Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަތުރުވެރިންނަށް ހާއްސަ އިންޝްއެރަންސް ޕެކޭޖް

ފަތުރުވެރިންނަށް ހާއްސަކޮށްގެން އިންޝްއެރަންސް ޕެކޭޖެއް ލޯންޗްކޮށްފި

8 އޮކްޓޯބަރު 2020 | ބުރާސްފަތި 13:30

ޓްރެވެލް އިންޝްއުރެންސްއެއް ނެތުން އެއީ ގޮންޖެހުންތަކެއް ދިމާވި ކަމެއް

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 8 އޮކްޓޯބަރު 2020 | ބުރާސްފަތި 13:30
ޖުލައި 15ގެ ފަހުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ވަނީ އިތުރުވެފައި

ޖުލައި 15ގެ ފަހުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ވަނީ އިތުރުވެފައި

ފަތުރުވެރިކަމަށް ހާއްސަކޮށްގެން އިންޝްއެރަންސް ޕެކޭޖްއެއް ލޯންޗްކޮށްފި އެވެ.

މިނިސްޓްރީ އޮފް ޓްރަރިޒަމް އާއި އެލައިޑް އިންޝްއެރެންސް ގުޅިގެން މި ޕެކޭޖް ލޯންޗްކޮށްފައިވަނީ ބުރާސްފަތި ދުވަހު ބޭއްވި ވާރޗުލްކޮށް ބޭއްވި ރަސްމިއްޔާތެއްގައެވެ.

Advertisement - newsAdvertisement

އިންޝްއުރެންސް ފޯ ޓުއަރޒިމްގެ ނަމުގައި ލޯންޗް ކުރި މި ޕެކޭޖްގައި 2 ޕޮލިސީއެއް ހިމެނެއެވެ. އެއީ އެލައިޑް އިންބައުންޑް އަދި އެލައިޑް އިންބައުޑް ޕްލަސް އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްވަމުން ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ މިއަދަކީ ވަރަށް އުފާވެރި ދުވަހެއް ކަމަށާއި 15 ޖުލައިގައި ބޯޑަރު ހުޅުވާލިއިރު އެންމެ ބޮޑު ގޮންޖެހުމަކަށް ދިމާވެފައިވަނީ ފަތުރުވެރިންނަށް ހާއްސަ މިފަދަ އިންޝްއަރެންސް ޕެކޭޖެއް ޤާއިމްވެފައި ނެތުމުން ކަމަށެވެ. އެހެންނަމަވެސް އެލައިޑުން ކުރިއަށް މިގެންދިޔަ މަސައްކަތް ފާހަގަކޮށް އެކުންފުންޏަށް މިނިސްޓަރ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

15 ޖުލައިގައި ބޯޑަރުތައް ހުޅުވާލީ ވަރަށް ބޮޑު ޗެލެންޖަކާއި އެކު ކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ އެއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިޚް ނެންގެވި ވަރަށް ހިތްވަރު ގަދަ ނިންމެވުމަށެވެ. އަދި ކޮވިޑްގެ މިދަނޑިވަޅުގައި ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރަމުންދާއިރު، މިއީ ސޭފް ޑެސްޓިނޭޝަނެއްކަން ދުނިޔޭގެ ގައުމުތަކުން ޤަބޫލު ކުރަމުންދާ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ކުރިން އޮތް ގޮތުން ނަމަ ޓުއަރިސްޓުންނަށް ދިމާވާ ކަންކަމުގެ ޒިންމާ ނަގަން ޖެހިފައި އޮންނަނީ އެ ޓުއަރިސްޓް ފެސިލިޓީއަކުން ކަމަށާއި އެހެންނަމަވެސް މިފަދަ އިންޝުއަރެންސެއް އައުމަކީ ރިސޯޓް، ގެސްޓްހައުސް އަދި ސަފާރީތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

އެހެންކަމުން ފަތުރުވެރިން ބުކިން ހަދާއިރު އިންޝްއަރެންސް ނެގުން ބުއްދިވެރިކަމަށް އެފަރާތްތަކަށް ބުނެދިނުމާއި މި އިންޝްއަރެންސްގެ މުހިއްމުކަން އެފަރާތްތަކަށް ކިޔައިދިނުމަށް މިނިސްޓަރ އިލްތިމާސްކުރެއްވި އެވެ.

މިރަސްމިއްޔާތުގައި އެލައިޑު އިންޝްއަރެންސްގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ޝަފާޒް ވިދާޅުވީ ކޮވިޑްގެ މިދަނޑިވަޅުގައި ފަތުރުވެރިންނަށް ހާއްސަކޮށްގެން ކޮވިޑް ކަވަރު ކުރާ އިންޝްއުރެންސް ޕްލޭންއެއް ތަޢާރަފް ވެގެންދިއުމަކީ ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ކުރިއަރައިގެންދާނެ ކަމެއް ކަމަށެވެ.

ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ޕޮޒިޓިވް ވެއްޖެ ނަމަ އެފަރާތްތަކުން އަމިއްލަ ހަރަދުގެ މެޑިކަލް ކަންކަން ހަމަޖެއްސުން ކަމަށްވާއިރު އަލަށް ތަޢާރަފްކުރި ޕެކޭޖްގެ ތެރެއިން މެޑިކަލް އިމަރޖެންސީ އަދި ކޮވިޑަށް ޕޮޒިޓިވްވެއްޖެ ނަމަ ފެސިލިޓީތަކަށް ގެންދިއުމަށް ދާ ޓްރާންސްޕޯޓް ހަރަދާއި އައިސޮލޭޝަން ފެސިލިޓީއަށްދާ ހަރަދުވެސް ކަވަރ ކުރާނެ ކަމަށް ޝަފާޒް ވިދާޅުވި އެވެ.

ޓުއަރިސްޓުންނަށް މި ޕެކޭޖްތައް ނެގޭނީ ރާއްޖެ އައުމުގެ ކުރިން ކަމަށާއި އެގޮތުން އެލައިޑުގެ ވެބްސައިޓުންނާއި އަދި ބޭރުގެ ވަރަށް ގިނަ ވެބްސައިޓުތަކުން ލިންކު ފެންނަން ހުންނާނެ އެވެ.

އެންމެ ހިނގާ

1

އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގެ 360 އަށް ވުރެ ގިނަ މުވައްޒަފުން ސޮއިކޮށް ރައީސް މުއިއްޒުއަށް ޕެޓިޝަނެއް ހުށަހަޅައިފި

2

ރަސްމާލޭގެ މަޝްރޫއާ ގުޅިގެން ޒަރިޔަންދުގެ ވަރުގަދަ ރައްދެއް ރައީސް ނަޝީދަށް!

3

އެއް ފަހަރާ އެކަކަށް ކުންފުންޏެއްގެ އެމްޑީކަމާއި ސްޓޭޓް މިނިސްޓަރުކަން މިއީ ކިހިނެއް ހިނގާ ސަރުކާރެއް؟

4

އީރާނާ ދެކޮޅަށް ފަނާކުރަނިވި 'ބޮންތަކުގެ މައި ބޮން' ބޭނުންކުރަން ޓްރަމްޕް ވިސްނަވަނީ

5

"ދަ އައިލެންޑް ފެކްޓްރީ" އިން އުފައްދާ ޓޫނާ ޖާރކީ، ރާއްޖޭގެ އެކި ރަށްރަށުގެ ބާޒާރުތަކަށް ނެރެފި

އިތުރަށް ކިޔާލަން

04 އޯގަސްޓު 2018

މާލޭގެ ރައްޔިތުނަށް ހާއްސަކޮށްގެން މަޝްރޫއެއް ހިންގާނަން: އިބޫ

04 އޯގަސްޓު 2018
މާލޭގެ ރައްޔިތުނަށް ހާއްސަކޮށްގެން މަޝްރޫއެއް ހިންގާނަން: އިބޫ
14 ފެބުރުއަރީ 2018

ކަނބަލުންނަށް ހާއްސަކޮށްގެން 20 މިލިއަން ރުފިޔާގެ ލޯން ޕްރޮގްރާމެއް ތައާރަފް ކޮށްފި

14 ފެބުރުއަރީ 2018
ކަނބަލުންނަށް ހާއްސަކޮށްގެން 20 މިލިއަން ރުފިޔާގެ ލޯން ޕްރޮގްރާމެއް ތައާރަފް ކޮށްފި
16 ޑިސެމްބަރު 2017

ރާއްޖެޓީވީން ކުޑަކުދިންނަށް ހާއްސަކޮށްގެން ޖާދޫގެ ޝޯއެއް ބާއްވައިފި

16 ޑިސެމްބަރު 2017
ރާއްޖެޓީވީން ކުޑަކުދިންނަށް ހާއްސަކޮށްގެން ޖާދޫގެ ޝޯއެއް ބާއްވައިފި
15 އޮކްޓޯބަރު 2017

ސޭފްޓީ ސްޓެޕްސްގެ ނަމުގައި އާކުން އާ ކެމްޕެއިނެއް ލޯންޗްކޮށްފި

15 އޮކްޓޯބަރު 2017
ސޭފްޓީ ސްޓެޕްސްގެ ނަމުގައި އާކުން އާ ކެމްޕެއިނެއް ލޯންޗްކޮށްފި
02 އޮކްޓޯބަރު 2017

ހުޅުމާލޭގައި ފަތުރުވެރިންނަށް ހާއްސަ ޖެޓީއެއް އަޅަނީ

02 އޮކްޓޯބަރު 2017
ހުޅުމާލޭގައި ފަތުރުވެރިންނަށް ހާއްސަ ޖެޓީއެއް އަޅަނީ
26 ޖޫން 2017

ރާއްޖޭގައި އިންސާނީ ހައްގުތައް ފުރިހަމައަށް ނުލިބޭ ވާހަކަ ފަތުރުވެރިންނަށް ކިޔައިދޭންޖެހޭ: ޑިއެޓްމަރ ކްރިސްލާ

26 ޖޫން 2017
ރާއްޖޭގައި އިންސާނީ ހައްގުތައް ފުރިހަމައަށް ނުލިބޭ ވާހަކަ ފަތުރުވެރިންނަށް ކިޔައިދޭންޖެހޭ: ޑިއެޓްމަރ ކްރިސްލާ
14 މާރިޗު 2017

ކޮލަންބޯގައި ދިވެހިންނަށް ހާއްސަކޮށްގެން ޕާކެއް ހަދަނީ

14 މާރިޗު 2017
ކޮލަންބޯގައި ދިވެހިންނަށް ހާއްސަކޮށްގެން ޕާކެއް ހަދަނީ
27 ފެބުރުއަރީ 2017

ކްރައިމް ޕްރިވެންޝަން ކެމްޕެއިން ލޯންޗްކޮށްފި

27 ފެބުރުއަރީ 2017
ކްރައިމް ޕްރިވެންޝަން ކެމްޕެއިން ލޯންޗްކޮށްފި
04 ފެބުރުއަރީ 2017

ގއ. ހިތާދޫ އަށް ގެއްލުންދިން ފަތުރުވެރިންނަށް އަދި ފިޔަވަޅެއް ނާޅަން: މިނިސްޓްރީ

04 ފެބުރުއަރީ 2017
ގއ. ހިތާދޫ އަށް ގެއްލުންދިން ފަތުރުވެރިންނަށް އަދި ފިޔަވަޅެއް ނާޅަން: މިނިސްޓްރީ
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް