Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ބާސެލް އަތުން ޔުނައިޓެޑް ބަލިވެ، ސީއެސްކޭއޭ އިން ބެންފީކާގެ މައްޗަށް ކުރި ހޯދައިފި

މިއީ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖްގައި ޔުނައިޓެޑް ބަލިވި ފުރަތަމަ މެޗު

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު | 23 ނޮވެމްބަރު 2017 | ބުރާސްފަތި 07:59
ބާސެލްގެ ލޭންގް ޔުނައިޓެޑްގެ ކޮޅަށް ލަނޑު ޖަހަނީ

ބާސެލްގެ ލޭންގް ޔުނައިޓެޑްގެ ކޮޅަށް ލަނޑު ޖަހަނީ

ޔުއެފާ ޗެމްޕިއަންސް ލީގުގައި އެފްސީ ބާސެލް އަތުން މެންޗެސްޓަރ ޔުނައިޓެޑް ބަލިވިއިރު، ބެންފީކާގެ މައްޗަށް ސީއެސްކޭއޭ މޮސްކޯ ކުރިހޯދައިފި އެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް އޭގައި ބުދަ ދުވަހުގެރޭ ރަށުން ބޭރުގައި ސްވިޓްޒަލެންޑްގެ ބެންފީކާ އަތުން އިނގިރޭސި ޕްރިމިއަރ ލީގުގެ މެންޗެސްޓަރ ޔުނައިޓެޑް ބަލިވީ އެއް ލަނޑު ސުން ލަނޑުންނެވެ.

މިމެޗުން ޕޮއިންޓެއް ހޯދުމަށް ޔުނައިޓެޑުން ކުރި އުއްމީދުތައް ފުނޑުފުނޑުވީ، މެޗު ނިމެން މިނެޓަކަށް ވެފައިވަނިކޮށް ބާސެލްގެ މައިކަލް ލެންގް ޖަހައިދިން ލަނޑުންނެވެ.

މިމެޗުގެ ފުރަތަމަ ހާފް ޔުނައިޓެޑުން ޑޮމިނޭޓްކޮށް، މެޗުގައި ކުރި ހޯދުމަށް ގިނަ ފުރުޞަތުތަކެއް ތަނަވަސްކުރިއެވެ. އެގޮތުން ޔުނައިޓެޑްގެ މަރުއާނޭ ފެލައިނީ އާއި މާކޯސް ރޯޚޯ އުފެއްދި ދެހަމަލާއެއް، ގޯލްގެ ދަނޑިއަށް އަމާޒުވެފައިވެއެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނީ، ލަނޑެއް ނުޖެހުނު ނަމަވެސް، ފުރަތަމަ ހާފްގެ ކުޅުން ވަރަށް ފުރިހަމަ ކަމަށެވެ. އަދި އެކަމުގައި ޝަކުވާއެއް ކުރާނެ ފުރުޞަތެއް ނެތް ކަމަށާއި، ކުޅުންތެރިން ބަދުނާމު ނުކުރާނެ ކަމަށް މޮރީނިއޯ ބުންޏެވެ.

އޭނާ ބުނީ، އެކުޅުން 10 މެޗުގައި ތަކުރާރުކޮށްފިނަމަ، އޭގެ ތެރެއިން ނުވަ މެޗު ފަސޭހަކަމާއެކު ޔުނައިޓެޑުން ކާމިޔާބު ކުރާނެ ކަމަށާއި، ބަލިވާނީ އެންމެ މެޗަކުން ކަމަށެވެ. އަދި ރޭގެ މެޗަކީ އެމެޗު ކަމަށް އޭނާ ބުންޏެވެ. ރޭގެ މެޗަކީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖްގައި ޔުނައިޓެޑް ބަލިވި ފުރަތަމަ މެޗެވެ.

މިމެޗުން ބަލިވި ނަމަވެސް ޔުނައިޓެޑް އޮތީ ގްރޫޕް އޭގެ އެއްވަނާގައެވެ. ގްރޫޕް ސްޓޭޖްގައި ކުޅުނު ފަސް މެޗުން 12 ޕޮއިންޓް ޔުނައިޓެޑަށް ލިބިފައިވާއިރު، ދެވަނާގައިވާ ބާސެލް އަދި ތިންވަނާގައިވާ ރަޝިއާގެ ސީއެސްކޭއޭ މޮސްކޯ އަށް ލިބިފައި ވަނީ 9 ޕޮއިންޓެވެ. ކުޅުނު ހުރިހާ މެޗަކުން ވެސް ބަލިވެ، ގްރޫޕް ސްޓޭޖްގެ ފުލުގައިވާ ޕޯޗުގަލްގެ ބެންފީކާ އަށް ޕޮއިންޓެއް ލިބިފައެއްނުވެއެވެ.

މިގްރޫޕްގައި ކޮންމެ ޓީމަކަށް ވެސް ބާކީ އެއް މެޗު އޮތްއިރު، ގްރޫޕްގެ އެއްވަނަ މަގާމް ކަށަވަރު ކުރުމަށް ޔުނައިޓެޑަށް ބޭނުންވަނީ އެންމެ ޕޮއިންޓެކެވެ. ގްރޫޕްގެ ފަހު މެޗުގައި ސީއެސްކޭއޭ މޮސްކޯ އަތުން ހަތް ލަނޑު ސުން ލަނޑަށް ވުރެ ބޮޑު ތަފާތަކުން ބަލިވެގެން ނޫން ގޮތަކަށް ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރުޞަތު ޔުނައިޓެޑަކަށް ނުގެއްލޭނެ އެވެ. އެމެޗު ކުޅޭނީ އަންނަ ޑިސެމްބަރު މަހުގެ ފަސްވަނަ ދުވަހު އެވެ.

މިގްރޫޕްގައި ރޭ ބެންފީކާ އަތުން އަމިއްލަ ދަނޑުގައި ސީއެސްކޭއޭ މޮސްކޯ މޮޅުވީ ދެ ލަނޑު ސުން ލަނޑުންނެވެ. މިމެޗުގެ 13 ވަނަ މިނިޓުގައި ސީއެސްކޭއޭ އަށް ކުރިހޯދައިދިނީ ޖިއޯޖީ ޝްޗެނިކޯފެވެ. ސީއެސްކޭއޭގެ ދެވަނަ ލަނޑަކީ 56 ވަނަ މިނިޓުގައި ބެންފީކާގެ ޖާޑެލް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
23 ޖެނުއަރީ 2017

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ
18 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

18 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް
11 ޖެނުއަރީ 2017

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ
10 ޖެނުއަރީ 2017

ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ

10 ޖެނުއަރީ 2017
ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
07 ޖެނުއަރީ 2017

ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި

07 ޖެނުއަރީ 2017
ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި
04 ޖެނުއަރީ 2017

ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ

04 ޖެނުއަރީ 2017
ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާ ކަމަށް ޑިޕޭ ބުނެފި

04 ޖެނުއަރީ 2017
ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާ ކަމަށް ޑިޕޭ ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު