއިން ބޭރުގައި ހުންނަ މީހަކު ހާޒިރު ކުރުމުގައި ފުރިހަމަ ކުރަންޖެހޭ އިޖުރާއަތުތަކެއް ހުންނަކަން ފާހަގަކޮށް އޭސީސީން ބުނީ، އެކަންކަމާ ގުޅިގެން ކަމާބެހޭ އިދާރާތަކާ މަޝްވަރާ ކުރެވިފައިވާކަމަށެވެ. އެހެން ނަމަވެސް އޭގެ ފަހުން އެތައް ދުވަހެއް ވެގެން ދިޔައިރުވެސް މާނު ހާޒިރު ނުކުރެވިގެން އުޅޭ ސަބަބެއް އޭސީސީން ބުދަ ދުވަހުގެ ކޮމިޓީގައި ފާހަގަކޮށްފައެއް ނުވެއެވެ.

އެކަމާ ގުޅޭގޮތުން ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން މާނު މީގެ ކުރިން ވިދާޅުވެފައިވަނީ، މި މައްސަލައިގެ ތަހުޤީޤުގައި އޭސީސީއާ މާނުއާ ދެމެދު މަޝްވަރާތައް ކުރެވެމުންދާ ކަމަށެވެ.

އިތުރަށް ކިޔާލަން

10 މެއި 2017

ވަކި ފަރާތަކަށް ވީތީ ކޮރަޕްޝަންގެ މައްސަލަ އެއް ނުބަލާ ދޫކޮށްލާފަ އެއް ނުވާނެ: ލުތުފީ

10 މެއި 2017
ވަކި ފަރާތަކަށް ވީތީ ކޮރަޕްޝަންގެ މައްސަލަ އެއް ނުބަލާ ދޫކޮށްލާފަ އެއް ނުވާނެ: ލުތުފީ
11 އެޕްރީލު 2017

ޖުޑިޝަރީއިން ތަރުޖަމާނުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމުމުގެ ފުރުސަތު ހުޅުވާލައިފި

11 އެޕްރީލު 2017
ޖުޑިޝަރީއިން ތަރުޖަމާނުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމުމުގެ ފުރުސަތު ހުޅުވާލައިފި
24 މާރިޗު 2017

ޕީޕީއެމް މެމްބަރުންގެ އޯޑިއޯއެއް:"މަސީހަށް ކޮރަޕްޝަންގެ ތުހުމަތު، މަގާމުން ދުރުކުރަން ޖެހޭ"

24 މާރިޗު 2017
ޕީޕީއެމް މެމްބަރުންގެ އޯޑިއޯއެއް:"މަސީހަށް ކޮރަޕްޝަންގެ ތުހުމަތު، މަގާމުން ދުރުކުރަން ޖެހޭ"
09 މާރިޗު 2017

އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލައިގެ ތަހުގީގު ރިޕޯޓް އަންނަ މަހު ނެރޭނަން: އޭސީސީ

09 މާރިޗު 2017
އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލައިގެ ތަހުގީގު ރިޕޯޓް އަންނަ މަހު ނެރޭނަން: އޭސީސީ
26 ފެބުރުއަރީ 2017

ސުވާލު ކުރަންޖެހޭ ގޮތް ރައީސް އޮފީހުގެ ތަރުޖަމާނު ކިޔައިދީފި

26 ފެބުރުއަރީ 2017
ސުވާލު ކުރަންޖެހޭ ގޮތް ރައީސް އޮފީހުގެ ތަރުޖަމާނު ކިޔައިދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު