Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޗައިނާ ފްރީ ޓްރޭޑް އެގްރިމެންޓް

ޗައިނާ ފްރީ ޓްރޭޑް އެގްރިމެންޓުން މަސްވެރިންނަށް ފައިދާއެއް ނުވޭ: ފިނޭންސް މިނިސްޓަރ

މިހާތަނަށް ބެލިބެލުމުގައި މަސްވެރިންނަށް މިއެފްޓީއޭގެ ދަށުން މާބޮޑު ފައިދާއެއް ނުވާކަން ފާހަގަވާ ކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 7 އޮކްޓޯބަރު 2020 | ބުދަ 07:23
ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު

ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު

ޗައިނާ އާއި ރާއްޖެއާ ދެމެދު ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ސޮއިކޮށްފައިވާ ފްރީ ޓްރޭޑް އެގްރިމަންޓުން މިހާތަނަށް ބެލިބެލުމުން މަސްވެރިންނަށް މާބޮޑު ފައިދާއެއް ނުވާކަމަށް ފާހަގަވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާގައި ކާށިދޫ ދާއިރާގެ މެމްބަރ އަބްދުﷲ ޖާބިރު ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރާއި ސުވާލު ކުރައްވަމުން ދިވެހި ސަރުކާރާއި ޗައިނާ އާ ދެމެދު ހަދާފައިވާ ފްރީ ޓްރޭޑް އެގްރިމެންޓްގެ ދަށުން ދިވެހި މަސްވެރިންނަށް ލިބެން ޖެހޭ މަންފާތައް ހިފަހައްޓާފައިވާ ކަމަށް ވިދާޅުވިއެވެ. އެއަަށް ޖަވާބު ދެއްވަމުން ފިނޭންސް މިނިސްޓަރ ވިދާޅުވީ މިވަގުތު ހިނގަމުންދާ ފްރީ ޓްރޭޑް އެގްރިމެންޓެއް އޮތް ކަމަށް އެމަނިކުފާނު ދެކެވަޑައިނުގަންނަވާ ކަމަށެވެ.

Advertisement - newsAdvertisement

އެއީ މިހާރު ފްރީ ޓްރޭޑް އެގްރިމެންޓެއްގައި ސޮއިކޮށްފައި އޮތަސް އެއަށް އަމަލު ކުރަމުން ދާނީ އެކަމާއި ގުޅޭ ޤާނޫނުތައް ރައްޔިތުންގެ މަޖިލީހުން ހަދައިގެން ކަމަށްވާތީ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

މިނިިސްޓަރުގެ ޖަވާބުތަކާ ގުޅިގެން މެމްބަރު ޖާބިރު ވަނީ ތަކުރާރުކޮށް ޗައިނާއާ އެކު ހަދާފައި އޮތް އެއްބަސްވުން ބާތިލު ވީތޯއާ މެދު ސުވާލު އުފައްދަވާފައެވެ، އެކަމާ ގުޅިގެން މިނިސްޓަރު އަމީރު ވިދާޅުވީ ކުރީ ސަރުކާރުން ހަދާފައިވާ އެއްވެސް އެއްބަސްވުމެއް މި ސަރުކާރުން އުވާލާފައި ނުވާ ކަމަށެވެ. އެހެންނަމަވެސް ކުރީ ސަރުކާރުން ގޯސްކޮށްކޮށްފައިވާ ކަންކަން އިސްލާހުކޮށްގެން ކުރިޔަށް ގެންދިޔުމަކީ ސަރުކާރުގެ ސިޔާސަތެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޗައިނާ އާއި ރާއްޖެ އާ ދެެމުދެ ވެފައިވާ އެއްބަސްވުން މިހާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ޖަލްސާގައި ވިދާޅުވެފައެވެ. އަދި އެގޮތަށް ވިދާޅުވަނީ އެގްރިމަންޓްގެ އަރޓިކަލް ނަންބަރު 165 ގައި އެގްރިމަންޓް އުފެދޭތާ 30 ދުވަހުގެ ތެރޭގައި ދެ ފަރާތުން އެތެރޭގައި ހުރި އެގްރިމެންޓްތަކާއި ޤާނޫނުތައް ނިންމައި އެ ޤާނޫނުތަކުގެ މައުލޫމާތު ދެ ފަރާތުގެ ދެމެދުގައި ބަދަލުވާން ޖެހޭ ކަމަށް އޮންނައިރު އެކަން އެގޮތަށް ހިނގާފައިނުވާތީ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެގްރިމަންޓަކަށް ބަދަލު ވެގެންދަނީ އެ މައުލޫމާތުތައް ބަދަލު ކުރުމަށްފަހު ކަމަށް ނަޝީދު ވިދާޅުވިއެވެ.

ޗައިނާ އާއި ރާއްޖެއާ ދެމެދު ސޮއިކޮށްފައިވާ ފްރީ ޓްރޭޑް އެގްރިމަންޓާ އެމްޑީޕީއިން އަބަދުވެސް އަންނަނީ ދެކޮޅު ހަދަމުންނެވެ. އެމްޑީޕީން ބުނަމުން އަންނަނީ އެ އެގްރިމަންޓްގައި ސޮއިކުރީ އަވަސް އަރުވާލައިގެން ބަލަންޖެހޭ ވަރަށް ކަންކަން ނުބަލާ ކަމަށެވެ. އަދި ދެ ގައުމުގެ ބެލެންސް އޮފް ޕޭމަންޓްގައި ބޮޑު ތަފާތެއް ހުރުމުން އޭގެ ގެއްލުން ރާއްޖޭގެ ވިޔަފާރިތަކަށް ވުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް އެމްޑީޕީން ބުނެއެވެ.

އިތުރަށް ކިޔާލަން

22 މާރިޗު 2017

ގާސިމްގެ ވިލާ ކުންފުނީގެ އެކައުންޓްތައް ފްރީޒްކޮށްފި

22 މާރިޗު 2017
ގާސިމްގެ ވިލާ ކުންފުނީގެ އެކައުންޓްތައް ފްރީޒްކޮށްފި
22 މާރިޗު 2017

ޖާބިރުގެ ޔޮޓް ޓުއާސްގެ އެކައުންޓްތައް ފްރީޒް ކޮށްފި

22 މާރިޗު 2017
ޖާބިރުގެ ޔޮޓް ޓުއާސްގެ އެކައުންޓްތައް ފްރީޒް ކޮށްފި
14 މާރިޗު 2017

ޗައިނާގެ އިންވެސްޓަރުންތަކަކަށް ބިރު ދެއްކުމުން ފުލުހުންގެ ހިމާޔަތް ހޯދައިފި

14 މާރިޗު 2017
ޗައިނާގެ އިންވެސްޓަރުންތަކަކަށް ބިރު ދެއްކުމުން ފުލުހުންގެ ހިމާޔަތް ހޯދައިފި
26 ފެބުރުއަރީ 2017

އެމްއެސްސީ އާއި ފެއާ ޓްރޭޑް ސެޓްފިކެޓް ލިބުނު ދުނިޔޭގެ ފުރަތަމަ ކުންފުންޏަށް މާންދޫ ވެއްޖެ

26 ފެބުރުއަރީ 2017
އެމްއެސްސީ އާއި ފެއާ ޓްރޭޑް ސެޓްފިކެޓް ލިބުނު ދުނިޔޭގެ ފުރަތަމަ ކުންފުންޏަށް މާންދޫ ވެއްޖެ
25 ފެބުރުއަރީ 2017

ފްރީހޯލްޑް އުސޫލުންކަމަށް ބުނެ ގަންނަ ފަރާތަށް ބިން މިލްކުކޮށްދެނީ: ހުސްނުއް ސުއޫދު

25 ފެބުރުއަރީ 2017
ފްރީހޯލްޑް އުސޫލުންކަމަށް ބުނެ ގަންނަ ފަރާތަށް ބިން މިލްކުކޮށްދެނީ: ހުސްނުއް ސުއޫދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު