Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައްޑޫ މަސްތުވާތަކެތި އޮޕަރޭޝަން އ

"އައްޑޫ އޮޕަރޭޝަންގައި 80 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވޭ، އޮޕަރޭޝަންގައި ބައިވެރިވީ ދިވެހި ފުލުހުން"

4 އޮކްޓޯބަރު 2020 | އާދީއްތަ 07:36

އޮޕަރޭޝަން ހިންގީ ޑްރަގް އެންފޯސްމަންޓް ޑިޕާރޓްމަންޓާއި އެހެން ޑިވިޜަންތައް ގުޅިގެން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 4 އޮކްޓޯބަރު 2020 | އާދީއްތަ 07:36
ޕޮލިސް ކޮމިޝަނަރ މުޙައްމަދު ހަމީދު- ސީޕީ ވަނީ މި އޮޕަރޭޝަންގެ ބައެއް މައުލޫމާތު ޓްވިޓަރ މެދުވެރިކޮށް ހިއްސާ ކުރައްވާފައި

ޕޮލިސް ކޮމިޝަނަރ މުޙައްމަދު ހަމީދު- ސީޕީ ވަނީ މި އޮޕަރޭޝަންގެ ބައެއް މައުލޫމާތު ޓްވިޓަރ މެދުވެރިކޮށް ހިއްސާ ކުރައްވާފައި

އައްޑޫ ސިޓީގައި ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަންގައި 80 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރ (ސީޕީ) މުޙައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހު ފުލުހުން ހިންގި މި އޮޕަރޭޝަންގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ބަޔަކު ހައްޔަރުކޮށްފައިވާކަން ހަމީދު ވަނީ ބަޔާން ކުރައްވާފައެވެ. އެގޮތުން މިއީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާރޓްމަންޓާއި، ޑެރަގް އިންޓެލިޖެންސް ޔުނިޓު އަދި ޑިވިޜަނަލް އިންޓެލިޖެންސް ޑިޕާރޓްމަންޓުގެ އިތުރުން، މެރިން ޕޮލިސް އަދި ދެކުނު ފުލުހުން ގުޅިގެން ހިންގި ޚާއްސަ އޮޕަރޭޝަނެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

Advertisement - newsAdvertisement

އެ މައްސަލައިގެ ފަހުގެ ތަފްސީލުތައް ހިއްސާ ކުރައްވައި އާދިއްތަ ދުވަހު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މި އޮޕަރޭޝަންގައި ގާތްގަނޑަކަށް 80 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ. އަދި މިއީ ރާއްޖޭގެ އިންޓެލިޖެންސްއާއި ފުލުހުން ހިންގި އޮޕަރޭޝަނެއްކަން ވެސް ހަމީދު ކުރެއްވި ޓްވީޓުގައި ފާހަގަ ކުރައްވާފައިވެއެވެ.

ހަމީދު އިތުރަށް ވިދާޅުވީ، މި މައްސަލައިގެ ތަހުޤީޤު ބޭރުގެ ފަރާތްތަކާއި ގުޅިގެން ކުރިއަށް ގެންދަވާނެ ކަމަށާއި، މަސްތުވާތަކެތި ނައްތާލުމުގެ މަސައްކަތް ފުލުހުން ކުރާނެ ކަމަށެވެ.

މިއީ ރާއްޖޭގެ ފުލުހުން ހިންގި އޮޕަރޭޝަނެއްކަން ހަމީދު ފާހަގަ ކުރައްވާފައިވާއިރު، ހޮނިހިރު ދުވަހު ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ހިންގި މި އޮޕަރޭޝަނާ ގުޅޭ މައުލޫމާތު ފޯރުކޮށްދީފައިވަނީ ޕާކިސްތާނުގެ އެންޓި ނާރކޮޓިކްސް ފޯސް (އޭއެންއެފް) ގެ އިންޓެލިޖެންސް އިން ކަމަށް ކަރާޗީގެ ނޫހަކުން ރިޕޯޓް ކޮށްފައިވެއެވެ. އެގޮތުން މި އޮޕަރޭޝަންގައި އަތުލައިގަތް މަސްތުވާތަކެތީގެ އަގު އެތައް ބިލިއަނަކަށް އަރާނެ ކަމަށް ރިޕޯޓް ކޮށްފައިވެއެވެ.

އެންމެ ހިނގާ

1

އޮޑި އަށް ގެނައި ރެއާލް އަށް ކުޅުނު ރޮޑްރިގޭޒް، ކުލަބު ދޫކޮށް ގޮސްފި

2

ވިހައިގެން ހޮސްޕިޓަލުން ނުނިކުމެވި އުޅެނިކޮށް ލިބުނީ ފެނަކައިގެ ވަޒީފާއިން ވަކިކުރިކަމުގެ ޗިޓު!

3

ލިޔެކިޔުންތަކަށް ބަދަލު ގެނެސް ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް އެތައް މިލިއަން ޑޮލަރެއްގެ އަސްކަރީ މުދާ އުފުލާ: ރިޕޯޓު

4

މެމްބަރު ސައުދުﷲ ހިލްމީ ސޯޝަލް މީޑިއާގައި އާންމުކުރި ލިސްޓުގައި 18 އަހަރު ނުވާ ކުޑަކުދިންގެ މައުލޫމާތު ހިމެނޭތީ، އެ މައްސަލަ ފުލުހަށް ހުށަހަޅައިފި

5

ނާމަލް ރާޖަޕަކްސަ ހައްޔަރުކޮށްފި

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

ރާއްޖެއެމްވީގެ އާ ވެބްސައިޓް މިއަދު އައްޑޫގައި ތައާރަފުކުރާނެ!

03 ފެބުރުއަރީ 2017
ރާއްޖެއެމްވީގެ އާ ވެބްސައިޓް މިއަދު އައްޑޫގައި ތައާރަފުކުރާނެ!
02 ފެބުރުއަރީ 2017

ރާއްޖެޓީވީ އައްޑޫ ބިއުރޯގެ އޯޑިޝަން ބާއްވާއިފި

02 ފެބުރުއަރީ 2017
ރާއްޖެޓީވީ އައްޑޫ ބިއުރޯގެ އޯޑިޝަން ބާއްވާއިފި
31 ޖެނުއަރީ 2017

މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

31 ޖެނުއަރީ 2017
މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި
28 ޖެނުއަރީ 2017

އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ

28 ޖެނުއަރީ 2017
އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ
25 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

25 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ
20 ޖެނުއަރީ 2017

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ
17 ޖެނުއަރީ 2017

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
14 ޖެނުއަރީ 2017

ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

14 ޖެނުއަރީ 2017
ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި
12 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

12 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް