Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަހުމަދު އަދީބު

އަދީބުގެ ސިއްހީ ފަރުވާ ނުލިބޭ މައްސަލަ ޓްރާންސްޕޭރެންސީ އަށް ހުށައަޅައިފި

އަދީބުގެ ލޮލުގެ ފެނުން ގެއްލިދާނެ

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 13 ޖޫން 2017 | އަންގާރަ 12:24
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު

ތިރީސް ތިން އަހަރުގެ ޖަލުގެ ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ބޭސްފަރުވާ ކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވާ ނުދިނުމުން އެމައްސަލައިގެ ކަންބޮޑުވުން ޓްރާންސްޕޭރެންސީ މޯލްޑިވްސްއަށް ހުށައަޅައިފިއެވެ.

މި މައްސަލަ ހުށަހަޅާފައި ވަނީ އަދީބުގެ ގާނޫނީ ވަކީލު މޫސާ ސިރާޖާއި އަދީބުގެ އާއިލާގެ ފަރާތުންނެވެ.

Advertisement - newsAdvertisement

ސިރާޖު ރާއްޖެއެމްވީއަށް ވިދާޅުވީ އަދީބުގެ ބޭސްފަރުވާގެ ކަންތައްތަކުގައި އެއްވެސް ފަރާތަކުން ޒިންމާ ނުނަގާތީ ކަންބޮވާކަމަށެވެ. އަދީބަށް ބޭސްފަރުވާ ކުރަން ޖެހޭއިރު ފުލުހުން ބުނަނީ އެކަމުގައި ޒިންމާ ނަގާނީ ކަރެކްޝަނަލް ސާވިސްއިން ކަމަށެވެ. ކަރެކްޝަނަލް ސާވިސްއިން ބުނަނީ އަދީބު ހުންނެވީ އެ މުއައްސަސާގެ ބެލުމުގެ ދަށުގައި ނޫން ކަމަށެވެ.

ސިރާޖު ވިދާޅުވީ އެއްވެސް މުއައްސަސާއަކުން އަދީބަށް ބޭސްފަރުވާ ކުރަން ނުޖެހޭކަމަށް ދޮގު ކުރާކަށް ނުކެރޭކަމަށެވެ. އަދި އެކަމާ ނުހަނު ކަންބޮޑުވާކަމަށާއި އަދީބަށް ވީހާވެސް އަވަހަކަށް ބޭސްފަރުވާ ކުރަން ޖެހޭނެ ކަމަށް ސިރާޖު ވިދާޅުވިއެވެ.

މީގެ އިތުރުން ސިރާޖު ވިދާޅުވީ އަދީބުގެ ހަށިގަނޑަށް އަންނަ ބަދަލަކީ މި ބަލިތަކުގެ ސަބަބުން އަންނަ ބަދަލުތައް ކަމަށެވެ. އަދީބުގެ ހަށިގަނޑަށް ވަނީ ޖަލަށްލީފަހުން ބަރުދަން ވަރަށް ބޮޑުތަން ލުއިވެފައެވެ.

ސިރާޖު މީގެ ކުރިން ވިދާޅުވީ އަދީބުގެ ކިޑްނީގައި ހިލަ އުފެދި ފައިވާއިރު، އެތެރެހަށީގައި ސިސްޓްތަކެއް ހުރި ކަމަށާއި ލޮލުގެ ފެނުން ގެއްލިގެން ގޮސްދާނެ ފަދަ ބައްޔެއް ކަމުގައިވާ ގުލޮކޮމާ ވަނީ އަދީބަށް ޖެހިފައިވާކަމަށެވެ.

މިކަންކަމަށް ފަރުވާނުކުރެވި ލަސްވެއްޖެ ނަމަ، އަދީބު ޖަލުގެ ގޮޅިތެރޭގައި މަރުވާނެ ކަމަށް ސިރާޖު ވަނީ ވިދާޅުވެފަ އެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު