Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޖިންސީ ކުށުގެ ޤާނޫނު

ރޭޕްގެ އަނިޔާ ލިބޭ މީހާގެ ސާމްޕަލް ނެގުމާއި ޓެސްޓް ކިޓާ ބެހޭ މުހިއްމު މަޝްވަރާތަކެއް!

އަނިޔާ ލިބޭ މީހާގެ ސާމްޕަލް ހޮސްޕިޓަލުން ނެގޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 13 އޮކްޓޯބަރު 2020 | އަންގާރަ 09:17
ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގައި ޖިންސީ ކުށުގެ ޤާނޫނަށް އިސްލާޙު ގެނައުމާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރަނީ

ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގައި ޖިންސީ ކުށުގެ ޤާނޫނަށް އިސްލާޙު ގެނައުމާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރަނީ

ރޭޕްގެ އަނިޔާ ލިބޭ މީހާގެ ސާމްޕަލް ނެގުމާއި "ރޭޕް އެވިޑެންސް ސާމްޕަލް ކަލެކްޝަން ކިޓް" އާ ބެހޭ މުހިއްމު މަޝްވަރާތަކެއް މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގައި ކުރިއަށް ގެންގޮސްފިއެވެ.

ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގައި ޤާނޫނު ނަމްބަރު 17/2014 ޖިންސީ ކުށުގެ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލާ ގުޅޭގޮތުން ވަނީ މަޝްވަރާ ކޮށްފައެވެ. އެގޮތުން ހެލްތް މިނިސްޓްރީއާއި، މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަނާއި، މޯލްޑިވްސް ނަރސިންގ އެސޯސިއޭޝަންގެ އިތުރުން، އައިޖީއެމްއެޗްއާއި އޭޑީކޭގެ ޑޮކްޓަރުންނާ މަޝްވަރާ ކުރުމުގެ މަސައްކަތް ކޮމިޓީން ކުރިއަށް ގެންގޮސްފައިވެއެވެ.

Advertisement - newsAdvertisement

މި ބައްދަލުވުމުގައި "ރޭޕް ކިޓް" އާއި ގުޅޭގޮތުން ކުރެވުނު މަޝްވަރާތަކުގައި އައިޖީއެމްއެޗްގެ ޑޮކްޓަރު މުޙައްމަދު އަސީލް ޖަލީލް ވިދާޅުވީ، ރޭޕް ކިޓުގައި ހިމެނެނީ ކޮން އެއްޗެއްކަން ބަޔާންވެފައި އޮތުން މުހިއްމު ކަމަށާއި، އެގޮތުން އަނިޔާލިބޭ މީހާގެ ރުހުން އޮތް ކަމާއި، ސާމްޕަލް ނަގަން ބޭނުންވާ ތަކެތި މުޅި ކިޓުގައި އޮތުން މުހިއްމުކަން ޑޮކްޓަރ ފާހަގަ ކުރެއްވިއެވެ. އަދި އެ ހުރިހާ ޝަރުތެއް ހަމަވާ ކިޓެއް ބޭނުން ކުރުން މުހިއްމުކަމަށް ޑޮކްޓަރ ވިދާޅުވިއެވެ.

އޭގެ އިތުރުން، މިހާރުވެސް އަނިޔާ ލިބޭ މީހާގެ ސާމްޕަލް ހޮސްޕިޓަލުން ނެގޭކަން ފާހަގަ ކުރައްވައި ޑޮކްޓަރ ވިދާޅުވީ، ރޭޕް ކިޓެއް އޮތުމުގެ ބޭނުމަކީ ވަކި އުސޫލުތަކާއި ހަމަތަކެއްގެ ދަށުން އެކަންކަން އިންތިޒާމު ކުރުން ކަމަށެވެ.

އެކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އޭޑީކޭގެ ޑޮކްޓަރ އަބްދުﷲ ނިޔާފް ވިދާޅުވީ، ކޮންސެންޓް (ރުހުން އޮތްކަން) އާ ގުޅޭ ކަންކަން ޤާނޫނުގައި ބަޔާންވެފައި އޮތް ނަމަވެސް، ޖިންސީ ކުށުގެ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލު ފުރިހަމަވެގެން އަންނައިރު އެކަން ތަފްސީލުކުރުން މުހިއްމު ކަމަށެވެ. އެގޮތުން މީހެއްގެ ޖިންސީ ގުނަވަނަކުން އޭނާގެ ރުހުމަކާ ނުލައި ސާމްޕަލް ނެގުމަކީވެސް ޖިންސީ ހާނިއްކައެއްކަމަށް ވިދާޅުވިއެވެ.

ނިޔާފް ވިދާޅުވީ، ކޮންސެންޓް ނުދެވޭ ޙާލަތްތަކުގައި ވެސް އެކަން ކުރާނެ ގޮތުގެ އުސޫލުތަކެއް އޮންނަންޖެހޭ ކަމަށެވެ.

އޭގެ އިތުރުން، ކޮންމެ ތަނެއްގައި ސާމްޕަލް ނެގޭ ގޮތަށް އޮތުމުގެ ބަދަލުގައި ވަކި ފެންވަރެއްގެ ތަނެއްގައި ސާމްޕަލް ނެގޭނެ އިންތިޒާމް ހަމަޖެއްސުމަކީ މުހިއްމު ކަމެއްކަން ފާހަގަ ކުރައްވައި ނިޔާފް ވިދާޅުވީ، އޭގެ ސަބަބުން ކޯޓު މަރުޙަލާގައި ހެއްކާމެދު ސުވާލު އުފެއްދުމުގެ ޖާގަ ކުޑަވެގެން ދާނެ ކަމަށެވެ.

އެކަމާ ގުޅޭގޮތުން ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ތަސްލީމާ އުސްމާނު ވިދާޅުވީ، ފުލުހުންގެ ބެލުމުގެ ދަށުން ނުވަތަ ތަހުޤީޤީ އިދާރާއެއްގެ ބެލުމުގެ ދަށުން ސާމްޕަލް ނަގާއިރު އެހެން ޢަމަލު ކުރިނަމަވެސް، އަނިޔާލިބޭ މީހާ އަމިއްލައަށް ގޮސް ބުނާ ޙާލަތުގައި ވެސް އަމަލު ކުރާނެ ގޮތުގެ އުސޫލެއް އެކުލަވާލެވިފައި އޮންނަން ޖެހޭނެ ކަމަށެވެ. އަދި އެއީ ކޮމިޓީން ވެސް ޚާއްސަ އިސްކަމެއް ދީގެން ކުރާނެ ކަމެއްކަން ކޮމިޓީގެ މުޤައްރިރު ޖީހާން މަޙުމޫދު ވެސް ފާހަގަ ކުރެއްވިއެވެ.

ކޮންސެންޓާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޑޮކްޓަރުން އިތުރަށް ވިދާޅުވީ، ކުޑަކުދިން ނުވަތަ ޚާއްސަ އެހީއަށް ބޭނުންވާ މީހުން ހިމެނޭ ޙާލަތްތަކުގައި ކޮންސެންޓް ދޭނީ ކާކުކަން ނުވަތަ އަނިޔާ ދިން މީހާ ކޮންސެންޓް ދޭ މީހާގެ ގޮތުގައި ހުރިނަމަ ދެން އަމަލު ކުރާނެ ގޮތްވެސް ބަޔާން ކޮށްފައި އޮންނަން ޖެހޭ ކަމަށެވެ.

ރޭޕް ކިޓުގެ އަގާ ގުޅޭގޮތުން މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ހެލްތް މިނިސްޓްރީގެ ލީގަލް އޮފިސަރ އަލީ ޝިހާމް ވިދާޅުވީ، މިހާރުގެ ނިޒާމަށް ބަލާއިރު ފަށައިގަންނަ އިރުވެސް އެކަށީގެންވާ އަގެއްގައި ޓެސްޓް ކިޓުތައް ސަރުކާރަށް ފޯރުކޮށްދެވޭނެ ކަމަށެވެ. އަދި އެކަށީގެންވާ އަގެއްގައި ކިޓް ހޯދުމަށް ކަމާބެހޭ ޖަމިއްޔާތަކާ މަޝްވަރާކޮށް، ކުރިއަށް ދެވޭނެކަން ޝިހާމް ފާހަގަ ކުރެއްވިއެވެ.

އެކަމާ ގުޅޭގޮތުން ނިޔާފް ވިދާޅުވީ، މުޅި ކިޓުގައި ހިމެނޭ ތަކެތީގެ ތެރެއިން އެންމެ އަގުބޮޑުވާނެ ކަމަށް ބެލެވެނީ ޑީއެންއޭ ސާމްޕަލްއަށް ބޭނުންވާ "ސްވޯބް" ކަމަށެވެ. އެހެން ނަމަވެސް މިހާރު ކޮވިޑަށް ސާމްޕަލް ނަގަން ގެންގުޅޭ ސްވޯބަށް ބަލާއިރު، ގަނޑުކޮށް ނަގާނަމަ ހެޔޮ އަގެއްގައި ރަނގަޅު ކޮލިޓީގެ ތަކެތި ލިބޭނެ ކަން ނިޔާފް ފާހަގަ ކުރެއްވިއެވެ. އެގޮތުން ކޮވިޑްގެ ޓެސްޓް ކިޓުގައި ބޭނުންކުރާ ސްވޮބް މިހާރު ވެސް ގާތްގަނޑަކަށް 30ރ. އަށް ލިބޭކަން ފާހަގަ ކުރައްވައި ޑޮކްޓަރ ނިޔާފް ވިދާޅުވީ، ފަށައިގަތް އިރު އޭގެ އަގު އުޅެނީ 140ރ. ކަމަށެވެ.

އޭގެ އިތުރުން ވެސް ގިނަ ކަންކަމަށް މަޝްވަރާ ކޮށްފައިވާއިރު، ރޭޕް ކިޓާ ގުޅޭ އުސޫލުތަކާއި، ސާމްޕަލް ނެގުމުގެ ކަންކަމުގެ އުސޫލުތަކުގެ އިތުރުން، އަނިޔާލިބޭ މީހާގެ އަބުރު ރައްކާތެރި ކުރެވޭނެ ގޮތަކަށް މި ހުރިހާ އިންތިޒާމެއް ހަމަޖެހިފައި އޮތުމުގެ މުހިއްމުކަން ކޮމިޓީގެ ބައިވެރިން ފާހަގަ ކޮށްފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

25 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ

އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ

24 ޖެނުއަރީ 2017
ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި

ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި

21 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

8 މެއި
ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި
20251 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!
20233 އަހަރު ކުރިން
މީހުން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!
20215 އަހަރު ކުރިން
ރާއްޖެ

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!
20197 އަހަރު ކުރިން
ރާއްޖެ

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ
20188 އަހަރު ކުރިން
ރާއްޖެ

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު