Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަގާމުން ވަކިކުރެވޭ ފަނޑިޔާރުންގެ މައްސަލަ

ޖިނާއީ މައްސަލަތަކާއި ގުޅިގެން މަގާމުން ވަކިކުރެވޭ ފަނޑިޔާރުން ވަކީލުންނަށްވާ މައްސަލަ ހައްލު ކުރުމަށް މަސައްކަތްކުރަނީ

މިކަމަށް ހައްލު ގެނައުމަށް ބާ ކައުންސިލުގައި އެެދިފައިވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 9 އޮކްޓޯބަރު 2020 | ހުކުރު 04:18
އިދިކޮޅު ހަރަކާތުގެ އިސް ލީޑަރު ޕީއެންސީގެ ރައީސް އަބްދުރަހީމްގެ އަރިހުގައި ހައުކޯޓުގެ ކުރީގެ އިސްފަނޑިޔާރު ޝުޖާއު އުސްމާން (ކ) އަދި ކްރިމިނަލް ކޯޓުގެ ކުރީގެ ގާޒީ ހަސަން ނަޖީބު (ވ)ގައި

އިދިކޮޅު ހަރަކާތުގެ އިސް ލީޑަރު ޕީއެންސީގެ ރައީސް އަބްދުރަހީމްގެ އަރިހުގައި ހައުކޯޓުގެ ކުރީގެ އިސްފަނޑިޔާރު ޝުޖާއު އުސްމާން (ކ) އަދި ކްރިމިނަލް ކޯޓުގެ ކުރީގެ ގާޒީ ހަސަން ނަޖީބު (ވ)ގައި

ސީރިޔަސް ތުހުމަތުތަކެއް ކުރެވިގެން މަގާމުން ވަކިކުރާ ފަނޑިޔާރުންނާއި މަގާމުން ވަކިކުރުމުގެ ކުރިން އަމިއްލަ އަށް އިސްތިއުފާދޭ ފަނޑިޔާރުން ވަކީލުންނަށް ވަމުންދާ މައްސަލައަށް ހައްލު ގެނައުމަށް ރައްޔިތުންގެ މަޖިލީހުން މަސައަކްތަކެއް ކުރެވެމުންދާ ކަމަށް ފޮނަދޫ ދާއިރާގެ އެމްޑީޕީ މެމްބަރ މޫސާ ސިރާޖު ވިދާޅުވެއްޖެއެވެ.

ގާނޫނު ބުނާ ގޮތުން މައްސަލަ ބަލަމުންދަނިކޮށް، ފަނޑިޔާރު މަގާމުން އިސްތިއުފާ ދެއްވައިފިނަމަ، އެމައްސަލަ އެހިސާބުން އެނިމުނީއެވެ. އެފަނޑިޔާރަކާމެދު ދެން ކުރެވޭނެ ކަމެއް ނޯވެއެވެ. މިފަހަކުން ތަފާތު އެކިއެކި މައްސަލަތަކުގައި ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ފަނޑިޔާރުން ވަކިކުރުމަށް ނިންމާ އޭގެތެރެއިން ބައެއް ފަނޑިޔާރުން ވަނީ މަޖިލީހުންވެސް ވަކިކޮށްފައެވެ.

Advertisement - newsAdvertisement

މަޖިލީހުން ވަކިކުރުމުގެ ކުރިން ބައެއް ފަނޑިޔާރުން އަމިއްލަފުޅަށް އިސްތިއުފާ ދެއްވައެވެ. އަދި ޖެހިގެން އަންނަ ދުވަހު ބޮޑެތި މައްސަލަތަކުގައި ވަކާލާތު ކުރެއްވުމަށް އިސްސަފުގައި މީގެތެރެއިން ބައެއް ފަނޑިޔާރުން އެބަތިއްބަވައެވެ. މިކަމުގެ ކަންބޮޑުވުންތައް އުޅޭތީ އެކަމަށް ހައްލު ގެނައުމަށް މަސައްކަތް ކުރެވޭތޯ ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމްގައި ކުރެވުނު ސުވާލަށް ޖަވާބުދެއްވަމުން ސިރާޖު ވިދާޅުވީ އެއީ މަޖިލީހުގެ މެމްބަރުންގެ މެދުގައިވެސް އޮތް ކަންބޮޑުވުމެއް ކަމަށެވެ.

އެކަމާމެދު ޖުޑީޝަރީ ކޮމިޓީގައިވެސް މަޝްވަރާކުރެވުނެވެ. ބޮޑެތި މައްސަލަތަކުގެ ސަބަބުން މަގާމުން ވަކިކުރެވޭ ފަނޑިޔާރުން ޖެހިގެން އަންނަ ދުވަހު ވަކީލުންގެ ގޮތުގައި މަސައްކަތްކުރުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށް ސިރާޖު ވިދާޅުވިއެވެ. އެހެންކަމުން މިކަމަށް ހައްލު ގެނައުމަށް ބާ ކައުންސިލުގައި އެެދިފައިވާނެ ކަމަށް ސިރާޖު ވިދާޅުވިއެވެ.

ސިރާޖު ވިދަޅުވީ މިކަމުގައި ހައްލު ގެނައުމަށް ބާ ކައުންސިލުން މަސައްކަތްކުރާނެ ކަމަށް އުންމީދުކުރައްވާ ކަަމަށެވެ. އަދި ބާ ކައުންސިލަކަށް މިކަމުގައި ހައްލެއް ނުހޯދޭނަމަ ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސްގެން އެކަން ކުރާނެ ކަމަށް ސިރާޖު ވިދާޅުވިއެވެ.

ފަނޑިޔާރެއްގެ މައްޗަށް ކުރެވޭ ޖިނާއީ ތުހުމަތަކުން ހަމައެކަނި މަގާމު ގެއްލުން އެއީ އޮންނަ އުސޫލުކަމަށް ވެގެންނުވާނެ ކަމަށާއި މަގާމުން ވަކިވުމަށްފަހުވެސް ޖިނާއީ ދައުވާކޮށް އަދަބު ނުދޭނަމަ ހާސިލްކުރަން ބޭނުންވާ ކަމެއް ހާސިލްނުވާނެ ކަމަށް ސިރާޖު ވިދާޅުވިއެވެ.

އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުގެ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ ގާނޫނީ ވަކީލުންގެ ގޮތުގައި ހައިކޯޓުގެ އިސް ފަނޑިޔާރުގެ މަގާމުގައި ހުންނެވި ޝުޖާއު އުސްމާން އާއި ކްރިމިނަލް ކޯޓުގެ ކުރީގެ ގާޒީ ހަސަން ނަޖީބު ވަނީ ހަމަޖައްސާފައެވެ. ހަސަން ނަޖީބުގެ މައްޗަށް ތުހުމަތު ކުރެވުނު 6 މައްސަލައަކާ ގުޅިގެން ޖޭއެސްސީން ހިންހި ތަހުގީގުން، ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފަށް ހިންގާފައިވާ އަމަލުތަކެއްކަން ސާބިތުވާތީ، ގާޒީ ހަސަން ނަޖީބު ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރަން ޖޭއެސްސީން ނިންމާ މަޖިލީހަށް ރިޕޯޓް ހުށަހެޅިއެވެ. އެއާއެކު ގާޒީ ހަސަން ނަޖީބު ވަނީ ފަނޑިޔާރުކަމުގެ މަގާމުން އިސްތިއުފާ ދެއްވާފައެވެ. އަދި ޝުޖާއު އުސްމާންވެސް ވަނީ އޭނާ މަގާމުން ވަކިކުރަން ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައި ވަނިކޮށް މަގާމުން އިސްތިއުފާދެއްވާފައެވެ.

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!

02 ފެބުރުއަރީ 2017
މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!
02 ފެބުރުއަރީ 2017

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

02 ފެބުރުއަރީ 2017
ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
31 ޖެނުއަރީ 2017

ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ

31 ޖެނުއަރީ 2017
ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ
29 ޖެނުއަރީ 2017

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ
24 ޖެނުއަރީ 2017

މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017
މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު