Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިންޑިޔާގެ އެއްބަސްވުންތައް ހާމަކުރުމަށް ގޮވާލުން

އިންޑިއާގެ އެއްބަސްވުންތައް ހާމަކުރަން ގޮވަލާ ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި

އިންޑިއާ ސިފައިންގެ އެތައް ބަޔަކު ރާއްޖޭގައި ތިބޭ އިރު އެ އެއްބަސްވުމުގައި އޮތީ ކޮން ކަމެއްކަން ސަރުކާރުން ހާމަކޮށްފައި ނުވާ ކަމަށް ޝިޔާމް ހުށަހެޅުއްވި މައްސަލައިގައިވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 7 އޮކްޓޯބަރު 2020 | ބުދަ 12:50
ނައިފަރު ދާއިރާގެ މެމްބަރ އަހުމަދު ޝިޔާމް

ނައިފަރު ދާއިރާގެ މެމްބަރ އަހުމަދު ޝިޔާމް

ރާއްޖޭން އިންޑިއާއާ އެކު ސޮއިކޮށްފައިވާ އެއްބަސްވުންތަކުގެ މައުލޫމާތު ހާމަކުރަން ސަރުކާރަށް ގޮވާލައި ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރ އަޙްމަދު ޝިޔާމް ހުށަހެޅުއްވި ކުއްލި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފިއެވެ.

ޝިޔާމް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވަނީ އިންޑިއާއާ އެކު ރާއްޖެއިން ސޮއިކޮށްފައިވާ އެކި އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ބުރޫ އަރައިފާނެ ކަމުގެ ކަންބޮޑުވުން އެބަ އޮތް ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން އެންމެ ފަހުން ރާއްޖެއަށް ދިން ޑޯނިއާ މަތިންދާބޯޓް ދިނުމަށް ވެފައިވާ އެއްބަސްވުމާ އެ ބޯޓް އޮޕަރޭޓްކުރުމާއި މަރާމާތުކުރުމުގެ ކަންތައްތަކަށް އިންޑިއާ ސިފައިންގެ އެތައް ބަޔަކު ރާއްޖޭގައި ތިބޭ އިރު އެ އެއްބަސްވުމުގައި އޮތީ ކޮން ކަމެއްކަން ސަރުކާރުން ހާމަކޮށްފައި ނުވާ ކަމަށް ޝިޔާމް ހުށަހެޅުއްވި މައްސަލައިގައި ވެއެވެ. ކުއްލި މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވާފައިވާ އެހެން ކަންތައްތަކުގެ ތެރޭގައި އައްޑޫގައި އިންޑިއާގެ އެހީގައި ގާއިމްކުރާ ޕޮލިސް އެކަޑަމީގެ މައްސަލަ ހިމެނެއެވެ.

ބުދަ ދުވަހުގެ ޖަލްސާގައި މި ކުއްލި މައްސަލައާއި ބަލައިނުގަންނަކަން ހާމަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމާއި އަދި ދޭދޭ ގައުމުތަކާއި އެކުގައި ދިވެހިން ބާއްވަންޖެހޭ ގުޅުމާއި، މިކަންކަމަކީ ސީދާ ރައީސުލްޖުމްހޫރިއްޔާ ކޮމާންޑަރ އިން ޗީފްގެ ގޮތުގައި އަދާކުރައްވަންޖެހޭ މަސްއޫލިއްޔަތުތަކެއް ކަމަށެވެ. އަދި ރައްޔިތުން ބުރައެއް އުފުލަންޖެހޭ އެގްރިމެންޓެއް ދިވެހި ދައުލަތުން ކުރާނަމަ އެއެގްރިމެންޓެއް ކުރެވުނީ މަޖިލީހުން ހުއްދަދީގެން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެއާއެކު ޝިޔާމް ވަނީ ނިޒާމީ މައްސަލަ ނަންގަވައި މިއީ ޑިމޮކްރަސީގައި ފަހަތަށް އެޅި ފިޔަވަޅެއް ކަމަށް ވިދާޅުވެ އެކަމާއި ހިތާމަކުރައްވާކަމަށް ވިދާޅުވެފައެވެ. އަދި މި ސަރުކާރު ދެމިއޮތްހާ ހިނދަކު މަޖިލީސް ތަޅުލާފައި ބެހެއްޓުމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމްގެ އިތުރުން ކާށިދޫ ދާއިރާގެ މެމްބަރ އަބްދުﷲ ޖާބިރު ވެސް ވަނީ އެމައްސަލަ ބަލައިނުގަންނަވަނީ މަޖިލީހުގެ ގަވާއިދުގެ ކޮން މާއްދާއަކަށް ބައްލަވާފައިތޯ އައްސަވާފައެވެ. އެކަން ސާފުކޮށްދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ގަވާއިދު ބަލައިފިނަމަ ހުރިހާ މާއްދާއަކުންވެސް ޖާގަ ލިބޭގޮތަށް އެބައޮތް ކަމަށެވެ.

ރައީސް ނަޝީދު ވަނީ މީގެކުރިންވެސް އިންޑިޔާއިން ގެނައި ޑޯނިއަރ ބޯޓުގެ މައްސަލައިގައި އިދިކޮޅުން ފާޑުކިޔަން ފެށުމުން އެެއީ ރައީސް ޔާމީންގެ ވެރިކަމުގައި އިންޑިޔާއާއެކު ވެފައިވާ އެއްބަސްވުމެއްގެ ތެރެއިން ހިނގާ ކަމެއްކަމަށް ވިދާޅުވެފައެވެ.

އިތުރަށް ކިޔާލަން

29 ޖެނުއަރީ 2017

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
26 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް

26 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް
24 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު