Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދާންދޫ މާރާމާރީ

ދާންދޫ މާރާމާރީގައި ހާލު ސީރިއަސްވި މީހާގެ ސިކުނޑިއަށް ލޭ އެޅި މާލޭގައި ފަރުވާދެނީ

3 އޮކްޓޯބަރު 2020 | ހޮނިހިރު 00:34

މި މާރާމާރީއާ ގުޅިގެން ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން 9 މީހަކު ހައްޔަރުކޮށްފަ

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 3 އޮކްޓޯބަރު 2020 | ހޮނިހިރު 00:34
ގއ. ދާންދޫ އޭރިއަލް ޝޮޓެއް، އެރަށުގައި ބުރާސްފަތި ދުވަހުގެ ރޭ ވަނީ ބޮޑު މާރާމާރީއެއް ހިންގާފަ

ގއ. ދާންދޫ އޭރިއަލް ޝޮޓެއް، އެރަށުގައި ބުރާސްފަތި ދުވަހުގެ ރޭ ވަނީ ބޮޑު މާރާމާރީއެއް ހިންގާފަ

ގއ. ދާންދޫގައި ބުރާސްފަތި ދުވަހުގެ ރޭ ހިންގި ގްރޫޕް މާރާމާރީއާ ގުޅިގެން ހާލު ސީރިއަސްވި ޒުވާނާގެ ސިކުނޑިއަށް ލޭ އެޅި މާލޭގައި ފަރުވާދޭން ފަށައިފިއެވެ.

ދާންދޫގައި ހިނގި މި މާރާމާރީ އަކީ ކެފޭއެއްގެ ތެރޭގައި ތިބި ބަޔަކު ދެކެވެމުންދިޔަ ވާހަކައާ މެދު ހިތްހަމަ ނުޖެހިގެން އެއްބަޔަކު އަނެއް ބަޔަކާ ދެމުދު ހިނގާދިޔަ މާރީއެކެވެ.

Advertisement - newsAdvertisement

ދާންދޫއިން ރާއްޖެއެމްވީއަށް މައުލޫމާތު ދިން ފަރާތަކުން ބުނެފައިވަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ހިންގި މި މާރާމާރީ އަކީ އެރަށު "ސީނާގޭ، އަހުމަދު މުޙައްމަދު" ނަމަކަށް ކިޔާ މީހަކު ހިންގި މާރާމާރީއެއް ކަމަށެވެ. އަދި މި މާރާމާރީގައި ޒަހަމްވެގެން ހާލު ސީރިއަސްވި މީހާއަށް ހަމަލާ ދީފައި ވަނީ ވެސް އޭނާ ކަމަށެވެ.

މި މާރާމާރީގައި ޖުމްލަ ތިން މީހަކަށް އެކި ވަރުގެ އަނިޔާ ލިބުނު އިރު، ސީރިއަސް ހާލަތަށް ދިޔަ ޒުވާނާއަށް ގއ. އަތޮޅު ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާ ދިނުމަށް ހުކުރު ދުވަހުގެ މެންދުރުފަހު ވަނީ މާލެ ގެނެސްފައެވެ.

ދާންދޫ އިން ވާހަކަ ދެއްކި މީހާ ބުނީ ހާލު ސީރިއަސްވި ޒުވާނާގެ ބޮލަށް ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން ސިނކުޑިއަށް ލޭ އެޅިފައިވާ ކަމަށް އޭނާގެ އާއިލާގެ ފަރާތުން ބުނެފައިވާ ކަމަށެވެ.

މި މާރާމާރީއާ ގުޅިގެން ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން 9 މީހަކު ހައްޔަރު ކޮށްފައެވެ. އޭގެ ތެރޭގައި 18 އަހަރުން ދަށުގެ ކުއްޖަކު ވެސް ހިމެނޭ ކަމަށް ރާއްޖެއެމްވީއަށް ވަނީ މައުލޫމާތު ލިބިފައެވެ. އަދި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ލާމް ލިންކް ރޯޑުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާގެ ހާލު ސީރިއަސްއެއް ނޫން: އައިޖީއެމްއެޗް

12 ފެބުރުއަރީ 2017
ލާމް ލިންކް ރޯޑުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާގެ ހާލު ސީރިއަސްއެއް ނޫން: އައިޖީއެމްއެޗް
07 ފެބުރުއަރީ 2017

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި

07 ފެބުރުއަރީ 2017
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި
29 ޖެނުއަރީ 2017

އިބްތިހާލު މަރުވީ އަނިޔާކުރިކަން އެނގިތިބެ، ފިޔަވަޅު ނާޅާ އޮއްވާ: ދައުލަތް

29 ޖެނުއަރީ 2017
އިބްތިހާލު މަރުވީ އަނިޔާކުރިކަން އެނގިތިބެ، ފިޔަވަޅު ނާޅާ އޮއްވާ: ދައުލަތް
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
21 ޖެނުއަރީ 2017

ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި

21 ޖެނުއަރީ 2017
ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
12 ޖެނުއަރީ 2017

ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
07 ޖެނުއަރީ 2017

ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ

07 ޖެނުއަރީ 2017
ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް