Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސަރުކާރު ވައްޓާލަން އުޅޭކަމުގެ ވާހަކަތަކެއް

ޑރ ވަހީދު ބޭނުން ކޮށްގެން ޕީޕީއެމް އިން ބަޣާވާތެއް ގެންނަން އުޅޭ ކަމުގެ އިޝާރާތެއް

5 އޮކްޓޯބަރު 2020 | ހޯމަ 08:41

ކަންތައް ދިމާވީމާ ނުވަތަ ހާދިސާއެއް ހިނގީމާ ދެން ޕޮލިސް އިމިޔުނިޓީއޭ ނުވަތަ އެއީ ބަޣާވާތެކޭ ޑރ ވަހީދަކީ މިވެނި މީހެކޭ ދެއްކުމުގެ ފުރުސަތެއް ނޯންނާނެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 5 އޮކްޓޯބަރު 2020 | ހޯމަ 08:41
މަހިބަދޫ ދާއިރާގެ މެމްބަރ އަހުމަދު ތާރިގް

މަހިބަދޫ ދާއިރާގެ މެމްބަރ އަހުމަދު ތާރިގް

މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ގައުމުގެ މިސްރާބު މިހާރު މިގެންދަވާ ގޮތް ބަދަލުނުކޮށްފިނަމަ މިދައުރުގެ ތެރޭގައި ނުރައްކާތެރި ކަންތައްތަކެއް ފެންމަތިވެދާނެ ކަމަށާއި އެހެންކަމުން އެކަން ރައީސްގެ ސަމާލު ކަމަށް ގެންނަ ކަމަށް މަހިބަދޫ ދާއިރާގެ މެމްބަރ ޕީޕީއެމް މެމްބަރު އަހުމަދު ތާރިޤް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގައި ޤާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލްގެ ބަހުސް މަރުހަލާގައި ވާހަކަ ދައްކަވަމުން ތާރިގް ވިދާޅުވީ އެފަދަ ކަމެއް ދިމާވުމުން ދެން ވަކިކަމަކާއި މަތިކޮށް ވާހަކަ ދެއްކުމުގެ ފުރުސަތު ނޯންނާނެ ކަމަށެވެ.

Advertisement - newsAdvertisement

ތާރިގް މިމޭރުމުން ވާހަކަދައްކަވަން ފެއްޓުވުމުން ބިލެތްދޫ ދާއިރާގެ އެމްޑީޕީ މެމްބަރ އަހުމަދު ހަލީމު ވަނީ ހަގީގަތުގައި މިހާރު މިއިވެނީ ބިރު ވެރި ވާހަކަތަކެއް ކަމަށާއި ޕީޕީއެމުން ޑރ ވަހީދު ލައްވާ އަނެއް ބަޣާވާތް ރާވަމުން ދަނީ ކަމަށް ވިދާޅުވެފައެވެ.

ހަލީމު ނިޒާމީ މައްސަލަ ނަންގަވާ މިމޭރުމުން ވާހަކަ ދެއްކެވުމުން ތާރިގް ވާހަކަދައްކަވަމުން ވިދާޅުވީ ޕީޕީއެމްގެ ފަރާތުން ބަޣާވާތެއް ނުކުރާނެ ކަމަށެވެ. ޕީޕީއެމް އަކީ ޤާނޫނުތަކުގެ ތެރެއިން ކަންތައްތައް ކުރާނެ ޕާޓީއެއް ކަމަށާއި އޮތް ހަމައެކަނި ކަންބޮޑުވުމަކީ ޤައުމުގެ މިސްރާބު މިހާރު މިދަނީ ބޮޑު ގައުމެއްގެ އަތް ދަށަށް ކަމަށްވުމުން ކަމަށެވެ. އެހެންކަމުން އެ މިސްރާބު ބަދަލު ކުރުމަށް ރައީސަށް ގޮވާލާ ކަމަށް ތާރިގް ވިދާޅުވިއެވެ.

ތާރިގްގެ ވާހަކައިގައި ވަނީ އިންޑިޔާ އިން ރާއްޖޭގައި އެގައުމުން ބޭނުންވާ ގޮތަށް ކަންތައްތައް ކުރަމުންދާ ކަމަށް ވިދާޅުވެ ސީރިޔަސް ތުހުމަތުތަކެއް ކުރައްވާފައެވެ. އޭގެތެރޭގައި ޤައުމީ ސަލާމަތާއި ގުޅޭ ވާހަކަތައްވެސް ތާރިގް ވަނީ ދައްކަވާފައެވެ.

އަދި އެގޮތަށް ކަންތައް ހިނގާނަމަ ސިފައިންނާއި ރައީސް އާ ބައްދަލުވުންތަކެއް ހިނގާނެ ކަމަށް ތަކުރާރުކޮށް ތާރިގް ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ގިނަ ޕާޓީތައް އެކުލެވިގެން ބޭއްވި ރިޔާސީ އިންތިޚާބުން ވެރިކަމަށް ވަޑައިގެންނެވި ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ނިމުމަކަށް ގެނެސްފައިވަނީ ސިފައިންނާއި ފުލުހުން ގުޅިގެން ކުރިޔަށްގެންދިޔަ މުޒާހަރާތަކަށްފަހު އެވެ. އެއަށްފަހު ވެރިކަމަށް ވަޑައިގެންނެވީ ރައީސް ނަޝީދުގެ ނައިބު ރައީސަަކަށް ހުންނެވި ޑރ މުހައްމަދު ވަހީދު ހަސަން މަނިކެވެ. ޑރ ވަހީދު މިވަގުތު ހުންނެވީ ޕީޕީއެމްގެ އެޑްވައިޒަރުކަމުގެ މަގާމުގައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2017

2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު

14 ޖެނުއަރީ 2017
2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
12 ޖެނުއަރީ 2017

ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

12 ޖެނުއަރީ 2017
ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު
12 ޖެނުއަރީ 2017

އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު

12 ޖެނުއަރީ 2017
އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު
12 ޖެނުއަރީ 2017

އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި

12 ޖެނުއަރީ 2017
އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
06 ޖެނުއަރީ 2017

ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް

06 ޖެނުއަރީ 2017
ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް