Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޓްރަމްޕް ކޮވިޑަށް ޕޮޒިޓިވްވުން

އަޅުގަނޑުގެ ހާލު އަންނަނީ ރަނގަޅުވަމުން: ޓްރަމްޕް

4 އޮކްޓޯބަރު 2020 | އާދީއްތަ 03:42

ޓްރަމްޕުގެ ހާލުކޮޅު ގޯސްވެއްޖެކަމަށް މީޑިއާތަކުގައި ރިޕޯޓްކުރިތާ މާގިނައިރުތަކެއް ނުވަނީސް ޓްރަމްޕްވަނީ ވީޑިއޯ މެސެޖެއް އާންމުކުރައްވާފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 4 އޮކްޓޯބަރު 2020 | އާދީއްތަ 03:42
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

ކޮވިޑް-19ށް ޕޮޒިޓިވްވެ ފަރުވާ ދެމުން އަންނަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ހާލުކޮޅު ރަނގަޅު ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

މެރީލޭންޑްގައި ހުންނަ އަސްކަރީ ހޮސްޕިޓަލެއް ކަމަށްވާ ރީޑް ނެޝަނަލް މިލިޓަރީ މެޑިކަލް ސެންޓަރަށް ގެންގޮސް ފަރުވާދެއްވަން ފެށިފަހުން އާންމު ކުރެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ ހާލުކޮޅު ރަނގަޅުވަމުން އަންނަ ކަމަށާއި، އަނބިކަނބަލުން މެލޭނިއާ ޓްރަމްޕުގެ ހާލުކޮޅު ވެސް ރަނގަޅު ކަމަށެވެ.

Advertisement - worldAdvertisement

ޓްރަމްޕުގެ ހާލުކޮޅު ރަނގަޅު ކަމަށް ވިދާޅުވެ ވީޑިއޯ މެސެޖެއް އާންމު ކުރައްވާފައިވަނީ އެމަނިކުފާނުގެ ހާލުކޮޅު ގޯސް ކަމަށް ބުނެ ވައިޓްހައުސްގެ ސޯސްއަކާއި ހަވާލާ ދެއްވާ މީޑިއާތަކުގައި ހަބަރު ފެތުރިތާ މާ ގިނައިރުތަކެއް ނުވަނީސްއެވެ. "އެސޯސިއޭޓެޑް ޕްރެސް" ބުނާ ގޮތުން ޓްރަމްޕަށް ނޭވާލުން ދަތިވާ މައްސަލަ ވަރަށް ބޮޑަށް ކުރިމަތިވެފައިވެއެވެ. އަދި ޓްރަމްޕްގެ ހުންވެސް ވަރަށް ގަދަ ކަމަށް ނަން ހާމަކުރަން ނޭދޭ އެމެރިކާގެ މަސްއޫލުވެރިޔާ ވަނީ އޭޕީއަށް މައުލޫމާތުދެއްވާފައެވެ.

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ކޮވިޑް-19ށް ފަރުވާ ހޯއްދެވުމަށް ހޮސްޕިޓަލަށް ވަޑައިގެންނެވުމުގެ ކުރިން އޮކްސިޖަންގެ ފަރުވާ ނެންގެވި ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓު ކޮށްފައިވެއެވެ. މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި ހުކުރު ދުވަހުގެ ހެނދުނުން ފެށިގެން ޓްރަމްޕް އުޅުއްވީ ނޭވާލުމަށް އުނދަގޫވާތީއެވެ.

ނަމަވެސް، ޓްރަމްޕްގެ ހާލުކޮޅާއި ގުޅިގެން އެމަނިކުފާނަށް ފަރުވާދެއްވާ ޑޮކްޓަރު ފުރަތަމަ ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅުވަމުން އަންނަ ކަމަށެވެ. އަދި އެމަނިކުފާނަށް އޮކްސިޖަންގެ ފަރުވާ ދެއްވިތޯ ކުރެވުނު ސުވާލުތަކަށް އޭނާ ޖަވާބެއް ދެއްވާފައެއްވެސް ނުވެއެވެ. އަދި އެމަނިކުފާނުގެ ފުށުން ކޮވިޑުގެ އަލާމާތްތައް ފެންނަތޯ ކުރެވުނު ސުވާލުތަކަށް ވެސް ޖަވާބެއް ދެއްވާފައެއް ނުވެއެވެ.

ޓްރަމްޕް ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން ކުރިއަށް އޮތް އެމެރިކާގެ ރިޔާސީ އިންތިހާބުގެ ކެމްޕޭންތަކަށް ހުރަސް އެޅިގެންދާނެ ކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ. މީގެ އިތުރުން ޓްރަމްޕުގެ ކެމްޕޭން މެނޭޖަރު ވެސް ވަނީ ކޮވިޑް-19ށް ޕޮޒިޓިވްވެފައެވެ.

އެންމެ ހިނގާ

1

ރާއްޖެއިން ބޭރަށް ދަތުރުކުރި ދިވެއްސެއްގެ އަތުގައި އޮތް އާއިލާ މެންބަރެއްގެ ބީއެމްއެލް ކާޑު ހިފެހެއްޓި މައްސަލައެއް!

2

ރާއްޖެޓީވީ ހިމެނޭ ގޮތަށް އިތުރު ދެ ޗަނަލަކަށް ފިޔަވަޅު އެޅުމުގެ މަސައްކަތް މީޑިއާ ކޮމިޝަނުން ފަށައިފި

3

ރިސޯޓެއް ހަދަން ނެގި ލޯނާ ގުޅިގެން ފައްޔާޒަށް ތުހުމަތުކޮށް ދެކެވުނު ވާހަކަ ތަކަށް ފައްޔާޒުގެ ރައްދެއް!

4

އީރާނަށް ހަމަލާދިނުމުގެ ތައްޔާރީތަކާއެކު އެމެރިކާގެ އަސްކަރީ މުދާއުފުލާ 10 ބޯޓެއް އިސްރާއީލަށް ޖައްސައިފި

5

ދައުލަތުގެ ސިޔާދަތާ ގުޅޭ ކަންކަމުގައި ގޮތް ކަނޑައެޅުމުގެ މެންޑޭޓެއް ސަލަފަކަށް ނެތް: ކުރީގެ އުއްތަމަ ފަނޑިޔާރު

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި

30 ޖެނުއަރީ 2017
ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި
28 ޖެނުއަރީ 2017

މުސްލިމު ހަތް ގައުމަކަށް ވިސާ ނުދޭ ގަރާރުގައި ޓްރަމްޕް ސޮއިކުރައްވައިފި

28 ޖެނުއަރީ 2017
މުސްލިމު ހަތް ގައުމަކަށް ވިސާ ނުދޭ ގަރާރުގައި ޓްރަމްޕް ސޮއިކުރައްވައިފި
28 ޖެނުއަރީ 2017

ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި

28 ޖެނުއަރީ 2017
ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި
26 ޖެނުއަރީ 2017

ފަލަސްތީނަށް ދޭން ފާސްކުރި ފައިސާ ޓްރަމްޕް ސަރުކާޜުން ހިފަހައްޓައިފި

26 ޖެނުއަރީ 2017
 ފަލަސްތީނަށް ދޭން ފާސްކުރި ފައިސާ ޓްރަމްޕް ސަރުކާޜުން ހިފަހައްޓައިފި
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
25 ޖެނުއަރީ 2017

މުސްލިމް ހަތް ގައުމަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަވަނީ

25 ޖެނުއަރީ 2017
މުސްލިމް ހަތް ގައުމަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަވަނީ
25 ޖެނުއަރީ 2017

ކީސްޓޯން ތެޔޮހޮޅީގެ މަސައްކަތް ކުރިޔަށް ގެންދަން ޓްރަމްޕް ނިންމަވައިފި

25 ޖެނުއަރީ 2017
ކީސްޓޯން ތެޔޮހޮޅީގެ މަސައްކަތް ކުރިޔަށް ގެންދަން ޓްރަމްޕް ނިންމަވައިފި
25 ޖެނުއަރީ 2017

އިންތިހާބުގައި ގަވާއިދާ ހިލާފަށް ވޯޓުލާފައިވާ ކަމަށް ޓްރަމްޕް ގަބޫލުކުރައްވާ: ވައިޓް ހައުސް

25 ޖެނުއަރީ 2017
އިންތިހާބުގައި ގަވާއިދާ ހިލާފަށް ވޯޓުލާފައިވާ ކަމަށް ޓްރަމްޕް ގަބޫލުކުރައްވާ: ވައިޓް ހައުސް
16 ޖެނުއަރީ 2017

ދޫރައްކާތެރިކުރުމަށް ސީއައިއޭގެ ވެރިޔާޔާ ޓްރަމްޕްއަށް އިންޒާރުދެއްވައިފި

16 ޖެނުއަރީ 2017
ދޫރައްކާތެރިކުރުމަށް ސީއައިއޭގެ ވެރިޔާޔާ ޓްރަމްޕްއަށް އިންޒާރުދެއްވައިފި
12 ޖެނުއަރީ 2017

އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި

12 ޖެނުއަރީ 2017
އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް