Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޑިޖިޓަލް ޓެލެވިޒަން

ޑިޖިޓަލް ޓެރެސްޓްރިއަލް ޓެލެވިޒަން ބްރޯޑްކާސްޓިންގ ޕްރޮޖެކްޓަށް ޖަޕާނުން 25 މިލިޔަން ޑޮލަރު ދޭން ނިންމައިފި

ޕްރޮޖެކްޓް ކުރިއަށް ގެންދާނީ ޕީއެސްއެމް އިން

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 30 މެއި 2017 | އަންގާރަ 14:42
ޑިޖިޓަލް ޓްރެސްޓީރިއަލް ޓެލެވިޒަން ޕްރޮޖެޓްގެ އެގްރިމެންޓުގައި ސޮއިކުރުމުގެ ރަސްމީއްޔާތުގެ ތެރެއިން

ޑިޖިޓަލް ޓްރެސްޓީރިއަލް ޓެލެވިޒަން ޕްރޮޖެޓްގެ އެގްރިމެންޓުގައި ސޮއިކުރުމުގެ ރަސްމީއްޔާތުގެ ތެރެއިން

ޖަޕާން ސަރުކާރުގެ އެހީގެ ދަށުން ރާއްޖޭގައި ހިންގުމަށް ހަމަޖެހިފައިވާ "ޑިޖިޓަލް ޓެރެސްޓްރިއަލް ޓެލެވިޜަން ބްރޯޑްކާސްޓިންގ ނެޓްވަރކް ޑިވެލޮޕަމަންޓް ޕްރޮޖެކްޓް" ޖަޕާން ސަރުކާރުން 25 މިލުޔަން ޑޮލަރު ހިލޭ އެހީގެ ގޮތުގައި ދީފިއެވެ.

ޖަޕާން ސަރުކާރުގެ އެހީގެ ދަށުން ރާއްޖޭގައި ހިންގުމަށް ހަމަޖެހިފައިވާ މި މަޝްރޫޢުގެ ގްރާންޓް އެގްރިމަންޓްގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރ އަހުމަދު މުނައްވަރެވެ.

Advertisement - newsAdvertisement

ޑިޖިޓަލް ޓެރެސްޓްރިއަލް ޓެލެވިޜަން ބްރޯޑްކާސްޓިންގ ނެޓްވަރކް ޑިވެލޮޕަމަންޓް ޕްރޮޖެކްޓަކީ 36 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެކެވެ.

މި ރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވީ މި ޕްރޮޖެކްޓް ކުރިއަށް ގެންދިއުމުގެ މަޝްވަރާތައް 2014 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދާ ކަމަށެވެ. އަދި މި ޕްރޮޖެކްޓަކީ ދިވެހި ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތު ކަމެއް ދޭ ޕްރޮޖެޓެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓަރު ވިދާޅުވީ މިއީ މިހާތަނަށް ޖަޕާން ސަރުކާރުން ރާއްޖެ އަށް ދިން އެންމެ ބޮޑު ހިލޭ އެހީ ކަމަށެވެ. އަދި މި ޕްރޮކެޓް ކުރިއަށް ގެންދާނީ ދިވެހި ސަރުކާރުން ބަޖެޓުން ވެސް ކޮންމެވެސް ވަރެއް ލައިގެން ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓަރު ވިދާޅުވީ މި ޕްރޮޖެކްޓް ކުރިއަށް ގެންދާނީ ދައުލަތުގެ މީޑިއާ ޕަބްލިކް ސާވިސް މޯޑިއާއިން ކަމަށެވެ.

ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޚަލީލް ވިދާޅުވީ މި ޕްރޮޖެ 23 މަސްދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވީ ނަމަވެސް އޭގެ ކުރިން މި ޕްރޮޖެކްޓް ނިންމާލެވޭނެ ކަމަށެވެ.

މި ޕްރޮޖެކްޓްގެ ދަށުން 10 ވަރަކަށް ޗެނަލްގެ ޚިދުމަތް ދެވޭނެ ކަމަށާއި އޭގެ ތެރެއިން ދެބައިކުޅަ އެއްބައި ޗެނަލްތައް ވެގެންދާނީ ޕްރައިވެޓް ޗެނަލް ތަކަކަށް ކަމަށް ޚަލީލް ވިދާޅުވިއެވެ.

ހަލީލް ވިދާޅުވީ މި ނިޒާމުގެ ތެރެއިން، މޫސުމީ ބަދަލުތަކާއި އެކި ކާރިސާތަކާ ގުޅިގެން ފޯރުކޮށްދޭންޖެހޭ މަޢުލޫމާތުތައް ވަގުތުން ފޯރުކޮށްދެވޭނެ ކަމަށާއި އަދި މި ނިޒާމަކީ ސެޓްލައިޓާ ނުލައި ޓެރެސްޓްރިއަލް އެންޓަނާތަކެއްގެ އެހީގައި ފޯރުކޮށްދޭ ޚިދުމަތެއް ކަމަށެވެ.

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2019

ސްމާރޓް ކެމްޕަސް ޑިޖިޓަލް ކްލާސްރޫމެއް ހަދިޔާކުރުމަށް އުރީދޫއިން ނިންމައިފި

06 ފެބުރުއަރީ 2019
ސްމާރޓް ކެމްޕަސް ޑިޖިޓަލް ކްލާސްރޫމެއް ހަދިޔާކުރުމަށް އުރީދޫއިން ނިންމައިފި
07 މާރިޗު 2018

ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 މާރިޗު 2018
ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
15 ފެބުރުއަރީ 2018

ރާއްޖެޓީވީގެ ކަންބޮޑުވުންތައް ބްރޯޑްކާސްޓިންގ ކޮމިޝަނާ ހިއްސާކޮށްފި

15 ފެބުރުއަރީ 2018
ރާއްޖެޓީވީގެ ކަންބޮޑުވުންތައް ބްރޯޑްކާސްޓިންގ ކޮމިޝަނާ ހިއްސާކޮށްފި
07 ފެބުރުއަރީ 2018

ކުރިއެކޭވެސް އެއްގޮތަށް ބްރޯޑްކާސްޓިންގ ކޮމިޝަނުން މީޑިއާތަކަށް އިންޒާރު ދީފި

07 ފެބުރުއަރީ 2018
ކުރިއެކޭވެސް އެއްގޮތަށް ބްރޯޑްކާސްޓިންގ ކޮމިޝަނުން މީޑިއާތަކަށް އިންޒާރު ދީފި
11 ނޮވެމްބަރު 2017

ރައްޔިތުން ބޭނުންވަނީ އެއާރޕޯޓް ޕްރޮޖެކްޓަށް ހުރަސް އެޅޭފަދަ ކަމެއް ނުކުރަން: ކުޅުދުއްފުށީ ކައުންސިލް

11 ނޮވެމްބަރު 2017
ރައްޔިތުން ބޭނުންވަނީ އެއާރޕޯޓް ޕްރޮޖެކްޓަށް ހުރަސް އެޅޭފަދަ ކަމެއް ނުކުރަން: ކުޅުދުއްފުށީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު