Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފެލައިނީ ލޯނު އެހީއެއްވުން

ކުރީގެ ކްލަބު ސަލާމަތް ކުރަން ފެލައިނީގެ ލޯނު އެހީއެއް

ފެލައިނީ ވަނީ ތިން މިލިއަން ޑޮލަރުގެ ލޯނު އެހީއެއް ދޭން ނިންމާފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 4 މެއި 2020 | ހޯމަ 05:18
މަރުއޯން ފެލައިނީ ސްޓެންޑާޑް ލީޖް އަށް ކުޅުނު ދުވަސްވަރު

މަރުއޯން ފެލައިނީ ސްޓެންޑާޑް ލީޖް އަށް ކުޅުނު ދުވަސްވަރު

ކުރީގެ ކްލަބު ކަމަށްވާ ބެލްޖިއަން ޕްރޯ ލީގުގެ ސްޓެންޑާޑް ލީޖް ރެލިގޭޝަނުން ސަލާމަތްކުރުމަށްޓަކައި ތިން މިލިއަން ޑޮލަރުގެ ލޯނު އެހީއެއް ދޭން މަރުއޯން ފެލައިނީ ނިންމައިފި އެވެ.

ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން ބެލްޖިއަމް ލީގު ކެންސަލް ކުރަން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ލީގު މެދުކަނޑާލާފައިވާއިރު، ގިނަ ކްލަބުތަކަށް ވަނީ މާލީ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ.

ބެލްޖިއަމްގެ ޗެމްޕިއަންކަން 10 ފަހަރު ހޯދާފައިވާ ސްޓެންޑާޑްގެ މާލީ ހާލަތު ގޯސްވެފައިވާއިރު، ޕްރޮފެޝަނަލް ކްލަބު ލައިސަންސް ހޯދަން ފުރިހަމަކުރަން ޖެހޭ ކަންތައްތައް ކުރަން ބަޖެޓު ނެތުމުގެ ސަބަބުން އެކަން އޮތީ ނުވެއެވެ.

ޕްރޮފެޝަނަލް ކްލަބް ލައިސަންސް ދެނީ ބެލްޖިއަމް ފުޓްބޯޅަ ފެޑެރޭޝަނުން ބަލާ މިންގަނޑުން ފާސްވާ ކްލަބުތަކަށެވެ. މިދިޔަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު މުއްދަތު ހަމަވިއިރު، ސްޓެންޑާޑުން މިހާރު ވަނީ ކޯޓް މެދުވެރިކޮށް އިތުރު މުހުލަތެއް ހޯދާފައެވެ. މި މުއްދަތުގެ ތެރޭގައި އެކަން ނުކުރެވިއްޖެނަމަ، ސްޓެންޑާޑް ދަށް ޑިވިޝަނަކަށް ރެލިގޭޓްކޮށްލާނެ އެވެ.

އެއާއެކު ފެލައިނީ ވަނީ އޭނާ ކެރިއަރު ފެށި ކްބަލު ސަލާމަތް ކުރުމަށް ތިން މިލިއަން ޑޮލަރުގެ ލޯނު އެހީއެއް ދޭން ނިންމާފައެވެ. ފެލައިނީގެ އިތުރުން އެ ކްލަބަށް ކުރިން ކުޅުނު މިޑްފީލްޑަރު އެކްސެލް ވިޓްސެލް ވަނީ ކްލަބަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެ ކްލަބުގެ ދަނޑުގެ 45 އިންސައްތަ ހިއްސާ ގަނެފައެވެ.

ސްޓެންޑާޑް އިން ކެރިއަރު ފެށި ފެލައިނީ އެ ޓީމަށް ކުޅެދިނީ 2006 ން 2008 ށެވެ. އޭގެ ފަހުން އެވަޓަން އާއި މެންޗެސްޓާ ޔުނައިޓެޑަށްވެސް އޭނާ ކުޅެދިން އިރު، މިހާރު ފެލައިނީ ކުޅެމުން އަންނަނީ ޗައިނާގެ ޝަންޑޮން ލުނެން އަށެވެ.

އުމުރުން 32 އަހަރުގެ ފެލައިނީ ދާދި ފަހުން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން ފަރުވާދީފައެވެ. އަދި ވައިރަހުން ރަނގަޅުވުމާއެކު މިދިޔަ މަހުގެ މެދުތެރޭގައި ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައެވެ.

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ކްލަބު ފްރެންޑްލީ: އީގަލްސްގެ މައްޗަށް ޓީސީ ކުރި ހޯދައިފި

31 ޖެނުއަރީ 2017
ކްލަބު ފްރެންޑްލީ: އީގަލްސްގެ މައްޗަށް ޓީސީ ކުރި ހޯދައިފި
31 ޖެނުއަރީ 2017

ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް

31 ޖެނުއަރީ 2017
ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް
23 ޖެނުއަރީ 2017

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ
20 ޖެނުއަރީ 2017

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި
18 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

18 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް
14 ޖެނުއަރީ 2017

ވިކްޓަރީގެ ކޯޗަކަށް ބީޖީގެ ކުރީގެ ކޯޗު ޝާޒްލީ ހަމަޖައްސައިފި

14 ޖެނުއަރީ 2017
ވިކްޓަރީގެ ކޯޗަކަށް ބީޖީގެ ކުރީގެ ކޯޗު ޝާޒްލީ ހަމަޖައްސައިފި
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
07 ޖެނުއަރީ 2017

ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި

07 ޖެނުއަރީ 2017
ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޗައިނާ ކްލަބުން ހުށަހެޅި ބިޑް ސަންޗޭޒް ރިޖެކްޓްކޮށްލައިފި

04 ޖެނުއަރީ 2017
ޗައިނާ ކްލަބުން ހުށަހެޅި ބިޑް ސަންޗޭޒް ރިޖެކްޓްކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު