Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެސީއަށް ކޫމަން ތާރީފުކުރުން

މެސީ އަކީ ބާސާއަށް ނަމޫނާ ކެޕްޓަނެއް: ކޫމަން

4 އޮކްޓޯބަރު 2020 | އާދީއްތަ 08:36

މީގެ ކުރިން މެސީ ވަނީ މި ޓްރާންސްފާ ބާޒާރުގައި ކުލަބު ދޫކޮށްލަން ބޭނުންވާކަން މެނޭޖުމަންޓަށް އަންގާފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 4 އޮކްޓޯބަރު 2020 | އާދީއްތަ 08:36
ސެލްޓާ އަތުން ބާސާ މޮޅުވި މެޗުގެ ތެރެއިން އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ

ސެލްޓާ އަތުން ބާސާ މޮޅުވި މެޗުގެ ތެރެއިން އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ

ލިއޮނެލް މެސީ އަކީ ބާސެލޯނާއަށް ނަމޫނާ ކެޕްޓަނެއް ކަމަށް އެ ޓީމުގެ ކޯޗު ނެދަލެންޑްސްގެ ރޮނާލްޑް ކޫމަން ބުނެފިއެވެ.

މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި މެސީ ވަނީ ބާސާ ދޫކޮށްލަން ނިންމައި، އެކަން އެ ކުލަބުގެ މެނޭޖުމަންޓަށް އަންގާފައެވެ. ބާސާއާއެކު މެސީ ހަދާފައިވާ އެއްބަސްވުން އަންނަ އަހަރުގެ ހޫނު މޫސުމުގައި ހަމަވަން އޮތްއިރު، މިހާރު އޮތް ގޮތުންނަމަ މި ޓްރާންސްފާ ބާޒާރުގައި މެސީ ގެންދަން ބޭނުންވާ ކުލަބަކުން، އެއްބަސްވުން އުވާލަން 700 މިލިޔަން ޔޫރޯ ދައްކަން ޖެހޭނެއެވެ. އެހެންކަމުން މެސީ ވަނީ އެއްބަސްވުން ބަދަލުކޮށް، މި ޓްރާންސްފާ ބާޒާރުގައި ހިލޭ އެ ކުލަބު ދޫކޮށް ދިޔުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމަށް އެދެފައެވެ.

އެކަމަކު މެސީގެ އެއްބަސްވުމަށް ލުއި ދިނުމަށް ބާސާގެ މެނޭޖުމަންޓުން އެއްބަސްނުވުމާ ގުޅިގެން، މެސީ ވަނީ އޭނާގެ ނިންމުން ބަދަލުކޮށް މި ސީޒަނުގައި ބާސާގައި މަޑުކުރުމަށް ނިންމާފައެވެ.

މެސީ މީގެ ކުރިން ވަނީ ފާޅުކަން ބޮޑު ގޮތެއްގައި ބާސާގެ ރައީސް ޖޯސެފް މާރިއާ ބާޓޮމެއޫގެ މެނޭޖުމަންޓަށް ފާޑުކީ ނަމަވެސް، ދާދި ފަހުން މެސީ ވަނީ ބާސާ ދޫކޮށްލަން ކުރި މަސައްކަތުގެ ތެރޭގައި ގޯހެއް ހެދިފައިވާނަމަ އެކަމަކަށް ކުލަބު އެންމެންގެ ކިބައިން މާފަށް އެދި، ބާސާއާއެކު ސުލްޙަވެފައެވެ.

ސްޕެނިޝް ލީގުގައި އާދީއްތަ ދުވަހުގެރޭ ސެވިއްޔާއާ ދެކޮޅަށް ބާސާ ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ކޫމަން ބުނީ ޓްރާންސްފާގެ މައްސަލަ ނިމި ފުރަތަމަ ދުވަހުން ފަށައިގެން ޓީމަށާއި ޓީމުގެ ހުރިހާ ކުޅުންތެރިންނަށްވެސް މެސީ އެންމެ ފުރިހަމައަށް އެއްބާރުލުން ދެމުން އަންނަ ކަމަށެވެ. އަދި އެކަން ދަނޑުމަތީގައިވެސް އޭނާ ސާބިތުކޮށްދެމުން އަންނަ ކަމަށާއި، މިހާތަނަށް މެސީއާ މެދު އެއްވެސް ޝަކުވާއެއްވެސް ނެތް ކަމަށްވެސް ކޫމަން ވަނީ ބުނެފައެވެ.

ލީގުގައި ބާސާއިން އެންމެ ފަހުން ކުޅުނު މެޗުގައި ރަށުން ބޭރުގައި ސެލްޓާ އަތުން 3-0 ން މޮޅުވިއިރު، އެ މެޗުގައި މެސީ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. ކޫމަން ބުނީ އެ މެޗުގައި ކެޕްޓަނެއްގެ ދައުރު މެސީ އެންމެ ފުރިހަމައަށް އަދާކުރި ކަމަށާއި، އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނުއިރު މުޅި ޓީމަށް އެހީވުމަށް މެސީ ކުރި މަސައްކަތް ފާހަގަކުރާ ކަމަށެވެ. އަދި އޭނާއަށް އަބަދުވެސް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިއަކީ މެސީ ކަމަށާއި، މެސީ އަކީ އެހެން ކެޕްޓަނުންނަށް ނަމޫނާއެއް ކަމަށްވެސް ކޫމަން ވަނީ ބުނެފައެވެ.

މީގެ ކުރިން ސްޕެއިނުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި މެސީ ވަނީ އޭނާއާ ބެހޭގޮތުން މީޑިއާގައި ދެކެވޭ އެކި ވާހަކަތަކަށް ނިމުމެން ގެންނަން ބޭނުންވާ ކަމަށް ބުނެފައެވެ. އެގޮތުން އޭނާއަށް ކުށެއް ކުރެވިފައިވާނަމަ އޭގެ ފުރިހަމަ ޒިންމާ ނަގާ ކަމަށާއި، ގޯހެއް ހެދިފައިވާނަމަ އެކަމަށް މާފަށްވެސް އެދޭ ކަމަށްވެސް ބުންޏެވެ. އަދި މެސީ ވަނީ އޭނާގެ ކޮންމެ ނިންމުމެއް ވެސް އަންނާނީ ބާސާއަށް ރަނގަޅަކަށް ކަމަށް ބުނެފައެވެ.

އެއްބަސްވުމާ އެއްގޮތަށް މި ސީޒނުގައި ބާސާގައި މަޑުކުރަން މެސީ ނިންމާފައިވީ ނަމަވެސް، އުމުރުން މިހާރު 33 އަހަރުގެ މެސީގެ އެއްބަސްވުން ހަމަވުމާއެކު، އަންނަ ސީޒަން ނިމުމުން އޭނާ ހިލޭ ޓްރާންސްފާއެއްގެ ދަށުން ކުލަބު ދޫކޮށްލާނެ ކަމަށް ބެލެވެއެވެ.

ބާސާގެ ސީނިއާ ޓީމުން 2004 ވަނަ އަހަރު ކެރިއަރު ފެށި މެސީއަކީ ބާސާގެ ތާރީޚުގައި އެޓީމަށް އެންމެ ގިނަ ލަނޑު ޖަހާދީފައިވާ ކުޅުންތެރިޔާއެވެ. އެގޮތުން މިހާތަނަށް 634 ލަނޑު މެސީ ކާމިޔާބުކޮށްފައިވާއިރު، އޭނާ ވަނީ ބާސާއާއެކު ސްޕެނިޝް ލީގު 10 ފަހަރު ހޯދާފައެވެ. އަދި ޗެމްޕިއަންސް ލީގު ހަތަރު ފަހަރު ހޯދާފައި ވާއިރު، މެސީ ވަނީ މިހާތަނަށް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށްދޭ ބަލޮންޑޯ އެވޯޑް ހަ ފަހަރު ހޯދާފައެވެ. މެސީ އަކީ މި އެވޯޑް އެންމެ ގިނައިން ހޯދި ކުޅުންތެރިޔާއެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

4

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

5

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

އިތުރަށް ކިޔާލަން

05 އެޕްރީލު 2017

ފާޑުކިއުންތަކަށް ސަމާލުކަމެށް ނުދެން: މެސީ

05 އެޕްރީލު 2017
ފާޑުކިއުންތަކަށް ސަމާލުކަމެށް ނުދެން: މެސީ
03 އެޕްރީލު 2017

ބެންގަލޫރު އެފްސީއަކީ ވަރުގަދަ ޓީމެއް، އެހެނަސް ޖެހިލުމެއް ނުވޭ: ސެކުލޮސްކީ

03 އެޕްރީލު 2017
ބެންގަލޫރު އެފްސީއަކީ ވަރުގަދަ ޓީމެއް، އެހެނަސް ޖެހިލުމެއް ނުވޭ: ސެކުލޮސްކީ
03 އެޕްރީލު 2017

ސުނިލް ޗެތްރީއަކީ މެސީއެއް ނޫން، މޮޅުވެވޭނީ އެންމެން އެކުގައި ކުރާ މަސައްކަތުން: ރޯކާ

03 އެޕްރީލު 2017
ސުނިލް ޗެތްރީއަކީ މެސީއެއް ނޫން، މޮޅުވެވޭނީ އެންމެން އެކުގައި ކުރާ މަސައްކަތުން: ރޯކާ
03 އެޕްރީލު 2017

ވެންގާގެ މިފަހަރުގެ ބަހަނާއައަކީ ސަޕޯޓަރުންނަށްކުރި ތައުރީފް

03 އެޕްރީލު 2017
ވެންގާގެ މިފަހަރުގެ ބަހަނާއައަކީ ސަޕޯޓަރުންނަށްކުރި ތައުރީފް
03 އެޕްރީލު 2017

ނޭމާ ކާމިޔާބުކޮށްދިން 100 ވަނަ ލަނޑާއެކު ބާސާއަށް މޮޅެއް

03 އެޕްރީލު 2017
ނޭމާ ކާމިޔާބުކޮށްދިން 100 ވަނަ ލަނޑާއެކު ބާސާއަށް މޮޅެއް
29 މާރިޗު 2017

ލައިންސްމަނާ ބޭއަދަބީ ބަހުން މުހާތަބު ކުރުމުން މެސީ ސަސްޕެންޑްކޮށްފި

29 މާރިޗު 2017
ލައިންސްމަނާ ބޭއަދަބީ ބަހުން މުހާތަބު ކުރުމުން މެސީ ސަސްޕެންޑްކޮށްފި
09 މާރިޗު 2017

ޑޯޓްމަންޑް ކުއާޓާއަށް ދިޔައިރު ތަރިއަކީ އޮބާމަޔަންގް

09 މާރިޗު 2017
ޑޯޓްމަންޑް ކުއާޓާއަށް ދިޔައިރު ތަރިއަކީ އޮބާމަޔަންގް
08 މާރިޗު 2017

އަޝްފާގުގެ އިންޖަރީއަކީ ކަންބޮޑުވުމެއް، އިމްރާން އެނބުރި އަންނާނެ ކަމަށް އުންމީދުކުރަން: ސްޓެވާޓް

08 މާރިޗު 2017
އަޝްފާގުގެ އިންޖަރީއަކީ ކަންބޮޑުވުމެއް، އިމްރާން އެނބުރި އަންނާނެ ކަމަށް އުންމީދުކުރަން: ސްޓެވާޓް
25 ފެބުރުއަރީ 2017

ބޮބީއަކީ ގައުމީ ލެވެލްގައި ވިދާލާނެ ކުޅުންތެރިއެއް: ސާންތި

25 ފެބުރުއަރީ 2017
ބޮބީއަކީ ގައުމީ ލެވެލްގައި ވިދާލާނެ ކުޅުންތެރިއެއް: ސާންތި
25 ފެބުރުއަރީ 2017

ވިކްޓްރީގެ ކެޕްޓަން ބޭންޑް މެސީއަށް

25 ފެބުރުއަރީ 2017
ވިކްޓްރީގެ ކެޕްޓަން ބޭންޑް މެސީއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް