Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އެމެރިކާ

އިދިކޮޅު ސިޔާސީ ފަރާތްތައް ބަންދުކޮށް ބިރު ދެއްކުން ހުއްޓާލުމަށް އެމެރިކާއިން އަންގައިފި

އެމެރިކާ އެމްބަސީން ނެރުނު ބަޔާން ދިވެހިބަހުންވެސް ވަނީ ނެރެފައި

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 8 އެޕްރީލު 2017 | ހޮނިހިރު 23:25
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް: ރާއްޖޭގެ ހާލަތާމެދު ވަނީ ބަޔާނެއް ނެރެފައި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް: ރާއްޖޭގެ ހާލަތާމެދު ވަނީ ބަޔާނެއް ނެރެފައި

ބަންދު ކުރުމާއި ބިރުދެއްކުމުގެ ޢަމަލުތައް ހުއްޓާލާ އެކަމުން އެއްކިބާވުމަށް އެމެރިކާ ސަރުކާރުން ދިވެހި ސަރުކާރަށް ގޮވާލައިފިއެވެ.

އެމްެރިކާ ސަރުކާރުން މިހެން ބުނީ އަވައްޓެރި ސްރީލަންކާގެ ކޮލޮމްބޯގައި އެމެރިކާ އެމްބަސީން ރާއްޖޭގެ ސިޔާސީ ޙާލަތާމެދު ކަންބޮޑުވުން ފާޅުކޮށް ހޮނިހިރު ދުވަހު އިނގިރޭސިބަހުންނާއި ދިވެހިބަހުން ނެރުނު ބަޔާނެއްގައެވެ.

Advertisement - newsAdvertisement

އެބަޔާނުގައި ބުނެފައިވަނީ އިދިކޮޅު ފަރާތްތަކަށް މާނަވީ ގޮތެއްގައި ހަރަކާތްތެރިވިޔަ ދިނުމަކީ ހަރުދަނާ ޑިމޮކްރަސީއަކަށް ވަރަށް މުހިއްމު ކަމެއްކަން ޔޫރަޕްގެ އިއްތިހާދު، ކެނެޑާ، ނޯވޭ، ސްވިޒަރލޭންޑް އަދި އެމެރިކާގެ އެމްބަސީތަކުން ތަކުރާރުކޮށް ފާހަގަކުރާ ކަމަށެވެ.

އެއެމްބަސީން ބުނީ ބަންދު ކުރެވުމާއި ބިރުދެއްކުމުގެ ޢަމަލްތަކުން އެއްކިބާވެވި، މިިނިވަންކަމާއެކު ހަރަކާތްތައް ހިންގުމުގެ ޖާގަ އިދިކޮޅު ސިޔާސީ ފަރާތްތަކަށް އޮންނަން ޖެހޭ ކަމަށެވެ. އަދި އެއްވެ އުޅުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ހިމެނޭހެން އަސާސީ ޙައްޤުތަކަށް ސަރުކާރުން އިޙްތިރާމް ކުރުމަކީ ދިވެހިރާއްޖޭގެ ޑިމޮކްރަސީއަށް ކޮންމެހެން މުހިއްމު ކަމެއްކަމަށް އެބަޔާނުގައި ވަނީ ބުނެފައެވެ.

އެއެމްބަސީން ބުނެފައިވަނީ އެފަދަ މިނިވަންކަމަށް އިހްތިރާމް ކުރެވޭ މިންވަރު ކައިރިން ބަލަމުން ގެންދާނެ ކަމަށާއި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް މިފަދަ ޙައްޤުތަކަށް އިހްތިރާމް ކުރާ މިންވަރުވެސް ބަލަމުން ގެންދާނެ ކަމަށެވެ.

އެމެރިކާ އެމްބަސީން މިފަދަ ގޮތަކަށް ބަޔާން ނެރެފައި މިވަނީ ރައީސް މައުމޫނާއި ރައީސް ނަޝީދު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމާއި އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން ގުޅިގެން ރާއްޖެ އިސްލާހު ކުރުމުގެ މަސައްކަތް ފަށާފައިވަނިކޮށް ޤާސިމް އިބްރާހީމް ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކޮށްފައިވާ ދަނޑިވަޅެއްގައެވެ. އަދި އިދިކޮޅު ސިޔާސީ އިސްވެރިން ހައްޔަރުކުރާނެ ކަމުގެ ކުލަވަރުތައް ފެންނަމުންދާ ދުވަސްވަރެއްގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

24 ޖެނުއަރީ 2017
ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

23 ޖެނުއަރީ 2017
އޯޒޯނަށް ގެއްލުންދޭ ކެމިކަލް އެތެރެ ކުރެވޭ ފަރާތްތައް ގެޒެޓްގައި އިއުލާން ކުރަނީ

އޯޒޯނަށް ގެއްލުންދޭ ކެމިކަލް އެތެރެ ކުރެވޭ ފަރާތްތައް ގެޒެޓްގައި އިއުލާން ކުރަނީ

22 ޖެނުއަރީ 2017
ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު