Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޕޭމަންޓް ސިސްޓަމާއި ޕޭމަންޓް ޚިދުމަތްތަކުގެ ބިލް

ޤައުމީ ޕޭމަންޓް ސިސްޓަމެއް ގާއިމުކުރުމަށް މަޖިލީހަށް ބިލެއް ހުށައަޅައިފި

ޕޭމަންޓް ސިސްޓަމްތަކާއި ޕޭމަންޓް ޚިދުމަތްތައް ރެގިއުލޭޓްކުރުމާއި ގުޅޭ އުސޫލުތައް ބަޔާންކޮށްފައިވޭ

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 8 އޮކްޓޯބަރު 2020 | ބުރާސްފަތި 07:19
ދިވެހިރާއްޖޭގެ މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)

ދިވެހިރާއްޖޭގެ މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)

ޕޭމަންޓް ސިސްޓަމާއި ޕޭމަންޓް ޚިދުމަތްތަކުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުމުގެ ބޭނުމަކީ، ދިވެހިރާއްޖޭގެ ފައިސާއިން ނުވަތަ ބޭރު ފައިސާއަކުން ނަމަވެސް، ޕޭމަންޓް އިންސްޓްރަކްޝަންތަކާއި ފައިސާ ޓްރާންސްފަރތައް ފޮނުވުމާއި ލިބުން އަދި ޕްރޮސެސްކުރުމާ ގުޅުންހުރި އެންމެހައި ކަންކަން ހިމެނޭ ދިވެހިރާއްޖޭގެ ޤައުމީ ޕޭމަންޓް ސިސްޓަމް ޤާއިމުކުރުމެވެ.

Advertisement - newsAdvertisement

މީގެ އިތުރުން ޕޭމަންޓް ސިސްޓަމްތަކާއި ޕޭމަންޓް ޚިދުމަތްތައް ރެގިއުލޭޓްކޮށް އެފަދަ ސިސްޓަމްތައް ހިންގުމާ ގުޅޭ އުސޫލުތައްވެސް މި ބިލުގައި ވަނީ ބަޔާންކޮށްފައެވެ. އަދި އެފަދަ ސިސްޓަމްތައް ރެގިއުލޭޓްކުރާ ފަރާތެއްގެ ހައިސިއްޔަތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ މަސްއޫލިއްޔަތުތަކާއި، ސިސްޓަމްތައް އޮޕަރޭޓްކުރާ ފަރާތްތަކަށް ހުއްދަ ނުވަތަ ލައިސަންސް ދިނުމާއި ގުޅޭ ކަންކަމުގެ އިތުރުން ސިސްޓަމްތައް ހިނގާ ނުހިނގާ ގޮތް ބެލުމާގުޅޭ އުސޫލުތައްވެސް މި ބިލުގައި ވަނީ ބަޔާންކޮށްފައެވެ.

ސިސްޓަމްގެ ޚިދުމަތްތަކާގުޅޭ ކަންކަމާއި، ޤާނޫނާ ގަވާއިދާ ޚިލާފަށް ސިސްޓަމް ހިންގާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމާގުޅޭ އުސޫލުތައްވެސް ޕޭމަންޓް ސިސްޓަމާއި ޕޭމަންޓް ޚިދުމަތްތަކުގެ ބިލުގައި ބަޔާންކޮށްފައެވެ.

ބުދަ ދުވަހުގެ ޖަލްސާގައި މި ބިލުގެ ފުރަތަމަ ކިއުން އިއްވާފައިވާއިރު، ދެން ކުރިއަށްދާނީ މި ބިލުގެ އިބްތިދާއީ ބަހުސްގެ މަރުހަލާއެެވެ. އެއަށްފަހު މި ބިލު ބަލައިގަނެ، އިތުރަށް ދިރާސާ ކުރުމަށް ކަމާ ގުޅޭ ކޮމިޓީއަށް ފޮނުވޭނެއެވެ. ކޮމިޓީން މި ބިލު ދިރާސާ ކުރުމަށްފަހު ރިޕޯޓެއް އެކުލަވާލުމަށްފަހު ބިލު ފާސްކުރުމާއި މެދު ވޯޓެއް ނެގޭނެއެވެ.

ރާއްޖޭގައި ޕޭމަންޓް ސިސްޓަމްތައް ރެގިއުލޭޓްކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށައަޅާފައިވާއިރު، އެމްއެމްއޭއިން އަންނަނީ ރާއްޖޭގައި ރާއްޖޭގައި އިންޓަނޭޝަނަލް ޕޭމަންޓް ގޭޓްވޭ ނުވަތަ ކްރޮސް ބޯޑާ އީކޮމާސްގެ ހިދުމަތް ރާއްޖޭގައި ތައާރަފްކުރުމަށް މަސައްކަތް ކުރަމުންނެވެ. އަދި މި މަސައްކަތް ނިމުމުން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި އެނޫންވެސް ވިޔަފާރިތަކަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ލިބޭނެ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހެލްތުން ގަވާއިދާ ޚިލާފަށް 16 މިލިއަނަށްވުރެ ގިނަ ރުފިޔާ ބޭނުންކުރިގޮތް ބެލުމަށް ރިޔާޒް މަޖިލީހަށް ހުށަހަޅައިފި

ހެލްތުން ގަވާއިދާ ޚިލާފަށް 16 މިލިއަނަށްވުރެ ގިނަ ރުފިޔާ ބޭނުންކުރިގޮތް ބެލުމަށް ރިޔާޒް މަޖިލީހަށް ހުށަހަޅައިފި

01 މާރިޗު 2017
މައުމޫނާ ދެކޮޅަށް ބަޔާން ދޭން މަޖުބޫރުކުރި ކަމަށް ބުނާ މައްސަލަ މަޖިލީހަށް

މައުމޫނާ ދެކޮޅަށް ބަޔާން ދޭން މަޖުބޫރުކުރި ކަމަށް ބުނާ މައްސަލަ މަޖިލީހަށް

26 ފެބުރުއަރީ 2017
ބޮޑުކުރި އެލަވަންސް ފުލުހުންނަށް ނުދިން މައްސަލަ މަޖިލީހަށް!

ބޮޑުކުރި އެލަވަންސް ފުލުހުންނަށް ނުދިން މައްސަލަ މަޖިލީހަށް!

23 ފެބުރުއަރީ 2017
ގަދަކަމުން ޕީޕީއެމަށް މީހުން ވައްދަމުންދާތީ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި

ގަދަކަމުން ޕީޕީއެމަށް މީހުން ވައްދަމުންދާތީ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި

19 ފެބުރުއަރީ 2017
މަޖްބޫރުން މުވައްޒަފުން ޕީޕީއެމަށް ވައްދާތީ އެމްޑީޕީން މަޖިލީހަށް ޤަރާރެއް ހުށަހަޅައިފި

މަޖްބޫރުން މުވައްޒަފުން ޕީޕީއެމަށް ވައްދާތީ އެމްޑީޕީން މަޖިލީހަށް ޤަރާރެއް ހުށަހަޅައިފި

15 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު