Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވިނީޝިއަސް ޓޮޓެންހަމާ ގުޅުން

ލޯނު އުސޫލުން ބެންފީކާގެ ވިނީޝިއަސް ޓޮޓެންހަމަށް

ވިނީޝިއަސް ޓޮޓެންހަމާ ގުޅުނީ ލޯނު އެއްބަސްވުމެއްގެ ދަށުން މި ސީޒަނުގެ ނިޔަލަށް

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 3 އޮކްޓޯބަރު 2020 | ހޮނިހިރު 05:21
ޓޮޓެންހަމް ހޮޓްސްޕާއާ ގުޅުނު ބްރެޒިލުގެ ފޯވާޑް ކާލޮސް ވިނީޝިއަސް

ޓޮޓެންހަމް ހޮޓްސްޕާއާ ގުޅުނު ބްރެޒިލުގެ ފޯވާޑް ކާލޮސް ވިނީޝިއަސް

ލޯނު އެއްބަސްވުމެއްގެ ދަށުން ބެންފީކާއަށް ކުޅެމުން އަަންނަ ބްރެޒިލުގެ ފޯވާޑް ކާލޮސް ވިނީޝިއަސް ޓޮޓެންހަމް ހޮޓްސްޕާއާ ގުޅިއްޖެއެވެ.

އުމުރުން 25 އަހަރުގެ ފޯވާޑް ޓޮޓެންހަމާ ގުޅުނީ ލޯނު އެއްބަސްވުމެއްގެ ދަށުން މި ސީޒަނުގެ ނިޔަލަށެވެ. އެކަމަކު މި އެއްބަސްވުމުގެ ދަށުން މި ސީޒަނަށްފަހު ޓޮޓެންހަމުން ބޭނުންވެއްޖެ ނަމަ، ވިނީޝިއަސްގެ އެއްބަސްވުން ދާއިމީ ކުރުމުގެ ފުރުސަތު އެބައޮތެވެ. އެގޮތުން އެއްބަސްވުން ދާއިމީކުރާނަމަ ޓޮޓެންހަމުން 36 މިލިޔަން ޕައުންޑް ދައްކަން ޖެހޭނެ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ނާޕޮލީ ދޫކޮށް މިދިޔަ އަހަރުގެ ހޫނު މޫސުމުގައި 15 މިލިޔަން ޕައުންޑަށް ބެންފީކާއާ ގުޅުނު ވިނީޝިއަސް ވަނީ މިދިޔަ ސީޒަނުގައި މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން މިދިޔަ ސީޒަނުގައި އޭނާ ވަނީ ބެންފީކާއަށް ކުޅެދިން 47 މެޗުގައި 24 ލަނޑު ޖަހާފައެވެ.

ޓޮޓެންހަމުން މި ޓްރާންސްފާ ބާޒާރުގައި ފޯވާޑެއްގެ ސޮއި ހޯދިއިރު، ދާދި ފަހުން ދިން އިންޓަވިއުއެއްގައި އެ ޓީމުގެ ކޯޝު ހޯސޭ މޮރީނިއޯ ވަނީ އެޓީމަށް އިތުރު ފޯވާޑެއް ބޭނުންވާ ކަމަށް ބުނެފައެވެ.

ޓޮޓެންހަމުން މި ޓްރާންސްފާ ބާޒާރުގައި ވަރަށް ބޮޑަށް ހަރަކާތްތެރިވަމުން އަންނައިރު، އެ ޓީމުން މީގެ ކުރިން ވަނީ ރެއާލް މެޑްރިޑަށް ކުޅެމުން އައި އެ ޓީމުގެ ކުރީގެ ފޯވާޑް ގެރެތު ބޭލް އާއި ޑިފެންޑަރު ސާޖިއޯ ރެގީލޯނުގެ ސޮއިވެސް ހޯދާފައެވެ.

އިތުރަށް ކިޔާލަން

01 ޖޫން 2020

އިގާލޯގެ ލޯނު އެއްބަސްވުމުގެ މުއްދަތު މެންޗެސްޓަރ ޔުނައިޓެޑުން އިތުރު ކޮށްފި

01 ޖޫން 2020
އިގާލޯގެ ލޯނު އެއްބަސްވުމުގެ މުއްދަތު މެންޗެސްޓަރ ޔުނައިޓެޑުން އިތުރު ކޮށްފި
04 މެއި 2020

ކުރީގެ ކްލަބު ސަލާމަތް ކުރަން ފެލައިނީގެ ލޯނު އެހީއެއް

04 މެއި 2020
ކުރީގެ ކްލަބު ސަލާމަތް ކުރަން ފެލައިނީގެ ލޯނު އެހީއެއް
17 ފެބުރުއަރީ 2020

އާސެނަލާއި ޓޮޓެންހަމަށް މުހިންމު މޮޅެއް

17 ފެބުރުއަރީ 2020
އާސެނަލާއި ޓޮޓެންހަމަށް މުހިންމު މޮޅެއް
03 ފެބުރުއަރީ 2020

ބޭލް އަނބުރާ ޓޮޓެންހަމަށް ބަދަލުވުން ނާދިރު: އޭޖެންޓް

03 ފެބުރުއަރީ 2020
ބޭލް އަނބުރާ ޓޮޓެންހަމަށް ބަދަލުވުން ނާދިރު: އޭޖެންޓް
19 އޯގަސްޓު 2019

ހޯމް އެންޑް އަވޭ އުސޫލުން ލީގެއް ފެށުމަށް މަޝްވަރާކޮށްފި

19 އޯގަސްޓު 2019
ހޯމް އެންޑް އަވޭ އުސޫލުން ލީގެއް ފެށުމަށް މަޝްވަރާކޮށްފި
02 ޖުލައި 2019

ޓޮޓެންހެމް އިން ކުލާރކްގެ ސޮއި ހޯދާ، އޭނާ ލޯނު އެއްބަސްވުމެއްގެ ދަށުން ލީޑްސް ޔުނައިޓެޑައް

02 ޖުލައި 2019
ޓޮޓެންހެމް އިން ކުލާރކްގެ ސޮއި ހޯދާ، އޭނާ ލޯނު އެއްބަސްވުމެއްގެ ދަށުން ލީޑްސް ޔުނައިޓެޑައް
29 ޖޫން 2019

ޓޮޓެންހަމަށް ކުޅުންތެރިން ގެނައުމުގެ ބާރެއް އަހަރެން އަތުގައި ނެތް: ޕޮޗެޓީނޯ

29 ޖޫން 2019
ޓޮޓެންހަމަށް ކުޅުންތެރިން ގެނައުމުގެ ބާރެއް އަހަރެން އަތުގައި ނެތް: ޕޮޗެޓީނޯ
22 ޖޫން 2019

ލޯނު އެއްބަސްވުމެއްގެ ދަށުން ނަޕޯލީ އަށް ހަމޭސް ދޫކޮށްލަން ރެއާލުން ދެކޮޅު!

22 ޖޫން 2019
ލޯނު އެއްބަސްވުމެއްގެ ދަށުން ނަޕޯލީ އަށް ހަމޭސް ދޫކޮށްލަން ރެއާލުން ދެކޮޅު!
23 ނޮވެމްބަރު 2017

ބާސެލް އަތުން ޔުނައިޓެޑް ބަލިވެ، ސީއެސްކޭއޭ އިން ބެންފީކާގެ މައްޗަށް ކުރި ހޯދައިފި

23 ނޮވެމްބަރު 2017
ބާސެލް އަތުން ޔުނައިޓެޑް ބަލިވެ، ސީއެސްކޭއޭ އިން ބެންފީކާގެ މައްޗަށް ކުރި ހޯދައިފި
09 ސެޕްޓެމްބަރު 2017

18 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ލީގު އުސޫލުން ކުޅެން ނިންމައިފި

09 ސެޕްޓެމްބަރު 2017
18 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ލީގު އުސޫލުން ކުޅެން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު