Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދަރަނި ދެއްކުން މަޑުޖައްސާލުމަށް ޝާހިދު ގޮވާލުން

ދަރަނި ދެއްކުން މަޑުޖައްސާލުމަށް ޖީ-20 އިން ނިންމާފައިވާ މުއްދަތު އިތުރު ކުރުމަށް ޝާހިދު ގޮވާލައްވައިފި

6 އޮކްޓޯބަރު 2020 | އަންގާރަ 07:42

ހުރިހާ ގައުމަކަށް އެއްވަރަކަށް ގެއްލުން ލިބުނޭ ދެންނެވޭކަށް ނެތް ކަމަށް މިނިސްޓަރު ވިދާޅުވި

އަލީ ސަމާޚް
އަލީ ސަމާޚް | 6 އޮކްޓޯބަރު 2020 | އަންގާރަ 07:42
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު

ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތައް ކަމަށްވާ ޖީ-20 ގައުމުތަކުން ކުދި އަދި ކުރިއަރަމުން އަންނަ އިގްތިސާދުތަކުން އެ ގައުމުތަކަށް ދައްކަން ޖެހޭ ދަރަނި ދެއްކުން މިއަހަރުގެ ނިޔަލަށް މަޑުޖައްސާލަން ނިންމާފައިވާ ނިންމުން މުރާޖައާ ކުރުމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ގޮވާލައްވައިފިއެވެ.

ނިމިދިޔަ ހަފްތާގައި އދގެ އައްމު މަޖިލީހުގެ 75 ވަނަ ސެޝަން ގައި ތަގުރީރު ކުރައްވަމުން މިނިސްޓަރ ޝާހިދު ވިދާޅުވީ، ކޮވިޑް-19 ގެ އަސަރު އެކި ގައުމުތަކަށް އެކި މިންވަރަށް ކުރުމާއި ޓެކްނޮލޮޖީގެ ރޮނގުން ގައުމުތަކުގެ މެދުގައިވާ ފަރަގު، ދަތުރުފަތުރު ހުއްޓުމަކަށް އައުމުން އިގްތިޞާދަށް ލިބުނު ގެއްލުންތަކަކީ، ދުނިޔޭގެ ނާރެހުން ކޮންމެ ދިމާލަކަށް ނަޒަރު ހިންގާލިޔަސް، މިއަދު ކުރިމަތިލާންޖެހިފައިވާ ހަގީގަތް ކަމަށާއި، ނަމަވެސް، މިއީ ހުރިހާ ގައުމަކަށް އެއްވަރަކަށް ލިބުނު ގެއްލުންތަކެކޭ ދެންނެވޭކަށް ނެތް ކަމަށެވެ.

Advertisement - newsAdvertisement

އަދި ޖީ-20 ގައުމުތަކުން އެގައުމުތަކަށް އެހެން ގައުމުތަކުން ދައްކަން ޖެހޭ ދަރަނި ނެގުން ވަގުތީ ގޮތުން ހުއްޓާލުމަށް ނިންމެވި ނިންމެވުމަށް ޝުކުރު އަދާކުރައްވަމުން ޝާހިދު ވިދާޅުވީ މިއަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހާ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ އެއް ވަނަ ދުވަހާ ހުރި ހަމައެކަނި ފަރަގަކީ ތާރީހު ކަމަށާއި، އިގްތިސާދީ ހާލަތަށް ބަދަލެއް ނާންނާނެ ކަމަށެވެ. އެހެންކަމުން ލޯނުތަކާ ދަރަނި ދެއްކުން އަންނަ އަހަރުގެ ނިޔަލަށް ފަސްކޮށްދެވުމަށް، ޝާހިދު ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކަށް ގޮވާލެއްވިއެވެ.

އިތުރަށް ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ ދަރަނި ދެއްކުން ވަގުތީ ގޮތުން ހުއްޓާލުމަކީ، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ކޮވިޑް-19 ގެ ސަބަބުން ލިބޭ ގެއްލުންތަކަށް ކުޑަ ކުރުމަށް ކުރެވޭ މަސައްކަތުގެ ކުޑަ މިންވަރެއް ކަމަށާއި، މިއަދު އެންމެ ބޮޑަށް ބޭނުންޖެހިފައި މިވަނީ ފަސޭހައިން ލިބޭ މާލީ އެހީތެރި ކަމަށް ކަމަށެވެ.

އަދި، ރާއްޖެ ފަދަ ޖަޒީރާތަކުގެ ނާޒުކު ކަމުގެ ސަބަބުން ދިމާވާ ގޮންޖެހުންތައް ފަސޭހަކަމާއެކު ދެނެގަނެވޭނެ ނިޒާމެއް ގާއިމު ކުރުމުން އެ މައްސަލަތަކަށް ހައްލުކުރުމަށް ބޭނުންވާ ހާއްސަ ފިޔަވަޅުތަކެއް ކަނޑައެޅިގެންދާނެ ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

ކުރިއަރަމުން އަންނަ އިގްތިސާދުތަކުން އެ ގައުމުތަކަށް ދައްކަން ޖެހޭ ދަރަނި ދެއްކުން މިއަހަރުގެ ނިޔަލަށް މަޑުޖައްސާލަން ނިންމާފައިވާ ނިންމުން މުރާޖައާ ކޮށްދެއްވުމަށް ޝާހިދު ވިދާޅުވެފައިވާއިރު، ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ވެސް ވަނީ ވަރަށް ބޮޑަށް އޭގެ އަސަރު ކޮށްފައެވެ. އިގްތިސާދީ ގޮތުން އަރައި ގަންނަން ބޭރުގެ ގައުމުތަކުގެ އެހީ ހޯއްދަވަން ޝާހިދު ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

08 ޖޫން 2017

ސްޓީލިންގ ޕެރަޑައިސް ދެއްކުން ހުއްޓުވުމަށް ސަރުކާރުން ޕީއާރު ކުންފުންޏެއް ކުއްޔަށް ހިފި

08 ޖޫން 2017
ސްޓީލިންގ ޕެރަޑައިސް ދެއްކުން ހުއްޓުވުމަށް ސަރުކާރުން ޕީއާރު ކުންފުންޏެއް ކުއްޔަށް ހިފި
20 އެޕްރީލު 2017

ރާއްޖެއިން ބޭރުގައި ނިންމާފައިވާ އާބިޓްރަލް އެވޯޑެއް ރާއްޖޭގައި ތަންފީޒް ކުރާނީ ސިވިލް ކޯޓުން: ހައިކޯޓް

20 އެޕްރީލު 2017
 ރާއްޖެއިން ބޭރުގައި ނިންމާފައިވާ އާބިޓްރަލް އެވޯޑެއް ރާއްޖޭގައި ތަންފީޒް ކުރާނީ ސިވިލް ކޯޓުން: ހައިކޯޓް
16 އެޕްރީލު 2017

ދައުލަތުގެ މުއައްސަސާތައް ބޭނުންކޮށްގެން ބިރުދެއްކުން ހުއްޓާލާ: މައުމޫން

16 އެޕްރީލު 2017
ދައުލަތުގެ މުއައްސަސާތައް ބޭނުންކޮށްގެން ބިރުދެއްކުން ހުއްޓާލާ: މައުމޫން
08 އެޕްރީލު 2017

އިދިކޮޅު ސިޔާސީ ފަރާތްތައް ބަންދުކޮށް ބިރު ދެއްކުން ހުއްޓާލުމަށް އެމެރިކާއިން އަންގައިފި

08 އެޕްރީލު 2017
އިދިކޮޅު ސިޔާސީ ފަރާތްތައް ބަންދުކޮށް ބިރު ދެއްކުން ހުއްޓާލުމަށް އެމެރިކާއިން އަންގައިފި
08 އެޕްރީލު 2017

އިދިކޮޅު ސިޔާސީ ލީޑަރުން ޖަލަށްލުމާއި ބިރުދެއްކުން ހުއްޓާލުމަށް އީޔޫއިން ގޮވާލައިފި

08 އެޕްރީލު 2017
އިދިކޮޅު ސިޔާސީ ލީޑަރުން ޖަލަށްލުމާއި ބިރުދެއްކުން ހުއްޓާލުމަށް އީޔޫއިން ގޮވާލައިފި
07 އެޕްރީލު 2017

ވާދަވެރި ސިޔާސީ ފަރާތްތަކަށް ބިރުދެއްކުން ހުއްޓާލުމަށް ޓްރާންސްޕޭރަންސީން ސަރުކާރަށް ގޮވާލައިފި

07 އެޕްރީލު 2017
ވާދަވެރި ސިޔާސީ ފަރާތްތަކަށް ބިރުދެއްކުން ހުއްޓާލުމަށް ޓްރާންސްޕޭރަންސީން ސަރުކާރަށް ގޮވާލައިފި
13 މާރިޗު 2017

ނޫސްވެރިންނަށާއި ސޯޝަލް މީޑިއާ އެކްޓިވިސްޓުންނަށް ބިރު ދެއްކުން ހުއްޓާލާ: އެމްޑީޕީ

13 މާރިޗު 2017
ނޫސްވެރިންނަށާއި ސޯޝަލް މީޑިއާ އެކްޓިވިސްޓުންނަށް ބިރު ދެއްކުން ހުއްޓާލާ: އެމްޑީޕީ
08 މާރިޗު 2017

ރާއްޖެ ޓީވީގެ ރައްދު: ބްރޯޑްކޮމްގެ ނިންމުން އިންސާފުން ބޭރު، އެއީ ބިރު ދެއްކުން!

08 މާރިޗު 2017
ރާއްޖެ ޓީވީގެ ރައްދު: ބްރޯޑްކޮމްގެ ނިންމުން އިންސާފުން ބޭރު، އެއީ ބިރު ދެއްކުން!
07 ފެބުރުއަރީ 2017

ގާނޫނުގެ ނަން ބޭނުންކޮށްގެން ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލާ: މަޚުލޫފް

07 ފެބުރުއަރީ 2017
ގާނޫނުގެ ނަން ބޭނުންކޮށްގެން ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލާ: މަޚުލޫފް
24 ޖެނުއަރީ 2017

އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ

24 ޖެނުއަރީ 2017
އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް