Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޓެކްސީ ޑްރައިވަރ ޤާސިމްގެ މަރު

ޤާސިމްގެ މަރުގެ ޝަރީއަތުގައި އަދުހަމް: "މި އޮންނަނީ ކޮތަރު ކޮއްޓެއްގައި، ވަކީލަކު އައްޔަނު ކުރަން ވަގުތު ބޭނުންވޭ"

މީގެ ކުރިން އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ މި ހިނގާ އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 11 އޮކްޓޯބަރު 2020 | އާދީއްތަ 05:57
ޤާސިމްގެ މަރާ ގުޅިގެން އަދުހަމުގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުން

ޤާސިމްގެ މަރާ ގުޅިގެން އަދުހަމުގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުން

ޓެކްސީ ޑްރައިވަރު، 59 އަހަރުގެ ގާސިމް ހަސަން މަރާލި މައްސަލާގައި، ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލާފައިވާ ޅ. ހިންނަވަރު، ބޮޑުހިޔާގެ، އަދުހަމް މުހައްމަދު (21 އ) ގެ ޝަރީއަތުގެ އަޑުއެހުމެއް އާދިއްތަ ދުވަހަށް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ އިބްތިދާއީ އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ ވަނީ ވަކީލަކު އައްޔަނު ކުރުމަށް ދެއްވި މުއްދަތުގައި ވަކީލަކު އައްޔަނު ކުރައްވާފައި ނުވަނީ ކީއްވެތޯ ސުވާލު އުފައްދަވާފައެވެ. އެކަމާ ގުޅިގެން އަދުހަމު ބުނީ، ވަކީލަކު އައްޔަނު ކުރުމަށް ފޯމެއް ހުށައަޅައިގެންވެސް ޖަވާބެއް ނުލިބޭ ކަމަށާއި، "ކޮތަރު ކޮއްޓެއްގައި އޮންނަންޖެހޭއިރު" ވަކީލަކު އައްޔަނު ކުރަން ދަތިވާނެކަމަށެވެ. އަދި މިހާރު ވަކީލަކާ ނުލައިވެސް މައްސަލަ ކުރިއަށް ގެންދަން އެއްބަސް ކަމަށާއި، ނަމަވެސް ދައުވާއާ ގުޅޭ ހުރިހާ ލިއެކިއުންތައް ބޭނުންވާކަން އަދުހަމު ފާހަގަ ކުރިއެވެ.

Advertisement - newsAdvertisement

އެއާއެކު ގާޒީ ވަނީ ވަކީލަކު އައްޔަނު ކުރުމަށް އިތުރު ފުރުސަތެއް ބޭނުންވޭތޯ އަދުހަމާ ސުވާލު ކުރައްވާފައެވެ. އެކަމާ ގުޅިގެން އަދުހަމު ވަނީ މި ވަގުތު ވަކީލެއް ބޭނުން ނުވާ ކަމަށާއި، މައްސަލައިން ދިފާއުވުމަށް ވާހަކަ ދެއްކޭނެ ކަމަށް ބުނެފައެވެ.

ވަކީލަކު ބޭނުންނުވާކަން އަދުހަމު ފާހަގަ ކުރުމާއެކު މައްސަލަ ބައްލަވާ ގާޒީ ވަނީ ވަކީލަކާ ނުލައި މައްސަލަ ކުރިއަށް ގެންގޮސް، ދިފާއީ ވަކީލު އަތުގައި ހުރި ލިއެކިއުންތައް އަވަހަށް ފޯރުކޮށްދިނުމުގެ އިންތިޒާމު ހަމަޖައްސައި ދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި އެ ލިއެކިއުންތައް ކަރެކްޝަންސް މެދުވެރިކޮށް އާދިއްތަ ދުވަހުގެ ވަގުތެއްގައި ޙަވާލު ކުރައްވާނެކަން ދައުލަތުން ފާހަގަކުރިއެވެ.

އެހެން ނަމަވެސް، މި މައްސަލައިގައި ގާޒީއާއި ދައުލަތުން ފާހަގަކުރި ކަންކަމަށްފަހު އަދުހަމު ވަނީ މައްސަލައާ ގުޅިގެން ވަކީލަކާ މަޝްވަރާ ކުރުމުގެ އެކަށީގެންވާ ފުރުސަތު ލިބިއްޖެނަމަ، އައު ވަކީލަކާއެކު ކުރިއަށް ދިއުމަށް ބޭނުންވާކަން ފާހަގަކޮށްފައެވެ. އަދި ގާޒީ ވަނީ އެ ފުރުސަތު ދެއްވުމަށް ނިންމަވައި އެހެން ދުވަހަކަށް އަޑުއެހުން ތާވަލުކޮށްފައެވެ. މި މައްސަލައިގެ ދެން އަޑުއެހުމެއް އޮންނާނެ ދުވަހެއް ގާޒީ އިއުލާނު ކުރައްވާފައެއް ނުވެއެވެ.

މި މައްސަލައިގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ މިހިނގާ އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހުއެވެ. އެ ދުވަހުގެ އަޑުއެހުމުގައި އަދުހަމް ވަނީ، މީގެކުރިން ދައުލަތުން އޭނާއަށް ހަމަޖައްސައިދިން ގާނޫނީ ވަކީލާއެކު މި މައްސަލާގައި ކުރިއަށް ދިއުމުގެ ބަދަލުގައި، އަމިއްލައަށް ގާނޫނީ ވަކީލެއް އައްޔަން ކުރުމަށްފަހު، މައްސަލާގައި ކުރިއަށް ދިއުމަށް ބޭނުންވާ ކަމަށް ބުނެފައެވެ. އެގޮތުން ޤާނޫނީ ވަކީލެއް ހަމަޖެއްސުމަށް ޤާނޫނީ ވަކީލަކާއެކު ވާހަކަ ދެކެވެމުންދާ ކަމަށާއި، ތިން ދުވަސް ތެރޭގައި ވަކީލެއް ހަމަޖެހޭނެ ކަމަށް އުއްމީދު ކުރާ ކަމަށް އަދުހަމު އޭރު ވަނީ ބުނެފައެވެ.

ގާސިމްގެ މަރުގެ މައްސަލާގައި އަދުހަމުގެ ޝަރީއަތުގެ އަޑުއެހުމެއް އެންމެފަހުން ބާއްވާފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހުއެވެ. އެ ދުވަހު ބޭއްވި ޝަރީއަތުގެ އަޑުއެހުމަކީ، ގާސިމް މަރާލުމާއި ގުޅިގެން، ގަސްތުގައި މީހަކު މެރުމުގެ ދައުވާއަށް އަދުހަމް އިއުތިރާފްވެފައިވާތީ އަވަސް ނިޔާގެ ޝަރީއަތުގެ އަޑުއެހުމެކެވެ.

ނަމަވެސް އެ ޝަރީއަތުގެ މަޖިލީހުގައި ކުރިން ވެފައިވާ އިއުތިރާފް އަދުހަމް އަނބުރާ ގެންގޮސް، އޭނާ ވަނީ ދައުވާއަށް އިންކާރު ކޮށްފައެވެ. އެހެންކަމުން އަވަސް ނިޔާގެ ޝަރީއަތުގެ މަރުހަލާ އެވަނީ ނިމިފައެވެ. ދެން ކުރިއަށްދާނީ ޖިނާއީ އެހެން މައްސަލަތައްވެސް ކުރިއަށްދާގޮތަށް އިބްތިދާއީ އަޑުހެންތަކަށްފަހު، ޝަރީއަތުގެ އަޑު އަޑުއެހުންތަކެވެ. އަދުހަމްގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ.

ގާސިމް މަރާލާފައި މަގުމަތީ އޮތްވާ ފެނިގެން މީހަކު، ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ މިދިއަ އަހަރުގެ ޑިސެންބަރު މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ 21:07 ހާއިރުއެވެ.

ފުލުހުން ބުނެފައިވާގޮތުން، އަދުހަމަކީ މަސްތުވާތަކެތީގެ މައްސަލަތަކާއި ވައްކަމާއި، ފޭރުމާއި، މާރާމާރީގެ އިތުރުން ތަފާތު އެކިއެކި މައްސަލަތަކުގެ ރެކޯޑު އޮތް މީހެއް ކަމަށެވެ. އެގޮތުން ގާސިމް މަރާލި ދުވަހު ވެސް އޭނާ މަސްތުވުމަށާއި ޒަރޫރީ އެކިއެކި ބޭނުންތަކަށް ފައިސާ ހޯދުމަށް ފޭރުމަށް މަސައްކަތް ކުރި ކަމަށެވެ. އަދި މާލެއިންނާއި ހުޅުމާއިން ބަޔަކާއެކު މަސްތުވާތަކެތި ބޭނުންކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައުދާގެ މަރުގެ ތަހުގީގަށް ބޭނުންވާ މުހިންމު މައުލޫމާތުތަކެއް ދިވެހި ފުލުހުން ހޯދައިފި

ރައުދާގެ މަރުގެ ތަހުގީގަށް ބޭނުންވާ މުހިންމު މައުލޫމާތުތަކެއް ދިވެހި ފުލުހުން ހޯދައިފި

06 އެޕްރީލު 2017
ރައުދާގެ މަރުގެ މިނިވަން ތަހުގީގެއް ކުރުމަށް ގޮވާލާ ޕެޓިޝަނެއް ހުޅުވައިފި

ރައުދާގެ މަރުގެ މިނިވަން ތަހުގީގެއް ކުރުމަށް ގޮވާލާ ޕެޓިޝަނެއް ހުޅުވައިފި

04 އެޕްރީލު 2017
 ރައުދާގެ މަރުގެ ތަހުގީގާ ގުޅޭ މައުލޫމާތު ހޯދުމަށް ދެ ފުލުހަކު ބަންގްލަދޭޝްއަށް

ރައުދާގެ މަރުގެ ތަހުގީގާ ގުޅޭ މައުލޫމާތު ހޯދުމަށް ދެ ފުލުހަކު ބަންގްލަދޭޝްއަށް

03 އެޕްރީލު 2017
ރައުދާގެ މަރުގެ ހަގީގަތް ހޯދުމަށް ފުރިހަމަ ތަހުގީގެއް ކުރަންޖެހޭ: ބަންގްލަދޭޝްގެ ކުރީގެ ރައީސް

ރައުދާގެ މަރުގެ ހަގީގަތް ހޯދުމަށް ފުރިހަމަ ތަހުގީގެއް ކުރަންޖެހޭ: ބަންގްލަދޭޝްގެ ކުރީގެ ރައީސް

03 އެޕްރީލު 2017
ރިޝްވަތު ދިންކަމަށް އިއުތިރާފްވި މެމްބަރުގެ މައްސަލަ ނުބެލޭ، ޤާސިމްގެ ތަހުގީގަކީ ސިޔާސީ ކަމެއް:ޑރ ޖަމީލް

ރިޝްވަތު ދިންކަމަށް އިއުތިރާފްވި މެމްބަރުގެ މައްސަލަ ނުބެލޭ، ޤާސިމްގެ ތަހުގީގަކީ ސިޔާސީ ކަމެއް:ޑރ ޖަމީލް

01 އެޕްރީލު 2017

އަހަރުތަކުން މިއަދު

8 މެއި
ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި
20251 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!
20233 އަހަރު ކުރިން
މީހުން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!
20215 އަހަރު ކުރިން
ރާއްޖެ

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!
20197 އަހަރު ކުރިން
ރާއްޖެ

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ
20188 އަހަރު ކުރިން
ރާއްޖެ

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު