Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބްރޯޑްކާސްޓް އަދި ރީބްރޯޑްކާސްޓިންގ އަށް ހުޅުވާލުނ

ބްރޯޑްކާސްޓް އަދި ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސަށް އެދެމަށް ހުޅުވާލައިފި

4 އޮކްޓޯބަރު 2020 | އާދީއްތަ 14:32

ލައިސަންސް ދޫކުރުމަށް ހަމަޖެހިފައިވަނީ ފަސް އަހަރުގެ މުއްދަތަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 4 އޮކްޓޯބަރު 2020 | އާދީއްތަ 14:32
ބްރޯޑްކޮމްއިން ކުރިޔަށް ގެންދިޔަ ބައްދަލުވުމެއްގެ ތެރެއިން

ބްރޯޑްކޮމްއިން ކުރިޔަށް ގެންދިޔަ ބައްދަލުވުމެއްގެ ތެރެއިން

މުޅި ރާއްޖެއަށް ބްރޯޑްކާސްޓް ކުރުމާއި ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސަށް އެދި ހުށަހެޅުމުގެ ފުރުސަތު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް) އިން ހުޅުވާލައިފިއެވެ.

ބްރޯޑްކާސްޓިންގ ދުވަސް ފާހަގަކުރުމުގެ ގޮތުން ބްރޯޑްކޮމްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ ވިދާޅުވީ ބްރޯޑްކާސްޓް ކުރުމާއި ރީބްރޯޑްކާސްޓްކުރުމަށް ހުޅުވާލަނީ ކޮންއިރަކުންތޯ އެއީ ގިނަ ބަޔަކު ކޮމިޝަނަށް އަމާޒުކޮށް ކުރަމުން އަންނަ ސުވާލެއް ކަމަށެވެ. އެއާއެކު އެފުރުސަތު ހުޅުވާލާފައިވާއިރު ލައިސަންސަށް އެދި ހުށަހެޅުމުގެ ފުރުޞަތު 5 އަހަރުގެ މުއްދަތަށް ވަނީ ހުޅުވާލާފައެވެ.

Advertisement - newsAdvertisement

ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސަށާއި ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް ދޫކުރުމަށް ބްރޯޑްކޮމްއިން ނިންމާފައިވާ މީޑިޔަމްތަކަކީ ޓެރެސްޓްރިއަލް، ކޭބަލް ނެޓްވާރކް، ސެޓެލައިޓް، މޯބައިލް ނެޓްވާރކް، އިންޓަރނެޓް އަދި ކޮމިޝަނުން ފާސްކޮށްފައިވާ އެހެން މީޑިޔަމްތަކެވެ.

ބްރޯޑްކޮމް އިން ބުނީ ލައިސަންސަށް އެދި ހުށަހަޅާ ފޯރމް ކޮމިޝަނުގެ ވެބްސައިޓް www.broadcom.org.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މި ފޯމު ކޮމިޝަނުގެ ރިސެޕްޝަންއިން ލިބެން ހުންނާނެ ކަމަށްވެސް ބްރޯޑްކޮމްއިން ބުނެއެވެ. މީގެއިތުރުން މީގެކުރިން ކޮމިޝަނުން ދޫކޮށްފައިވާ ދެ ލައިސަންސް އައު ފޯމެޓަށް ބަދަލުކުރުމަށް އެދި ހުށަހެޅުމުގެ ފަހު ތާރީޚަކީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ 3 ވަނަ ދުވަހުއެވެ. އަދި މިމުއްދަތުގައި އައު ފޯމެޓަށް ލައިސަންސް ބަދަލުކުރަން އެއްވެސް ހަރަދެއް ކުރަން ނުޖެހޭނެ ކަމަށް ބްރޯޑްކޮމް އިން ބުނެއެވެ.

ކޮމިޝަން އުފެދުނީއްސުރެ މިހާތަނަށް 39 ފަރާތަކަށް ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް ދީފައިވެއެވެ. އެއީ 11 ރޭޑިޔޯ ޗެނަލް، 28 ޓީވީ ޗެނަލެވެ. މީގެއިތުރުން ރީބްރޯޑްކާސްޓް ކުރުުމުގެ ޚިދުމަތްދޭ 121 ބަޔަކު އުޅޭއިރު މީގެތެރޭގައި މުޅި ރާއްޖޭގައި ރީބްރޯޑްކާސްޓްކުރުުމުގެ ޚިދުމަތްދިނުމަށް 5 ފަރާތަކަށް ވަނީ ލައިސަންސް ދީފައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި މަރިޔަމް ވަހީދާ ވިދާޅުވީ ބްރޯޑްކާސްޓިންގ ދާއިރާ ތަރައްޤީކުރުމަށް ކޮމިޝަނުން އެކިފަރާތްތަކާއެކު މަސައްކަތްކުރަމުންދާ ކަމަށެވެ. އެގޮތުން ދާއިރާގެ މީހުން ތަމްރީން ކުރުމުގެ އެކިއެކި ފުރުސަތުތައް ހޯދުމަށް ކަމާގުޅޭ ދާއިރާތަކާއި މަޝްވަރާކުރަމުންދާ ކަމަށް މަރިޔަމް ވަހީދާ ވިދާޅުވިއެވެ. އަދި ކުރިޔަށް އޮތްތަނުގައި މީޑިޔާގައި މަސައްކަތްކުރާ މީހުން މިދާއިރާއިން އިތުރު ތަމްރީން ހޯދުމަށް ސްކޯލަރޝިޕްތައް ލިބިގެންދާނެ ކަމަށް މަރިޔަމް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

ގދ. އަތޮޅުގެ 27 ރަށެއް ވަރުވާއަށް ދޫކުރުމަށް ފިޝަރީސް މިނިސްޓްރީން ހުޅުވާލައިފި

09 ފެބުރުއަރީ 2017
ގދ. އަތޮޅުގެ 27 ރަށެއް ވަރުވާއަށް ދޫކުރުމަށް ފިޝަރީސް މިނިސްޓްރީން ހުޅުވާލައިފި
03 ފެބުރުއަރީ 2017

އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

03 ފެބުރުއަރީ 2017
އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
31 ޖެނުއަރީ 2017

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

31 ޖެނުއަރީ 2017
ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި
27 ޖެނުއަރީ 2017

ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި

27 ޖެނުއަރީ 2017
ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި
23 ޖެނުއަރީ 2017

ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

23 ޖެނުއަރީ 2017
ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
20 ޖެނުއަރީ 2017

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017
 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި
16 ޖެނުއަރީ 2017

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
14 ޖެނުއަރީ 2017

އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި

14 ޖެނުއަރީ 2017
އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް