Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހުވަދު އަތޮޅާ ދެމެދު ސީޕްލޭން ދަތުރު ފެށުން

ސީޕްލޭންގެ ފާއިދާ ކުރާނީ ހަމައެކަނި އައްޑޫގެ ރައްޔިތުންނަކަށް ނޫން، މިއީ ތަރައްޤީގެ ފާލަމެއް: ސޯބެ

3 އޮކްޓޯބަރު 2020 | ހޮނިހިރު 18:47

މިފަސް އަހަރު ނިމެންވާއިރަށް 8000 އެނދު ތަރައްޤީވާނެ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 3 އޮކްޓޯބަރު 2020 | ހޮނިހިރު 18:47
އައްޑޫ ސިޓީގެ މޭޔަރ އަބްދުﷲ ސޯދިގް (ސޯބެ)

އައްޑޫ ސިޓީގެ މޭޔަރ އަބްދުﷲ ސޯދިގް (ސޯބެ)

ގަން އިންޓަރނޭޝަނަލް އެއަރޕޯޓާއި ހުވަދު އަތޮޅާ ދެމެދު ސީޕްލޭން ދަތުރުތައް ފެށުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު މިކަމުގެ ސަބަބުން ފާއިދާ ކުރާނީ ހަމައެކަނި އައްޑޫ ސިޓީއަށް ނޫން ކަމަށާއި މިއީ މުޅި ދެކުނުގެ ތަރައްޤީއަށް އެޅިގެންދާނެ ވަރަށް ބޮޑު ފާލަމެއް ކަމަށް އައްޑޫ ސިޓީގެ މޭޔަރ އަބްދުﷲ ސޯދިގް (ސޯބެ) ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ސޯބެ ވިދާޅުވީ އައްޑޫގައި ހުރި ޓުއަރިސްޓް އެނދުތަކާއި ހުވަދުއަތޮޅުގައި ހުރި އެނދުތަކާއި ގުޅިގެން ދިއުމަކީ މިސަރަހައްދަށް އިޤްތިޞާދީ ގޮތުން ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. މިކަމުގެ ސަބަބުން ކުރިއަރަގައިގެންދާނީ ހަމައެކަނި ފަތުރުވެރިކަން ނޫން ކަމަށާއި ދެކުނަކީ ރާއްޖޭގެ ނިސްބަތުން ބަލާއިރު މަސްވެރިކަން ކުރާ ސަރަހައްދެއް ކަމުން ގަން އިންޓަރނޭޝަނަލް އެއަރޕޯޓާއި އެކީ މަސް އެކްސްޕޯޓް ކުރުމާއި، މިނޫންވެސް ވަރަށް ގިނަ ފާއިދާތަކެއް މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަށް ލިބިގެންދާނެ ކަަމަށް ސޯބެ ވިދާޅުވި އެވެ.

Advertisement - newsAdvertisement

އައްޑޫ ސިޓީގައި މިވަގުތު ފަތުރުވެރިކަމަށް ބޭނުން ކުރަމުންދާ 1100 އެނދު ހުރިއިރު، މިފަސް އަހަރު ނިމެންވާއިރަށް 8000 އެނދަށް ތަރައްޤީ ކުރުމުގެ ގޮތުން ތަފާތު ގިނަ މަޝްރޫއުތައް އެކުލަވާލެވިފައިވާ ކަމަށް ސޯބެ ވިދާޅުވި އެވެ. އެގޮތުން ގަމުގައި އެކި ފަންތީގެ ހޮޓާ ތަރައްޤީ ކުރުމާއި، ސިޓީ ހޮޓާ ތަރައްޤީ ކުރުން ހިމެނޭ ކަމަށް ސޯބެ ވިދާޅުވިއެވެ.

އެންމެ މުހިއްމު ކަމެއް ކަމަށް ދެކެނީ އިޤްތިޞާދީ ގޮތުން ކުރިއެރުންތަކެއް ލިބޭނެ ކަންތައްތަކެއް ފެށިފައިވުންކަން ފާހަގަކޮށް ސޯބެ ވިދާޅުވީ މީގެކުރިން އައްޑޫގެ ގިނަ މަޝްރޫއުތައް ހިނގާފައިވަނީ ވަރަށް ލަހުން ކަމަށްވާއިރު މިއަދު މިފެށުނު މަޝްރޫއުތަކާއި އެކު ބާރު ސްޕީޑުގައި މަޝްރޫއުތައް ކުރިއަށްގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި އައްޑޫގެ ތަރައްޤީއަކީ އެސަރަހައްދުގެ ރައްޔިތުންގެ ވަރަށް ބޮޑު ހުވަފެނެއް ކަމަށާއި އެކަމުގެ ހަޤީޤީ ކުލަ ޖެހިގެންދާ މަންޒަރު މިއަދު ފެންނަމުންދާ ކަމަށް ސޯބެ ވިދާޅުވި އެވެ.

އެންމެ ހިނގާ

1

އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގެ 360 އަށް ވުރެ ގިނަ މުވައްޒަފުން ސޮއިކޮށް ރައީސް މުއިއްޒުއަށް ޕެޓިޝަނެއް ހުށަހަޅައިފި

2

ރަސްމާލޭގެ މަޝްރޫއާ ގުޅިގެން ޒަރިޔަންދުގެ ވަރުގަދަ ރައްދެއް ރައީސް ނަޝީދަށް!

3

އެއް ފަހަރާ އެކަކަށް ކުންފުންޏެއްގެ އެމްޑީކަމާއި ސްޓޭޓް މިނިސްޓަރުކަން މިއީ ކިހިނެއް ހިނގާ ސަރުކާރެއް؟

4

އީރާނާ ދެކޮޅަށް ފަނާކުރަނިވި 'ބޮންތަކުގެ މައި ބޮން' ބޭނުންކުރަން ޓްރަމްޕް ވިސްނަވަނީ

5

އިސްރާއީލުން ވަޒަންވެރިވަނީ އަސްކަރީ ބާރުގެ ބޭނުންކޮށްގެން ހިފާ ބިންތަކުގައި، މިނިވަން ޤައުމެއްގައި ޗުއްޓީ ހޭދަކުރާ ގެތަކުގައެއް ނޫން: މުއްތޮލިބް

އިތުރަށް ކިޔާލަން

14 މާރިޗު 2017

މިއީ ހަމައެކަނި މަސީހުގެ މައްޗަށް ނަގާ ވޯޓެއް ނޫން: ރައީސް ޔާމީން

14 މާރިޗު 2017
މިއީ ހަމައެކަނި މަސީހުގެ މައްޗަށް ނަގާ ވޯޓެއް ނޫން: ރައީސް ޔާމީން
06 މާރިޗު 2017

އިލެކްޝަން ކޮމިޝަނުން ނާއިންސާފުން ކުރާކަންކަން ހާމަކުރާނީ އިއްތިހާދުން: ޝިފާ

06 މާރިޗު 2017
އިލެކްޝަން ކޮމިޝަނުން ނާއިންސާފުން ކުރާކަންކަން ހާމަކުރާނީ އިއްތިހާދުން: ޝިފާ
01 މާރިޗު 2017

އަދީބު ބޭރުކުރަން ވިޕްލައިނާ ޚިލާފަށް ދިން ހަމައެކަނި ވޯޓު ދެވުނީތީ ފަޚުރުވެރިވަން: ނާޝިދު

01 މާރިޗު 2017
އަދީބު ބޭރުކުރަން ވިޕްލައިނާ ޚިލާފަށް ދިން ހަމައެކަނި ވޯޓު ދެވުނީތީ ފަޚުރުވެރިވަން: ނާޝިދު
30 ޖެނުއަރީ 2017

ރައްޔިތުންގެ ވޯޓަށް ޚިޔާނާތްވުމުން ފަހުން ކުރާނީ ހިތާމަ:ޑރ ޖަމީލް

30 ޖެނުއަރީ 2017
ރައްޔިތުންގެ ވޯޓަށް ޚިޔާނާތްވުމުން ފަހުން ކުރާނީ ހިތާމަ:ޑރ ޖަމީލް
29 ޖެނުއަރީ 2017

އެމްޕީއެލުން އަމަލު ކުރާނީ އޮންނަ އުސޫލުގެ ތެެރެއިން: ޖުނައިދު

29 ޖެނުއަރީ 2017
އެމްޕީއެލުން އަމަލު ކުރާނީ އޮންނަ އުސޫލުގެ ތެެރެއިން: ޖުނައިދު
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
15 ޖެނުއަރީ 2017

ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ

15 ޖެނުއަރީ 2017
 ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ
11 ޖެނުއަރީ 2017

ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން

11 ޖެނުއަރީ 2017
ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް