Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސޭފްޓީ ސްޓެޕްސް

ސޭފްޓީ ސްޓެޕްސްގެ ނަމުގައި އާކުން އާ ކެމްޕެއިނެއް ލޯންޗްކޮށްފި

15 އޮކްޓޯބަރު 2017 | އާދީއްތަ 12:32

އާއްމު ދިރިއުޅުމާއި ދިމާވާ ހާދިސާ އަދި ކާރިސާތަކުން ސަލާމަތްވުން

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 15 އޮކްޓޯބަރު 2017 | އާދީއްތަ 12:32
އާކުން ހިންގާ "ސޭފްޓީ ސްޓެޕްސް" ކެމްޕެއިން ޕޯސްޓަރެއް

އާކުން ހިންގާ "ސޭފްޓީ ސްޓެޕްސް" ކެމްޕެއިން ޕޯސްޓަރެއް

"ސޭފްޓީ ސްޓެޕްސް"ގެ ނަމުގައި އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރަން (އާކް) އިން އާ ކެމްޕެއިނެއް ލޯންޗްކޮށްފި އެވެ.

އާކުން ބުނީ އޮކްޓޯބަރ މަހުގެ 13 ވަނަ ދުވަހަކީ "އިންޓަރނެޝަނަލް ޑޭ ފޮރ ޑިޒާސްޓަރ ރިޑަކްޝަން"ގެ ގޮތުގައި އދ އިން ފާހަގަކުރާ ދުވަސް ކަމަށްވާތީ އެ ދުވަހާ ގުޅުވައިގެން 2017 ވަނަ އަހަރުގެ ޝިޢާރެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވަނީ "ހޯމް ސޭފް ހޯމް: ރިޑިއުސިންގ އެކްސްޕޯސަރ، ރިޑިއުސިންގ ޑިސްޕްލޭސްމެންޓް" އެވެ.

Advertisement - newsAdvertisement

މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު ބޭނުމަކީ ކާރިސާތަކުން ރައްކާތެރިވުމަށް ހޭލުންތެރިކަން އިތުރުކުރުމަށާއި ކުރިމަތިވާ ކާރިސާތަކުން އަރައިގަތުމަށް މީހުން ހޭލުންތެރިކުރުވުމެވެ. މި ދުވަސް ފާހަގަކުރުމުގެ ގޮތުން ކުޑަކުދިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި "ސޭފްޓީ ސްޓެޕްސް"ގެ ނަމުގައި ކެޕްއިނެއް އާދިއްތަ ދުވަހު ވަނީ އިފްތިތާހުކޮށްފަ ކަމަށް އާކުން ބުނެއެވެ.

އާކުން ބުނީ ސޭފްޓީ ސްޓެޕްސް ކެމްޕެއިންއަކީ ގޭތެރޭގެ މާހައުލުގަ އާއި ބޭރުތެރޭގައި އުޅޭއިރު ދިމާވެދާނެ ނުރައްކާތަކުންނާއި، ދިމާވާ ކުއްލި ހާލަތްތަކުގައި ރައްކާތެރިކަން ހޯދުމަށްޓަކައި ކަންތައްތައް ކުރަންވީ ގޮތަކީ ކޮބައިކަން ކުޑަކުދިން ކިޔައިދީ އެކުދިން ހޭލުންތެރިކުރުވުމެވެ. ކުޑަކުދިންނަކީ މިފަދަ ކަންކަމަށް އެންމެ ފުރަތަމަ ނުރައްކަލައް ހުށަހެޅޭ އުމުރުފުރާކަމަށްވުމުން އެކުދިންނަށް ނުރައްކާތެރި ހާދިސާތަކުން ރައްކާތެރިކަން ހޯދުމަށް އެޅިދާނެ ފިޔަވަޅުތަކަކީ ކޮބައިކަން އެނގިފައި އޮތުން މުހިންމެވެ. އެގޮތުން މި ކެމްޕެއިންގެ ޒަރިއްޔާއިން ނުރައްކާތެރި ހާދިސާ/ކާރިސާ ތަކަކީ ކޮބައިކަމާއި އެކަންކަމުން ރައްކާތެރިކަން ހޯދުމަށް ކުރެވިދާނެ ކަންތައްތައް ކިޔައިދެވޭނެ ކަމަށްވެސް އާކުން ބުނެއެވެ.

އާކުން ހިންގާ "ސޭފްޓީ ސްޓެޕްސް" ކެމްޕެއިން ޕޯސްޓަރެއް

މި ކެމްޕެއިން މެދުވެރިކޮށް ސަލާމަތާއި ރައްކާތެރިކަން ހޯދޭނެ ގޮތްތައް ކިޔައިދެވޭނެ ބައިތަކަކީ:

1. އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުން. މަގުމަތީގެ އެކްސިޓެންޓުތަކުން ރައްކާތެރިވުން. ގޭތެރޭގައި ދިމާވާ ނުރައްކާތަކުން ރައްކާތެރިވުން. މޫދުގައި ދިމާވެދާނެ ނުރައްކާތެރި ހާދިސާތަކުން ރައްކާތެރިވުން. ފުރަތަމަ އެހީ ދިނުން. ގުދުރަތީ ކާރިސާތަކަށް ހޭލުންތެރިވެ ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތައް.

އާކުން ހިންގާ "ސޭފްޓީ ސްޓެޕްސް" ކެމްޕެއިން ޕޯސްޓަރެއް

އާކުން ބުނީ ސޭފްޓީ ސްޓެޕްސް ކެމްޕެއިންގެ އެންމެ ބޮޑު އަމާޒަކީ ނުރައްކާތެރި ހާދިސާތަކުން ރައްކާތެރިވެތިބުމަށް އަޅަންޖެހޭ ފިޔަވަޅުތައް ކިޔައިދިނުމާއި ހާދިސާއެއް ހިނގުމުން އަޅަންޖެހޭ ފިޔަވަޅުތައް އިތުބާރާއެކު އަޅަން ދަސްކޮށްދީ އެކި ގޮތްގޮތަށް އެކުދިން ބާރުވެރިކުރުވުމެވެ. މި ކެމްޕެއިންގެ މުހިންމު މެސެޖުތައް ކުދިން ޝައުޤުވެރިވާނެގޮތަށް އެކުދިން ހަނދާން ހުންނާނެހެން އާދައިގެ އެހެންނަމަވެސް މުހިންމު ފިޔަވަޅުތައް ވީޑިއޯ ކްލިޕްސް އަދި ލީފްލެޓް މެދުވެރިކޮށް ފޯރުކޮށްދެވޭނެ ކަމަށްވެސް އާކުން ބުނެއެވެ. އެގޮތުން:

ކުޑަކުދިން ޝަޢުޤުވެރިވާ އެކުދިންނަށް ފަސޭހައިން ދޭހަވާނޭގޮތަށް ރައްކާތެރިވެ ތިބުމަކީ ކޮބައިކަން ކިޔައިދިނުން. ގޭތެރޭގައި އުޅޭއިރު އާއި ގެއިން ބޭރުގައި އުޅޭއިރު ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ މުހިންމުކަމާއި ކުއްލި ހާލަތްތަކާއި ކުރިމަތިލާންވީގޮތް ބުނެދިނުން. ރައްކާތެރިކަން ހޯދުމަށް އެޅިދާނެ ފިޔަވަޅުތައް އަމަލީގޮތުން ކުދިންނަށް ކިޔައިދީ ހޭލުންތެރިކަން އިތުރުކުރުން. ގުދުރަތީ ކާރިސާތަކަށް ހޭލުންތެރިކުރުވައި ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކަށް ތައްޔާރުކުރުން.

އާކުން ބުނީ މި ހުރިހާ މަޢުލޫމާތެއް ހިމެނޭގޮތުން ސޭފްޓީ ސްޓެޕްސް ކެމްޕެއިނަށް ޚާއްޞަކޮށްގެން ވެބްސައިޓެއް ޤާއިމު ކުރުމަށްވެސް ހަމަޖެހިފައިވާ ކަމަށެވެ.

އާކްގެ އުންމީދަކީ މި ކެމްޕެއިންގެ ޒަރިއްޔާއިން ކުޑަކުދިންނަށް ކުރިމަތިވާ ނުރައްކާތެރި ހާދިސާތަކަކީ ކޮބައިކަން ދެނެގަނެ، ދިމާވެދާނެ ކުއްލި ނުރައްކާތަކާ ކުރިމަތިލުމުގެ ހިތްވަރާއި ހުށިޔާރުކަން އެކުދިންގެ ކިބައިގައި އަށަގަންނުވައި އެފަދަ ހާލަތްތަކުގައި އެޅިދާނެ ފިޔަވަޅުތަކަކީ ކޮބައިކަން ދަސްކޮށްދިނުމެވެ. އަދި އެފަދަ ކަންކަމާ އަމިއްލައަށް ކުރިމަތިލުމުގެ ޤާބިލުކަން ކުޑަކުދިންގެ ކިބައިގައި އަށަގަންނުވަން ބެލެނިވެރިންވެސް މަސައްކަތް ކުރައްވާނެކަމަށް އުންމީދުކުރާ ކަމަށްވެސް އާކުން ބުނެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

17 އެޕްރީލު 2017

ޕީޕީއެމް ނަމުގައި އުޅޭ ވަގުތީ ނުރަސްމީ ފެކްޝަނަކަށް އަޅުގަނޑު ވައްކެތް ނުކުރެވޭނެ: ސައުދު

17 އެޕްރީލު 2017
ޕީޕީއެމް ނަމުގައި އުޅޭ ވަގުތީ ނުރަސްމީ ފެކްޝަނަކަށް އަޅުގަނޑު ވައްކެތް ނުކުރެވޭނެ: ސައުދު
20 މާރިޗު 2017

"ބިޒްނަސް ސެންޓަ ކޯޕްރޭޝަން ލިމިޓެޑް"ގެ ނަމުގައި ކުންފުންޏެއް ރައީސް ޔާމީން އުފައްދަވައިފި

20 މާރިޗު 2017
"ބިޒްނަސް ސެންޓަ ކޯޕްރޭޝަން ލިމިޓެޑް"ގެ ނަމުގައި ކުންފުންޏެއް ރައީސް ޔާމީން އުފައްދަވައިފި
27 ފެބުރުއަރީ 2017

"އެނާޖީ އެވެއާނެސް"ގެ ނަމުގައި ދެ ވީޑިއޯ ސްޕޮޓް ލޯންޗު ކޮށްފި

27 ފެބުރުއަރީ 2017
"އެނާޖީ އެވެއާނެސް"ގެ ނަމުގައި ދެ ވީޑިއޯ ސްޕޮޓް ލޯންޗު ކޮށްފި
26 ފެބުރުއަރީ 2017

އެމްއެންޑީއެފްގައި ހިމަބިހި ނައްތާލުމުގެ ކެމްޕޭން "މަވެސް ޖަހައިފިން" ނަމުގައި ފަށައިފި

26 ފެބުރުއަރީ 2017
އެމްއެންޑީއެފްގައި ހިމަބިހި ނައްތާލުމުގެ ކެމްޕޭން "މަވެސް ޖަހައިފިން" ނަމުގައި ފަށައިފި
18 ފެބުރުއަރީ 2017

އެމްޑީޕީން ޑޯޓުޑޯ ކެމްޕެއިނެއް ހިންގަނީ

18 ފެބުރުއަރީ 2017
އެމްޑީޕީން ޑޯޓުޑޯ ކެމްޕެއިނެއް ހިންގަނީ
16 ފެބުރުއަރީ 2017

"ހަމަ ކެނޑީ އަލުން ވަނީ" ގެ ނަމުގައި ހަރަކާތެއް ފަށަނީ

16 ފެބުރުއަރީ 2017
"ހަމަ ކެނޑީ އަލުން ވަނީ" ގެ ނަމުގައި ހަރަކާތެއް ފަށަނީ
15 ފެބުރުއަރީ 2017

ޓެކްސްގެ ނަމުގައި މި ސަރުކަރުން އަންނަނީ ރައްޔިތުންގެ އަތުން ފޭރެމުން: އީސަ

15 ފެބުރުއަރީ 2017
ޓެކްސްގެ ނަމުގައި މި ސަރުކަރުން އަންނަނީ ރައްޔިތުންގެ އަތުން ފޭރެމުން: އީސަ
05 ފެބުރުއަރީ 2017

އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ

05 ފެބުރުއަރީ 2017
އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ
31 ޖެނުއަރީ 2017

"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ

31 ޖެނުއަރީ 2017
"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ
21 ޖެނުއަރީ 2017

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް