Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފަލަސުރުހީ

ގައުމީ ގުރުއާން މުބާރަތް: 2 ބުރަކަށް ބަހާލައިގެން މިފަހަރު ވާރޗުއަލްކޮށް!

އޮކްޓޯބަރު މަހުގެ ނިޔަލަށް އޮޑިޝަން ރެކޯޑިންފް ފޮނުވޭނެ، ފައިނަލް ބުރު ފަށާނީ ޑިސެމްބަރު 3 ގައި

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް, ރާއްޖެ އެމްވީ | 2 އޮކްޓޯބަރު 2020 | ހުކުރު 06:51
33 ވަނަ ގައުމީ ގުރުއާން މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން

33 ވަނަ ގައުމީ ގުރުއާން މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން

ކޮވިޑާއި ގުޅިގެން އަޅާފައި ހުރި ފިޔަވަޅުތަކާއި ގުޅިގން ގައުމީ ގުރުއާން މުބާރާތް ވާރޗުއަލްކޮށް ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ވާރޗުއަލްކޮށް ގުރުއާން މުބާރާތް ބޭއްވުމަށް ނިންމީ ކީރިތި ގުރުއާނަށް ދަރިވަރުންގެ ހިތްތަކުގައި ލޯބިޖައްސައި އަހުލުވެރި ކުރުވަން ކަމަށެވެ.

އެގޮތުން، ދުނިޔޭގައި ހަލުވިކަމާއި އެކު ފެތުރެމުންދާ ކޮވިޑް-19 އާއި އެކުވެސް ހުރިހާ ފަރާތްތަކަށްވެސް ބައިނަލްއަގްވާމީ މުބާރާތްތަކުގަޔާއި ރާއްޖޭގެ އިންތިޒާމްކުރާ އެކިއެކި މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ތަނަަވަންސްކޮށްދިނުން އެއީ އެންމެ ބޮޑު އެއް މަގްސަދުކަމަަށް މިިނިސްޓަރ ވިދާޅުވިއެވެ. ގައުމީ ގުރުއާން މުބާރަތައް ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު މި ހާލަތުގައިވެސް މުބާރަތް ނުބާއްވަން ބޭނުންނުވާކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ވާރޗުއަލްކޮށް މުބާރާތް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޮޑިޝަން ބުރަކާއި ފައިނަލް ބުރެއް ހިމެނޭގޮތަށް ދެ ބުރަކަށް ބަހާލައިގެން ކަަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ، މުބާރާތުގައި 8 އުމުރުފުރާ ހިމެނޭކަމަށެވެ.

އެގޮތުން، މި ހަފްތާ ތޭރޭ މިކަމާއި ގުޅޭ އިތުރު ތަފްސީލް އިއުލާންކޮށް އޮކްޓޯބަރު މަހުގެ ނިޔަލަށް އޮޑިޝަނަށް ހުށަހެޅޭ ހުރިހާ ރެކޯޑިންގްސްތައް އިތުރަށް ބަލައި ނިންމައި ފައިނަލް ބުރު ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހުން ފެށިގެން ކުރިޔަށް ގެންދިޔުމަށް މަސައްކަތް ކުރަމުން ގެންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މުބާރާތުގައި 3 ކެޓެގެރީއެއް ހިމެނެއެވެ. އެއީ ބަލައިގެން ކިޔަވާ ކުދިންނާއި ނުބަލައި ކިޔަވާ ކުދިންނާއި ހާފިޒުންގެ ބައިކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ، ކޮންމެ އުމުރުފުރާއަކުން ވެސް މި ތިން ކެޓެގެރީގައި ބައިވެރިވުމުގެ ފުރުސަތު އެބައޮތްކަމަށެވެ.

މިގޮތަށް އިންތިޒާމްކުރުމުގެ ސަބަބުން އޮޑިޝަނުން ހޮވޭ ކުދިންނަށް ފައިނަލް ބުރަށް ތައްޔާރުވުމަށް ނޮވެމްބަރ މަސް އެއްކޮށް ލިބޭއިރު، ބަލައިގެން ކިޔަވާ ކުދިންނަށްވެސް ވަކި ހިސާބަކުން ފެށިގެން ކިޔެވުމަށް ކަނޑައެޅޭނަކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

80 މާރކްސް ނުވަތަ އެޔަށް ވުރެ މަތިން މާކްސް ލިބޭ ހުރިހާ ފަރާތްތަކެއް ފައިނަކް ބުރަށް ދާނެއެވެ. އެގޮތުން، ދެ ޖިންސު ވަކިވަކިން 40 ފަރާތް ފައިނަލްބުރަށް ދާއިރު ޖުމްލަ 640 ކުދިން އެ ކެޓެގެރީގައި ވާދަކުރާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ފައިނަލް ބުރުގައި ކިޔަވާއިރު ހާއްސަ އިންތިޒާމްތަކެއް ކޮންމެ ރަށެއްގައިވެސް ހަމަޖެހިފައި ހުންނާނެކަމަށެވެ. އެގޮތުން، ކިޔަވަން ޖެހޭނީ މިނިސްޓްރީން ކަނޑައަޅާތަނެއްގައި ކަމަށާއި ތަން ހަމަޖެއްސުމުގެ މަސައްކަތައް މިނިސްޓްްރީ އޮފް އެޑިއުކޭޝަނާއި ވާހަކަ ދައްކައި، މިނިސްޓްރީގެ އެހީތެރިކަމާއި އެކު ސްކޫލެއްގައި ހަމަޖައްސާނެކަމަށެވެ. އަދި، ފައިނަލް ބުރުގައި ކިޔަވާއިރު އެ ފަރާތްތައް މޮނިޓަރ ކުރުމަށް ކޮންމެ ރަށެއްގައި 5 މެމްބަރުންގެ ކޮމިޓީއެއް އެކުލަވާލައިވޭނެއެވެ.

ފައިނަލް ބުރުގައި ކިޔަވަންޖެހެނީ އިންޓަނެޓް މެދުވެރިކޮށް ވަގުތުން ކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ، ދިމާވެދާނެ އިންޓަނެޓް މައްސަލައަކަށް ބަލައި، މޮނީޓަރ ކުރުމަށް ކަނޑައަޅާފައިވާ ކޮމިޓީގެ ކޮންމެވެސް އެއް ބޭފުޅަކު ރެކޯޑް ކޮށް އިސްލާމިކް މިނިސްޓްރީއަށް ފޮނުވަންޖެހޭ ގޮތަށް ވިލަރެސް ކޮމިޓީއިން ނިންމާފައިވާކަމަށެވެ. މީގެ ސަބަބުން، އޯޑީއޯ މައްސަލައެއް ދިމާވިޔަސް، އަޑު ކެނޑިކެނޑިގެން އަޔަސް، އިންސާފުކުރުމަށް ބުރުލެއް ނާރާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ފައިނަލް ބުރަށް ދިއުމަށް، އޮޑިޝަން ރެކޯޑް ކޮށް ފޮނުވަންޖެހެނީ އެ ފަރާތެއްގެ އަމިއްލައަށެވެ.

ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒުން އަބަދުވެސް ބައިނަލްއަގްވާމީ އެކި މުބާރާތުގައި ބައިވެރިވުމަށް ކުދިން ހޯދައި ކުދިން ކުރިޔެކޭވެސް އެއްގޮތަށް ފޮނުވޭނެކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ، ކޮންމެ އަހަރަކު ރޯދަ މަހު ރާއްޖެއިން ބޭރުން ހާފިޒުން ގެންނައިރު، ހާފިޒުންގެ ކެޓެގެރީ ބާއްވާ، ކުރިޔަށް އޮތް ތަނުގައި ތަރާވީސް ނަމާދުކުރަންވެސް މޮޅު ދިވެހިން ތިބުން މުބާރާތުގެ ސަބަބުން މަގުފަހިވެގެންދާނެކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިންތިހާބު ފަސްކުރީ ގައުމީ ލަފާދޭ ކޮމެޓީއަށް ވެސް އޮޅުވާލުމަށް ފަހު: އަނަސް

އިންތިހާބު ފަސްކުރީ ގައުމީ ލަފާދޭ ކޮމެޓީއަށް ވެސް އޮޅުވާލުމަށް ފަހު: އަނަސް

20 މާރިޗު 2017
އިންތިހާބާ ބެހޭ ގައުމީ ލަފާދޭ ކޮމެޓީގެ ކުއްލި ބައްދަލުވުމެއް މިރޭ ބާއްވާނީ

އިންތިހާބާ ބެހޭ ގައުމީ ލަފާދޭ ކޮމެޓީގެ ކުއްލި ބައްދަލުވުމެއް މިރޭ ބާއްވާނީ

17 މާރިޗު 2017
ގައުމީ ދިދަ އިހްތިރާމާ އެކު ބޭނުން ކުރުމުގެ ހައްގު ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ލިބިގެންވޭ: ރައީސް މައުމޫން

ގައުމީ ދިދަ އިހްތިރާމާ އެކު ބޭނުން ކުރުމުގެ ހައްގު ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ލިބިގެންވޭ: ރައީސް މައުމޫން

10 މާރިޗު 2017
އާންމު ތަނެއްގައި ގައުމީ ދިދަ ނަގަން ހޯމް މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ހަމަޖައްސައިފި

އާންމު ތަނެއްގައި ގައުމީ ދިދަ ނަގަން ހޯމް މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ހަމަޖައްސައިފި

09 މާރިޗު 2017
ވާހަކަ ދެއްކުމުގެ 32 ވަނަ ގައުމީ މުބާރާތް ފަށައިފި

ވާހަކަ ދެއްކުމުގެ 32 ވަނަ ގައުމީ މުބާރާތް ފަށައިފި

06 މާރިޗު 2017

އަހަރުތަކުން މިއަދު

13 އެޕްރީލު
ސަން ސިޔާމް އިރު ފުށީގައި އައު ޖެޓް ކާރު ތަޢާރަފްކޮށްފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަން ސިޔާމް އިރު ފުށީގައި އައު ޖެޓް ކާރު ތަޢާރަފްކޮށްފި

މަރުގެ އިންޒާރު އެތައްފަހަރެއްގެ މަތިން ދީފައިވާ ސަލްމާން ޚާން ދިރިއުޅޭ ގެއަށް ބަޑީގެ ހަމަލާތަކެއް ދީފި
20242 އަހަރު ކުރިން
ދުނިޔެ

މަރުގެ އިންޒާރު އެތައްފަހަރެއްގެ މަތިން ދީފައިވާ ސަލްމާން ޚާން ދިރިއުޅޭ ގެއަށް ބަޑީގެ ހަމަލާތަކެއް ދީފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ވިނަރެސް ފްލެޓަށް އެދެވޭނީ ޕޯޓަލް މެދުވެރިކޮށް، މަދުވެގެން ފަސް ފްލެޓް އިޚުތިޔާރުކުރުމުގެ ފުރުސަތު ލިބޭނެ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް ފްލެޓަށް އެދެވޭނީ ޕޯޓަލް މެދުވެރިކޮށް، މަދުވެގެން ފަސް ފްލެޓް އިޚުތިޔާރުކުރުމުގެ ފުރުސަތު ލިބޭނެ

އަރަބި ސްޓައިލް ޗިކަން ޝަވަރުމާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

އަރަބި ސްޓައިލް ޗިކަން ޝަވަރުމާ

ތުޅާދޫ ދާއިރާގެ ގޮނޑި ބާތިލް ކުރަން ސުޕްރީމް ކޯޓަށް ދާން އުޅޭ ކަން ހާމަވާ އޯޑިއޯއެއް ލީކްވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ތުޅާދޫ ދާއިރާގެ ގޮނޑި ބާތިލް ކުރަން ސުޕްރީމް ކޯޓަށް ދާން އުޅޭ ކަން ހާމަވާ އޯޑިއޯއެއް ލީކްވެއްޖެ

ވިލިމާލެ އިން ގެއްލިގެން ހޯދާ މީހާ ހުރީ މާލޭގައި، އޭނާގެ ހާލު ރަނގަޅު
20188 އަހަރު ކުރިން
ރާއްޖެ

ވިލިމާލެ އިން ގެއްލިގެން ހޯދާ މީހާ ހުރީ މާލޭގައި، އޭނާގެ ހާލު ރަނގަޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު