Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޓްރަމްޕް - ކޮވިޑަށް ޕޮޒިޓިވްވުން

ބަހުސްގެ ދެވަނަ މަރުޙަލާ ކުރިއަށް ގެންދަންވާނީ ޓްރަމްޕް ބަލިން ރަނގަޅުވުމުން: ބައިޑެން

ބަހުސް މިހާރު ޝެޑިއުލް ކުރެވިފައި އޮތީ މިހިނގާ އޮކްޓޯބަރ މަހުގެ 15 ވަނަ ދުވަހަށް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 7 އޮކްޓޯބަރު 2020 | ބުދަ 07:29
އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ޓްރަމްޕާ ވާދާ ކުރައްވާ އިދިކޮޅު ކެނޑިޑޭޓް  ޖޯ ބައިޑެން

އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ޓްރަމްޕާ ވާދާ ކުރައްވާ އިދިކޮޅު ކެނޑިޑޭޓް ޖޯ ބައިޑެން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކޮވިޑަށް ޕޮޒިޓިވްވުމާއެކު، ބަލިން މުޅިން ރަނގަޅު ނުވަނީސް ހޮސްޕިޓަލުން ނުކުމެވަޑައިގެންނެވި ނަމަވެސް، ޓްރަމްޕް ބަލިން ފަސޭހަވެވަޑައިނުގަންނަވަނީސް ރިޔާސީ ބަހުސްގެ ދެވަނަ މަރުޙަލާގައި ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށް އިދިކޮޅު ކެނޑިޑޭޓް ޖޯ ބައިޑެން ވިދާޅުވެއްޖެއެވެ.

ޓްރަމްޕް ވަނީ އެމެރިކާގެ މިލިޓަރީ ހޮސްޕިޓަލެއްގައި ފަރުވާ ހޯއްދެވުމަށް ފަހު ވައިޓް ހައުސްއަށް ވަޑައިގެން ބަލިން މުޅިން ރަނގަޅު ނުވަނީސް، މާސްކު ނަންގަވާ ފޮޓޯ އަދި ވީޑިއޯއެއް ނަންގަވާފައެވެ. އެކަމަށް ގިނަ ބަޔަކު ދަނީ ފާޑު ވެސް ކިޔަމުންނެވެ.

ރިޔާސީ ބަހުސްގެ ދެވަނަ މަރުޙަލާ ކުރިއަށް ގެންދިއުމަށް މިހާރު ޝެޑިއުލް ކުރެވިފައި އޮތީ މި ހިނގާ އޮކްޓޯބަރ މަހުގެ 15 ވަނަ ދުވަހަށެވެ.

އެކަމާ ގުޅިގެން ބައިޑެން ވިދާޅުވީ، ޓީވީން ދުރަށް ދައްކާ މި ބަހުސް ކުރިއަށް ގެންދަވަން ވާނީ ޓްރަމްޕް ބަލިން މުޅިން ރަނގަޅުވުމުން ކަމަށެވެ. އަދި މިއީ ސީރިއަސް މައްސަލައެއް ކަމަށާއި، އެމެރިކާގައި މިހާރުވެސް ގިނަ ބަޔަކަށް ބަލި ޖެހެމުންދާއިރު، ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރަން ޖެހޭ ކަމަށް ބައިޑެން ވިދާޅުވިއެވެ.

އެކަމަށް ރައްދު ދެއްވަމުން ވައިޓްހައުސްގެ އޮފިޝަލަކު ބީބީސީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ބައިޑެން އެހެން ވިދާޅުވީ ބަހުސްގެ ފުރަތަމަ މަރުޙަލާގައި ރަނގަޅު ވާހަކަތަކެއް ދެއްކެވިފައި ނުވާތީ ދެވަނަ ބަހުސަކަށް ވަޑައިގަންނަވަން ޖެހިލުންވެވަޑައިގަންނަވާތީ ކަމަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހުއެވެ. އެހެން ނަމަވެސް ޓްރަމްޕަށް ބަލި ޖެހުނީ ސީދާ ކޮން ދުވަހަކުކަން ނުވަތަ ބަލީގެ އަލާމާތްތައް އެންމެ ފުރަތަމަ ފެންނަން ފެށީ ސީދާ ކޮން އިރަކުކަން ސާފު ނުވާ ކަމަށް ބީބީސީގައި ރިޕޯޓް ކޮށްފައިވެއެވެ.

އެމެރިކާގެ ސިއްޙީ ގައިޑްލައިންތަކުގައި ވާގޮތުން އެންމެ ފުރަތަމަ ބަލީގެ އަލާމަތްތައް ފެންނަން ފަށާތާ މަދުވެގެން 10 ދުވަސް ވަންދެން ޓްރަމްޕް އައިސޮލޭޝަންގައި ހުންނަވަން ޖެހޭނެއެވެ. އެހެން ނަމަވެސް ޓްރަމްޕް މިހާރު ގެންދަވަނީ އޭނާ އަކީ ބައްޔަށް އިމިއުން މީހެއް ކަމަށް ދޭހަވާ ގޮތަށް ވެސް ވާހަަކަފުޅު ދައްކަވަމުންނެވެ.

އިތުރަށް ކިޔާލަން

18 ސެޕްޓެމްބަރު 2017

ލަންޑަންގެ ރޭލް ހަމަލާއާ ގުޅިގެން ހައްޔަރު ކުރި ދެވަނަ މީހާ ހައްޔަރުކޮށްފި

18 ސެޕްޓެމްބަރު 2017
ލަންޑަންގެ ރޭލް ހަމަލާއާ ގުޅިގެން ހައްޔަރު ކުރި ދެވަނަ މީހާ ހައްޔަރުކޮށްފި
14 ސެޕްޓެމްބަރު 2017

އެމެރިކާގެ ސެނެޓުން ބޭނުންވަނީ އިރާޤާއި އަފްގާނިސްތާނުގައި ހުއްޓުމެއްނެތް ހަނގުރާމަ ކުރިއަށްގެންދިއުމަށް

14 ސެޕްޓެމްބަރު 2017
އެމެރިކާގެ ސެނެޓުން ބޭނުންވަނީ އިރާޤާއި އަފްގާނިސްތާނުގައި ހުއްޓުމެއްނެތް ހަނގުރާމަ ކުރިއަށްގެންދިއުމަށް
19 ޖުލައި 2017

ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު ގެއްލުނު ދެމަފިރިއަކު ގަނޑުވެފައި ތިއްބައި ފެނިއްޖެ

19 ޖުލައި 2017
ދެވަނަ ބޮޑުހަނގުރާމައިގެ  ދުވަސްވަރު ގެއްލުނު ދެމަފިރިއަކު ގަނޑުވެފައި ތިއްބައި ފެނިއްޖެ
19 ޖުލައި 2017

އާ ގާނޫނު އަސާސީ އެކުލަވާލާ މަޖިލިސް ހޮވުން ކުރިއަށް ދާނެ: ވެނެޒުވޭލާ ސަރުކާރު

19 ޖުލައި 2017
އާ ގާނޫނު އަސާސީ އެކުލަވާލާ މަޖިލިސް ހޮވުން ކުރިއަށް ދާނެ: ވެނެޒުވޭލާ ސަރުކާރު
09 ޖުލައި 2017

ޖަރުމަނުގެ ހެމްބާގްގައި ޖީ20 ސަމިޓް ނިމުނަސް މުޒާހަރާ އަދިވެސް ދަނީ ކުރިއަށް ކަމަށް ރިޕޯޓުތައް ބުނެފި

09 ޖުލައި 2017
ޖަރުމަނުގެ ހެމްބާގްގައި ޖީ20 ސަމިޓް ނިމުނަސް މުޒާހަރާ އަދިވެސް ދަނީ ކުރިއަށް ކަމަށް ރިޕޯޓުތައް ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު