Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަދީބުގެ ޝަރީއަތް

އަދީބުގެ އިއުތިރާފްގެ އެއްބަސްވުން ޝަރީއަތުން ބަލައިގެންފި، އަވަސް ނިޔާގެ ޝަރީއަތުގެ އަޑުއެހުން އަންނަ ހޯމަ ދުވަހު

އަދީބު ވިދާޅުވީ އޭނާ 2012 އަދި 2013 ގައިވެސް ޓޫރިޒަމް މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި ކަމަށް، އޭރު ރަށްތަށް ކުށްޔަށް ދީނީ ބިޑްކޮށް ދެފުއް ފެންނަ ގޮތަށް ކަމަށް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 30 ސެޕްޓެމްބަރު 2020 | ބުދަ 12:59
ހައިކޯޓުގެ ޝަރީއަތުގެ އަޑުއެހުމުގައި ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު (ފައިލް ފޮޓޯ)

ހައިކޯޓުގެ ޝަރީއަތުގެ އަޑުއެހުމުގައި ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު (ފައިލް ފޮޓޯ)

އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅިގެން ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލި 7 ދައުވާއާ ގުޅިގެން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)އާއި އަދީބުއާ ދެމެދު ވެފައިވާ އިއުތިރާފްގެ އެއްބަސްވުން ޝަރީއަތުން ބަލައިގަނެ، އަވަސް ނިޔާގެ ޝަރީއަތެއް އަންނަ ހަފްތާގައި ބޭއްވުމަށް ނިންމައިފި އެވެ.

މީގެގެ އިތުރުން، އަވަސް ނިޔާގެ ޝަރީއަތް ނިމެންދެން އަދީބު ބަންދުގައި ބެހެއްޓުމަށްވެސް، މިމައްސލަަ ބައްލަވާ ގާޒީ ހަސަން ސައީދު ވަނީ ނިންމަވާފަ އެވެ.

Advertisement - newsAdvertisement

އަދީބުގެ މައްޗަށް ދައުލަތުން އުފުލާފައިވާ 7 ދައުވާއަކީ، ޚިޔާނާތްތެރިވުމުގައި ބައިވެރިވެފައިވާ ކަމަށް ބުނާ ދެ ދައުވާއަކާއި، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ތުހުމަތުގައި އުފުލާފައިވާ ދެ ދައުވާއަކާއި، މަނީ ލޯންޑަރ ކުރުމުގެ ކުށުގެ ދެ ދައުވާ އެވެ. އަދި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރިކަމުގެ ތުހުމަތުގައި އުފުލާފައިވާ ދައުވާ އެއްވެސް ހިމެނެއެވެ.

އަދީބުގެ މައްޗަށް އުފުލި އެދައުވާތަކާއި، ދައުވާ ކުރި ސަބަބުންތައް ވަރަށް ތަފްސީލްކޮށް، ދައުލަތުގެ ގާނޫނީ ވަކީލުން ވަނީ ވަކިވަކިން މިއަޑުއެހުމުގައި އިއްވާދެއްވާފަ އެވެ.

އެދައުވާތައް އިއްވުމާއެކު، އަދީބު ވެސް ވިދާޅުވީ، އެދައުވާތަކަށް އިއުތިރާފްވާ ކަމަށެވެ. މީގެއިތުރުން ޕީޖީއާއި އަދީބުއާ ދެމެދު ވެވިފައިވާ އިއުތިރާފްގެ އެއްބަސްވުމާ ގުޅޭގޮތުން ވެސް ދެފަރާތުން ވާހަކަ ދެއްކެވި އެވެ.

އިއުތިރާފްގެ އެއްބަސްވުމާ ގުޅޭގޮތުން، އަދީބު ވިދާޅުވީ، އެއީ ސައްހަ ރަނގަޅު އެއްބަސްވުމެއް ކަމަށެވެ.

އެހެންކަމުން ގާޒީ ވަނީ ޝަރީއަތަށް އެ އިއުތިރާފްގެ އެއްބަސްވުން ބަލައިގަންނަކަމަށް ނިންމަވާފަ އެވެ.

ނަމަވެސް އަދީބުގެ ގާނޫނީ ވަކީލު ވިދާޅުވީ، މިހާރު ވެވިފައިވާ އިއުތުރާފްގެ އެއްބަސްވުން އަލުން މުރާޖައާ ކުރުމަށް ޕީޖީއާއެކު މަޝްވަރާ ކުރެވިފައިވާ ކަމަށެވެ. އެކަމާ ގުޅިގެން އަދީބު ވިދާޅުވީ، މިހާރު ވެފައިވާ އިއުތިރާފްގެ އެއްބަސްވުމާއެކު، އެދައުވާތަކާއި ގުޅިގެން އަންނަ އަދަބުތަކަށް އިތުރަށް ލުއިލިބޭނެ ގޮތެއް ހަމަޖެހިގެން ދިއުމަކީ އޭނާގެ ބަލި ހާލަތާއި ގުޅިގެންވެސް ވަރަށް ބޮޑަށް ބޭނުންވާ ކަމެއްކަމަށް ވިދާޅުވެފަ އެވެ.

ނަމަވެސް ދައުލަތުގެ ވަކީލާ ވިދާޅުވީ، ދައުލަތުން ބޭނުންވަނީ މިހާރު ވެވިފައިވާ އެއްބަސްވުމާއެކު ކުރިއަށްދާން ކަމަށެވެ. ނަމަވެސް އަދީބުގެ ގާނޫނީ ވަކީލު ވިދާޅުވީ ދައުލަތުގެ ވަކީލުންވެސް، އެކަމަށް ފުރުސަތު ދިނުން އެދިލައްވާ ކަމަށެެވެ.

މިހާރު ވެވިފައިވާ އެއްބަސްވުމުގެ އިތުރަށް އިތުރު އެއްބަސްވުމެއް ވެވިދާނެތޯ ގާޒީ ސުވާލު ކުރެއްވުމުން އަދީބުގެ ގާނޫނީ ވަކީލު ވިދާޅުވީ، އެ އެއްބަސްވުން އަލުން މުރާޖައާކޮށް، އެއްބަސްވުމެއް ހެދުމަށް ގާނޫނީ ހުރަހެއް ނެތް ކަމަށެވެ.

ގާޒީ ވިދާޅުވީ، އަވަސް ނިޔާގެ ޝަރީއަތުގެ އަޑު އެހުމެއް އަންނަ ހަފްތާގެ ހޯމަ ދުވަހު ބޭއްވޭނެ ކަމަށެވެ.

އަދީބުގެ މި 7 ދައުވާ އިއްވުމާއެކު އަދީބު ވެސް ގާތްގަނޑަކަށް ބައިގަޑިއެއްހާއިރު، ވާހަަކަ ދެއްކެވި އެވެ. މައިގަނޑު ގޮތެއްގައި އަދީބު ވިދާޅުވީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ވަރަށް ގިނަ ފަރާތްތަކަށް މަންފާ ކޮށްފައިވާނެ ކަމަށާއި، އޭނާގެ އެއްބާރުލުން ދައުލަތަށް ނުލިބި، އެފައިސާ ލިބުނު މީހުންނާއި ފައިސާ ހޯދުމަށް ދައުލަތުން ކުރާ މަސައްކަތްތައް ވެސް އެންމެ އެދެވޭ ގޮތަކަށް ކުރިއަށް ނުދާނެ ކަމަށެވެ. އެހެންކަމުން އޭނާވެސް ބޭނުންވަނީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ދައުލަތަށް ގެއްލުނު ފައިސާ ދައުލަތަށް ހޯދާދިނުން ކަމަށާއި އެކަމަށް ދައުލަތަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށެވެ.

އަދީބު ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ބަލަން ބޭނުންނުވެ، އޭނާއާ ވަކި ބައެއް މިމައްސަލާގައި ޖަލަށްލުމަށް ބޭނުންވުމުން، އޭރު އެއްބާރުލުން ނުދިން ނަމަވެސް، ސަރުކާރު ބަދަލުވުމުން މިސަރުކާރަށް އެއްބާރުލުން ދެމުންދަނީ، މިސަރުކާރުން އިހުލާސްތެރިކަމާއެކު މިމައްސަލަތައް ބަލަން ބޭނުންވާތީ ކަމަށެވެ. އަދި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައަކީ ހަމައެކަނި އޭނާއާ ހަމައިން ނިމޭނެ މައްސަލައެއް ނޫންކަމަށާއި، އެމްއެމްޕީއާރުސީން ކުއްޔަށް ދޫކުރި ރަށްތަށް ކުއްޔަށް ދޫކުރުމުގައި އަމަލުކޮށްފައިވަނީ ރައީސް އޮފީހުން އަންގާ ގޮތެއްގެ މަތިން ކަމަށެވެ. އަދި އޭނާ އަމިއްލައަށް އެއްވެސް ރަށެއް ވިއްކާ ފައިސާ ނަގާފައި ނުވާނެ ކަމަށާއި، އެހުރިހާ މުއާލަމާތްތަކެއް ހިންގަމުންދިޔައީ ރައީސް އޮފީހުން އަންގާ ގޮތެއްގެ މަތިން ކަމަށް އަދީބު ވިދާޅުވި އެވެ.

އަދީބު ވިދާޅުވީ، 2012 އާއި 2013 ވަނަ އަހަރުވެސް ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި ކަމަށާއި، އޭރު ރަށްތަށް ކުށްޔަށް ދޫކުރަމުން ދިޔައީ ބިޑް ކޮށްގެން، ދެފުއްފެންނަ ގޮތަށް ކަމަށެވެ. ނަމަވެސް ރައީސް ޔާމީންގެ ވެރިކަމުގައި އެމްއެމްޕީއާރުގެ މެންޑޭޓަށް ބަދަލު ގެންނަވައި، ގާނޫނާއި ގަވާއިދު ތަކަށް ބަދަލު ގެންނަވައި، ރަށްތަށް ކުށްޔަން ދޫކުރަމުންދިޔައީ ރައީސް އޮފީހުން ރައީސް ދެއްވާ އިއުޝާދުގެ ދަށުން ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ، އެމްއެމްޕީއާރުގެ ހިޔާނާތާއި ކޮރަޕްޝަންުގެ އަމަލުތައް ހިންގީ 2014 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް، އެމްޕީއެލުން 77 މިލިއަން ރުފިޔާއާއި އެމްޓީޑީސީން ނެގި އެއް މިލިއަން ޑޮލަރާ ހަމައިން ކަމަށް ވެސް އަދީބު ވިދާޅުވި އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަދީބުގެ ސިއްހީ ފަރުވާ ނުލިބޭ މައްސަލަ ޓްރާންސްޕޭރެންސީ އަށް ހުށައަޅައިފި

އަދީބުގެ ސިއްހީ ފަރުވާ ނުލިބޭ މައްސަލަ ޓްރާންސްޕޭރެންސީ އަށް ހުށައަޅައިފި

13 ޖޫން 2017
އަދީބުގެ ސިއްޚީ ހާލުކޮޅާ މެދު އިހުމާލުވަމުންދާ މައްސަލަ އެޗްއާރްސީއެމްއަށް ހުށަހަޅައިފި

އަދީބުގެ ސިއްޚީ ހާލުކޮޅާ މެދު އިހުމާލުވަމުންދާ މައްސަލަ އެޗްއާރްސީއެމްއަށް ހުށަހަޅައިފި

31 މެއި 2017
އަދީބުގެ ބޭސްފަރުވާގެ ކަންތައްތަކާ ގުޅިގެން މުސްތަފާގެ ފާޑުކިޔުން ސަރުކާރަށް!

އަދީބުގެ ބޭސްފަރުވާގެ ކަންތައްތަކާ ގުޅިގެން މުސްތަފާގެ ފާޑުކިޔުން ސަރުކާރަށް!

30 މެއި 2017
އަދީބުގެ ސިއްޚީ ހާލުކޮޅާ ގުޅޭ ގޮތުން ބުނާނެ އެއްޗެއް ނެތް: ފުލުހުން

އަދީބުގެ ސިއްޚީ ހާލުކޮޅާ ގުޅޭ ގޮތުން ބުނާނެ އެއްޗެއް ނެތް: ފުލުހުން

27 މެއި 2017
އަލީމްގެ ޖޫރިމަނާ ފައިސާ އެންމެ ފަހުން ބަލައިގެންފި

އަލީމްގެ ޖޫރިމަނާ ފައިސާ އެންމެ ފަހުން ބަލައިގެންފި

08 މެއި 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު