Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްއެންޑީއެފް

ހުޅުމާލެ ސިފައިންގެ މަރުކަޒުގެ މިސްކިތް ހުޅުވައިފި

މިސްކިތުގައި މިއަދުގެ ހުކުރު ނަމާދު ވަނީ ކޮށްފައި

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 9 ޖޫން 2017 | ހުކުރު 16:59
ހުޅުމާލެ ސިފައިންގެ މަރުކަޒުގެ "މަސްޖިދުލް ޙާލިދު ބިން އަލް ވަލީދު" މިސްކިތް

ހުޅުމާލެ ސިފައިންގެ މަރުކަޒުގެ "މަސްޖިދުލް ޙާލިދު ބިން އަލް ވަލީދު" މިސްކިތް

ހުޅުމާލެ ސިފައިންގެ މަރުކަޒުގެ "މަސްޖިދުލް ޙާލިދު ބިން އަލް ވަލީދު" މިސްކިތް ހުކުރު ދުވަހު ހުޅުވައިފިއެވެ.

ހުޅުމާލެ ސިފައިންގެ މަރުކަޒުގައި ހުކުރު ދުވަހުގެ މެންދުރު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި މިސްކިތް ހުޅަވައިދެއްވީ އިސްލާމިކް މިނިސްޓަރ ޑރ.އަހުމަދު ޒިޔާދު ބާގިރެވެ.

Advertisement - newsAdvertisement

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ފަންޑުކުކޮށްގެން ބިނާކުރި މި މިސްކިތުގައި އެއްފަހަރާ 100 މީހުންނަށް ޖަމާޢަތުގައި ނަމާދު ކުރެވެއެވެ. މި މިސްކިތް އިމާރާތް ކޮށްފައިވަނީ ރާއްޖޭގެ ތާރީހީ މިސްކިތްތައް ނަކަލްކޮށްގެން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙުމަދު ޝިޔާމްގެ ކޮންސެޕްޓަކަށް އެމްއެންޑީއެފް މިލިޓަރީ އިންޖިނިއަރސްއިންނެވެ.

މި މިސްކިތުގެ ތަޅުން ވަށައިގެން 3 ފޫޓަށް އުސްކުރެވިފައި ވާއިރު މިސްކިތުގެ ފުރާޅުތައް ލެވިފައިވަނީ އިހުޒަމާނުގެ މިސްކިތްތައް ހުންނަ ގޮތަށް ތިރިކޮށެވެ. މި މިސްކިތުގެ އިމާރާތުގައި ވުޟޫކުރެވޭނެ އިސްކުރުބަރިއެއްގެ އިތުރުން ފާހާނާއަކާއި ގުދަނެއް ހިމެނެއެވެ.

"މަސްޖިދުލް ޙާލިދު ބިން އަލް ވަލީދު" މިސްކިތުގައި މިއަދުގެ ހުކުރު ނަމާދު އިމާމްވެ ކޮށްދެއްވީ މޭޖަރ ޢަބްދުލް މަޖީދް އިބްރާޙީމެވެ.

އިތުރަށް ކިޔާލަން

04 މާރިޗު 2017

ސިފައިންގެ ތާއީދެއް ސަރުކާރަކަށް ނެތް، ސިފައިންނަށް ވޯޓުނުލެވޭ ގޮތް ހެދުމަށް ފުރުސަތެއް ނުދޭނަން: އިންތި

04 މާރިޗު 2017
ސިފައިންގެ ތާއީދެއް ސަރުކާރަކަށް ނެތް، ސިފައިންނަށް ވޯޓުނުލެވޭ ގޮތް ހެދުމަށް ފުރުސަތެއް ނުދޭނަން: އިންތި
01 މާރިޗު 2017

ސިފައިންގެ 12 ވަނަ ހެވިކަމުގެ މުބާރާތް ފަށައިފި

01 މާރިޗު 2017
 ސިފައިންގެ 12 ވަނަ ހެވިކަމުގެ މުބާރާތް ފަށައިފި
19 ފެބުރުއަރީ 2017

ބަޖެޓް ނެތިގެން ވިލިމާލެ އާއި ހުޅުމާލެ އަށް ޗިޓް ފޮނުވުން ސިވިލް ކޯޓުން ހުއްޓާލައިފި

19 ފެބުރުއަރީ 2017
ބަޖެޓް ނެތިގެން ވިލިމާލެ އާއި ހުޅުމާލެ އަށް ޗިޓް ފޮނުވުން ސިވިލް ކޯޓުން ހުއްޓާލައިފި
09 ފެބުރުއަރީ 2017

އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި

09 ފެބުރުއަރީ 2017
އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި
01 ފެބުރުއަރީ 2017

ސިފައިންގެއަށް ޕައިލެޓުންނާއި އެއާކްރާފްޓް އިންޖިނިއަރުން ހޯދަނީ

01 ފެބުރުއަރީ 2017
ސިފައިންގެއަށް ޕައިލެޓުންނާއި އެއާކްރާފްޓް އިންޖިނިއަރުން ހޯދަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު