Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހުޅުމާލެ، \"ކޮމިއުނިޓީ އަރބަން ފަރމިންގ\" ޕްރޮޖެކް

ހުޅުމާލެ، "ކޮމިއުނިޓީ އަރބަން ފަރމިންގ" ޕްރޮޖެކްޓަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މި ޕްރޮޖެކްޓަށް ފޯމް ހުށަހެޅުމުގެ ފުރުޞަތު މިމަހުގެ 29 އާއި ހަމައަށް ވަނީ ހުޅުވާލާފަ

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 14 އޮކްޓޯބަރު 2020 | ބުދަ 04:48
ހުޅުމާލެ، \"ކޮމިއުނިޓީ އަރބަން ފަރމިންގ\" ޕްރޮޖެކްޓްގެ ކުރެހުމެއް

ހުޅުމާލެ، \"ކޮމިއުނިޓީ އަރބަން ފަރމިންގ\" ޕްރޮޖެކްޓްގެ ކުރެހުމެއް

ހުޅުމާލެ، "ކޮމިއުނިޓީ އަރބަން ފަރމިންގ" ޕްރޮޖެކްޓަށް ކުރިމަތިލުމުގެ ފުރުސަތު ހައުސިންގ ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލައިފިއެވެ.

މި މަޝްރޫޢުއަކީ، "ސަސްޓެއިނަބަލް އިކޮނޮމިކް އެމްޕަވަރމަންޓް ފޯ ޑިވެލޮޕްމަންޓް އޮފްއެމް.އެސް.އެމް.އީސް" (ސީޑްސް) މަޝްރޫޢުގެ ބައެއްގެ ގޮތުގައި ކުރިއަށް ގެންދާ މަޝްރޫޢެކެވެ. އެޗްޑީސީން ބުނި ގޮތުގައި މި މަޝްރޫޢު ޚާއްޞަ ކުރެވިފައިވަނީ، "ރަށްވެހި ދަނޑުވެރިކަން" ނުވަތަ "އަރބަން ފާމިންގ" ކުރިއަރުވައި ޒަމާނީ ވަސީލަތްތަކުގެ އެހީގައި ދަނޑުވެރިކަން ކުރާ އައުޖީލެއް ބިނާ ކުރުމަށް ކަމަށެވެ.

Advertisement - newsAdvertisement

އެޗްޑީސީން ބުނީ މި މަޝްރޫޢު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ "ނެއިބަރހުޑް 3" ގައި ހުސް ޖާގައިގެ ގޮތުގައި ކަނޑައެޅިފައިވާ ދެވަނަ ލޮޓްގައި ކަމަށެވެ. އަދި މި މަޝްރޫޢަށް ޖުމްލަ 19,871 އަކަފޫޓުގެ ބިމެއް ކަނޑައަޅާފައިވެއެވެ.

އެޗްޑީސީން މި ސަރަޙައްދު ބަހާލާފައިވަނީ 600 އަކަފޫޓުގެ 16 ޕްލޮޓަށެވެ. ކޮންމެ ޕްލޮޓެއް ޙަވާލު ކުރެވޭނީ 03 ދަނޑުވެރިންގެ މައްޗަށް އެކުލެވޭ ގުރޫޕަކަށް ކަމަށް އެޗްޑީސީން ބުނެއެވެ. އަދި މި މަޝްރޫޢުގައި ބައިވެރިވުމުގެ ފުރުޞަތު 48 ދަނޑުވެރިޔަކަށް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެޗްޑީސީން ބުނި ގޮތުގައި މަޝްރޫޢު ކުރިއަށް ގެންދަނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގެ ތިންމަސް ދުވަހު އެއްވެސް ފީއެއް ނުނަގާނެ ކަމަށް އެޗްޑީސީން ބުނެއެވެ. ހަތަރު ވަނަ މަހުން ފެށިގެން 3 މަސް ދުވަހުގެ މުއްދަތަށް ކޮންމެ ޕްލޮޓަކުން މަހަކު 1275 ރުފިޔާގެ ފީއެއް ދައްކަން ޖެހެއެވެ. ތިން ވަނަ ފިޔަވަހިން ފެށިގެން ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ވިޔަފާރި އުސޫލުންނެވެ. އެއީ ހަތްވަނަ މަހުން ފެށިގެން ކޮންމެ މަހަކު ޕްލޮޓަކަށް 2500 ރުފިޔާ ފީއެއް ދައްކަން ޖެހޭ ގޮތަށެވެ.

އެޗްޑީސީން ވަނީ މި ޕްރޮޖެކްޓަށް ފޯމް ހުށަހެޅުމުގެ ފުރުޞަތު މި މަހުގެ 29 އާއި ހަމައަށް ހުޅުވާލާފައެވެ.

އިތުރަށް ކިޔާލަން

26 އޯގަސްޓު 2017

ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވަމުންދާދިއުން: ލީގަލް ކޮމިއުނިޓީ އިހްތިޖާޖު ކުރަންޖެހޭ!

26 އޯގަސްޓު 2017
ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވަމުންދާދިއުން: ލީގަލް ކޮމިއުނިޓީ އިހްތިޖާޖު ކުރަންޖެހޭ!
09 ޖޫން 2017

ހުޅުމާލެ ސިފައިންގެ މަރުކަޒުގެ މިސްކިތް ހުޅުވައިފި

09 ޖޫން 2017
ހުޅުމާލެ ސިފައިންގެ މަރުކަޒުގެ މިސްކިތް ހުޅުވައިފި
06 ޖޫން 2017

ހުޅުމާލެއިން މަސްތުވާ ތަކެއްޗާއެކު ހަތަރު މީހަކު ހައްޔަރުކޮށްފި

06 ޖޫން 2017
ހުޅުމާލެއިން މަސްތުވާ ތަކެއްޗާއެކު ހަތަރު މީހަކު ހައްޔަރުކޮށްފި
30 މެއި 2017

ޑިޖިޓަލް ޓެރެސްޓްރިއަލް ޓެލެވިޒަން ބްރޯޑްކާސްޓިންގ ޕްރޮޖެކްޓަށް ޖަޕާނުން 25 މިލިޔަން ޑޮލަރު ދޭން ނިންމައިފި

30 މެއި 2017
ޑިޖިޓަލް ޓެރެސްޓްރިއަލް ޓެލެވިޒަން ބްރޯޑްކާސްޓިންގ ޕްރޮޖެކްޓަށް ޖަޕާނުން 25 މިލިޔަން ޑޮލަރު ދޭން ނިންމައިފި
05 މެއި 2017

މީހެއް މަރުވުމުން މޫނު ބަލަން ހުޅުމާލެއަށް ދާންޖެހޭ ސަރުކާރުން ރަގަޅަށް ކޮށްދޭނީ ކޮންކަމެއް: މާރިޔާ

05 މެއި 2017
މީހެއް މަރުވުމުން މޫނު ބަލަން ހުޅުމާލެއަށް ދާންޖެހޭ ސަރުކާރުން ރަގަޅަށް ކޮށްދޭނީ ކޮންކަމެއް: މާރިޔާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު