Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމިހާރު ކުރިޔަށްދާ މަޝްރޫޢުތައް

މިހާރު ކުރިޔަށްދާ މަޝްރޫޢުތައް ކުރިޔަށްދަނީ ވަކި ރަށަކަށް އިސްކަންދީގެނެއް ނޫން، އެއީ ސޮއި ކުރެވިފައިވާ މަޝްރޫއުތައް: މިނިސްޓަރ

އިސްތިސްނާވަނީ ރާއްޖެއިން ބޭރުން ލޯނެއް ހަމަޖެހިގެން ބޭރުގެ ފަންޑުން ކުރެވޭ މަސައްކަތްތައް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 11 އޮކްޓޯބަރު 2020 | އާދީއްތަ 06:01
ރަށެއްގެ ބަނދަރު ހެދެމުގެ މަސައްކަތް ކުރިޔަށްދަނީ

ރަށެއްގެ ބަނދަރު ހެދެމުގެ މަސައްކަތް ކުރިޔަށްދަނީ

ކޮވިޑާއި ގުޅިގެން ސަރުކާރުން ކޮންޓްރެކްޓްގައި ސޮއި ކުރެވިފައިވާ މަޝްރޫޢުތައް ނޫން އެހެން ހުރިހާ މަޝްރޫޢުތައް ހުއްޓާލުމަށް ނިންމީ ވަކި ރަށަކަށް އިސްކަންދީގެން ނޫން ކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

މި ދައުރުގެ ފުރަތަމަ ޖަލްސާގައި މިނިސްޓަރ އަސްލަމާއި ސުވާލު ކުރުމަށް ހުޅުވާލި ފުރުސަތުގައި ގިނަ މެމްބަރުންތަކެއް ވަނީ އެ މެމްބަރަކު ހިމެނޭ ދާއިރާގެ ރަށްތަކުގެ މަޝްރޫޢުތައް ހުއްޓިފައިވާތީ އެކަމުގެ ސުވާލުތައް މިނިސްޓަރަށް އަމާޒު ކުރައްވާފައެވެ. އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ ކޮވިޑާއި ގުޅިގެން ސޮއި ކުރެވިފައިވާ މަޝްރޫޢުތައް ނޫން އެހެން ހުރިހާ މަޝްރޫޢުތަކެއް ހުއްޓާލުމަށް ސަރުކާރުން ނިންމި ކަމަށާއި އޭގެން ދެން އިސްތިސްނާ ވަނީ ރާއްޖެއިން ބޭރުން ލޯނެއް ހަމަޖެހިގެން ބޭރުގެ ފަންޑުން ކުރެވޭ މަސައްކަތްތައް ކަމަށެވެ.

Advertisement - newsAdvertisement

ކޮވިޑް-19 އާއި ގުޅިގެން ރާއްޖެއަށް ލިބޭ އާމްދަނީ ވަނީ ބޮޑުތަނުން ދަށަށް ގޮސްފައެވެ. މި އަހަރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 30 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަޖެޓްގައި އަންދާޒާ ކޮށްފައިވީ ނަމަވެސް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެފައިވަނީ މި އަހަރު ލިބޭނެ ކަމަށް މިހާރު އަންދާޒާ ކުރެވެނީ 14 ބިލިއަން ރުފިޔާ ކަމަށެވެ. މިއާއެކު ސަރުކާރުން މިއަހަރަށް ހިންގުމަށް ހަމަޖައްސާފައިވާ ގިނަ މަޝްރޫޢުތަކެއް ވަނީ މަޑުޖައްސާލާފައެވެ. ހަމައެކަނި ކުރިން ފައިސާ ހަމަޖެހިފައި ހުރި މަޝްރޫޢުތައް ނޫން އެހެން މަޝްރޫޢުތައް މިހާރު ކުރިޔަކަށް ނުދެއެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު
26 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް

26 ޖެނުއަރީ 2017
 ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް
26 ޖެނުއަރީ 2017

މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

26 ޖެނުއަރީ 2017
މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ
19 ޖެނުއަރީ 2017

ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

19 ޖެނުއަރީ 2017
ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު