Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވިލާ ކޮލެޖުގެ އިންޖިނިއަރިންގް ޕްރޮގްރާމްތައް ލޯން

ވިލާ ކޮލެޖުގެ 2021 ގައި އަލަށް ތަޢާރަފް ކުރާ އިންޖިނިއަރިންގް ޕްރޮގްރާމްތައް ލޯންޗުކޮށްފި

12 އޮކްޓޯބަރު 2020 | ހޯމަ 01:22

އަލަށް ތަޢާރަފް ކުރާ އިންޖިނިއަރިންގްގެ 4 ޕްރޮގްރާމެއް ވަނީ ލޯންޗުކޮށްފައި

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 12 އޮކްޓޯބަރު 2020 | ހޯމަ 01:22
ވިލާ ކޮލެޖު: ގިނަ ކޯސްތަކެއް ކޮންމެ އަހަރަކުވެސް ހިނގަމުން ގެންދޭ

ވިލާ ކޮލެޖު: ގިނަ ކޯސްތަކެއް ކޮންމެ އަހަރަކުވެސް ހިނގަމުން ގެންދޭ

ވިލާ ކޮލެޖުގެ ފަރާތުން ޖެނުއަރީ 2021 ގައި އަލަށް ތަޢާރަފް ކުރާ އިންޖިނިއަރިންގްގެ 4 ޕްރޮގްރާމެއް ލޯންޗު ކޮށްފިއެވެ.

އެގޮތުން ލޯންޗު ކުރި ޕްރޮގްރާމްތަކަކީ ފައުންޑޭޝަން އިން އިންޖިނިއަރިންގް، ބެޗެލަރ އޮފް އިލެކްޓރިކަލް އެންޑް އިލެކްޓްރޯނިކްސް އިންޖިނިއަރިންގް (އޮނަރސް)، ބެޗެލަރ އޮފް މެކޭނިކަލް އިނޖިނިއަރިންގް (އޮނަރސް) އަދި ބެޗެލަރ އޮފް މެކަޓްރޯނިކްސް އިންޖިނިއަރިންގް (އޮނަރސް) އެވެ.

Advertisement - newsAdvertisement

މި ކޯސްތައް ލޯންޗުކޮށްފައި ވަނީ އެކަމަކަށްޓަކައި ބޭއްވި ޚާއްސަ ވަރޗުއަލް ރަސްމިއްޔާތަކުންނެވެ. މި ރަސްމިއްޔާތުގައި، ޕްރޮގްރާމްތައް ލޯންޗު ކޮށްދެއްވީ ނައިބު ރައީސް، ފައިސަލް ނަސީމެވެ. އަދި މިނިސްޓަރ އޮފް ކޮމިއުނިކޭޝަންސް، ސައިންސް އެންޑް ޓެކްނޮލޮޖީ، މުޙައްމަދު މަލީޙު ޖަމާލު ވެސް ވަނީ މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވާފައެވެ.

މި ޕްރޮގްރާމްތައް ލޯންޗު ކުރެއްވުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގައި، ނައިބު ރައީސް، ފައިސަލް ނަސީމް ވަނީ ޤައުމަށް މިފަދަ ދާއިރާތަކުން ހުނަރުވެރިން ވަރަށް ބޮޑަށް ބޭނުންވެފައިވާ ދަނޑިވަޅެއްގައި ވިލާ ކޮލެޖުން މިފަދަ ޚާއްސަ ޕްރޮގްރާމްތަކެއް ތަޢާރަފް ކުރުމުގެ ސަބަބުން، އެކަން ވަރަށް ޚާއްސަ ގޮތެއްގައި ފާހަގަ ކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ކޮމިއުނިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ، މުޙައްމަދު މަލީޙު ޖަމާލު ދެއްކެވި ވާހަކަފުޅުގައި، ކޯވިޑް-19 ގެ މިޙާލަތުގައި، ދިވެހި އިޤްތިޞާދަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި، ދިވެހި ޒުވާނުންނަށްޓަކައި މިފަދަ ޕްރޮގްރާމްތަކެއް ތަޢާރަފްވެގެން ދިޔުމަކީ ނުހަނު މުހިންމު ކަމެއްކަން ފާހަގަ ކުރެއްވިއެވެ.

ރަސްމިއްޔާތު ފެއްޓެވުމުގެ ގޮތުން ވިލާ ކޮލެޖުގެ ރެކްޓަރ، ޑރ. ޢަޙްމަދު އަންވަރު ދެއްކެވި ވާހަކަފުޅުގައި ވިލާ ކޮލެޖުގެ ޗެއަރމަން، ހޮނަރަބަލް ޑރ. ޤާސިމް އިބްރާހިމްގެ ވިސްނުންފުޅުގެ ދަށުން ވިލާ ކޮލެޖުން މި ފަށާ އިންޖިނިއަރިންގްގެ ޕްރޮގްރާމްތަކުން ދިވެހި ދަރިވަރުންނަށް ވަރަށް ބޮޑެތި ފައިދާތަކެއް ކުރާނެ އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ލޯންޗު ކުރި ޕްރޮގްރާމްތަކާއި ބެހޭ ތަފްޞީލީ މަޢުލޫމާތު ދެއްވަމުން ވިލާ ކޮލެޖުގެ ވައިސް ރެކްޓަރ، ޑރ. ޢަލީ ނަޖީބު ވިދާޅުވީ މި ޕްރޮގްރާމްތަކުގެ ސަބަބުން އިންޖިނިއަރިންގްގެ ދާއިރާއިން ފުންނާބުއުސް ދަސްވެނިން ބިނާ ކުރެވިގެންދާނެ ކަމަށެވެ.

ހަމަ އެހެންމެ އިންޑަސްޓްރީ، 4 ވަނަ އިންޤިލާބަކާއި ދިމާލަށް މިސްރާބު ޖަހާފައިވާއިރު، މި ކޯހުން އެންމެ ފުރިހަމަ ގޮތުގައި ދަރިވަރުން އެކަމަށްޓަކައި ތަމްރީނު ކުރެވިގެންދާނެ ކަމަށް، ޑރ. ނަޖީބު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި އިންޖިނިއަރިންގްގެ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ ފެނަކަ ކޯޕޮރޭޝަންގެ ޓެކްނިކަލް ސަރވިސް އެންޑް ގްރީން އެނަރޖީގެ ޑިރެކްޓަރ އަޙްމަދު ނާޝިތު ވަނީ އިންޖިނިއަރިނގްގެ ދައިރާގައި ހުރި ފުރުޞަތުތަކާއި އިންޑަސްޓްރީއަށް މިފަދަ ޕްރޮގްރާމްތަކުގެ މުހިންމުކަމުގެ މައްޗަށް ވަނީ އަލިއަޅުވާލާ ވާހަކަފުޅު ދައްކަވާފައެވެ.

އެގޮތުން އިންޑަސްޓްރީގައި މިހާރުވެސް ޓެކްނިކަލް ދާއިރާއިން މުޅިންހެން ދިވެހި ބޭފުޅުން ހަރަކާތްތެރި ވަމުން ދާއިރު، މި ދާއިރާއިން އިތުރު ދިވެހިން ތަމްރީނުވެގެން ދިޔުމަކީ ނުހަނު ބޭނުންތެރިކަމެއް ކަމަށް ނާޝިތު ވިދާޅުވިއެވެ. އަދި ހަމަ އެއާއެކު، އިންޖިނިއަރިންގްގެ ދާއިރާއިން ރާއްޖޭގައި ވަޒީފާގެ އެތައް ފުރުސަތުތަކެއް މިހާރުވެސް ފަހިވެފައި ހުރިކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން، މިވަގުތު ރާއްޖެއިން ބޭރުގައި އިންޖިނިއަރިންގްގެ ދާއިރާއިން ތަޢުލީމް ހާސިލް ކުރަމުންދާ ދަރިވަރެއް ވެސް ވަނީ މި ރަސްމިއްޔާތުގައި ބައިވެރިވެ، މިފަދަ ޕްރޮގްރާމްތަކުން ކުރިއަށް ދިޔުމުގެ ފުރުސަތު، އަމިއްލަ ފަސްގަނޑުން ލިބެން ހުރުމުގެ މުހިންމުކަން ފާހަގަ ކޮށްފައެވެ.

ވިލާ ކޮލެޖުން އިންޖިނިއަރިންގް ޕްރޮގްރާމްތަކާއެކު ޖުމްލަ 90ށްވުރެ ގިނަ ޕްރޮގްރާމް ޖެނުއަރީ 2021 ގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ.

މި ޕްރޮގްރާމްތަކަށް އެޕްލައި ކުރުމުގެ ފުރުސަތު މިހާރު ހުޅުވިފައިވާއިރު، އެޕްލައި ކުރުމުގެ އެންމެ ފަހު ތާރީޚަކީ، 19 ޑިސެމްބަރ 2020 އެވެ.

އެންމެ ހިނގާ

1

އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގެ 360 އަށް ވުރެ ގިނަ މުވައްޒަފުން ސޮއިކޮށް ރައީސް މުއިއްޒުއަށް ޕެޓިޝަނެއް ހުށަހަޅައިފި

2

ރަސްމާލޭގެ މަޝްރޫއާ ގުޅިގެން ޒަރިޔަންދުގެ ވަރުގަދަ ރައްދެއް ރައީސް ނަޝީދަށް!

3

އީރާނާ ދެކޮޅަށް ފަނާކުރަނިވި 'ބޮންތަކުގެ މައި ބޮން' ބޭނުންކުރަން ޓްރަމްޕް ވިސްނަވަނީ

4

އެއް ފަހަރާ އެކަކަށް ކުންފުންޏެއްގެ އެމްޑީކަމާއި ސްޓޭޓް މިނިސްޓަރުކަން މިއީ ކިހިނެއް ހިނގާ ސަރުކާރެއް؟

5

"ދަ އައިލެންޑް ފެކްޓްރީ" އިން އުފައްދާ ޓޫނާ ޖާރކީ، ރާއްޖޭގެ އެކި ރަށްރަށުގެ ބާޒާރުތަކަށް ނެރެފި

އިތުރަށް ކިޔާލަން

07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
07 ޖެނުއަރީ 2017

އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި
07 ޖެނުއަރީ 2017

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
07 ޖެނުއަރީ 2017

ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު

07 ޖެނުއަރީ 2017
ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު
06 ޖެނުއަރީ 2017

މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި

06 ޖެނުއަރީ 2017
މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
06 ޖެނުއަރީ 2017

ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް

06 ޖެނުއަރީ 2017
ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް