Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެމްއޯސީން ޒިންމާ އަދާނުކުރުން

އެމްއޯސީގެ ހިންގާ ކޮމިޓީން ދުވަހަކުވެސް ބައްދަލެއް ނުކުރޭ: މަޙްލޫފް

ވަޒީރާއި ބައްދަލުކުރުން މި ހަފުތާގައި އެމްއޯސީން އެދުނު ނަަމަވެސް ފަހުން އެ ބައްދަލުވުން ކެންސަލް ކުރި

ހުސައިން ފަރިޔާޒް
ހުސައިން ފަރިޔާޒް | 30 ސެޕްޓެމްބަރު 2020 | ބުދަ 10:43
އައިއޯއިޖީ ރާއްޖޭގައި ބޭއްވުމަށް ގޭމްސްގެ ދިދަ މަރްޒޫގް ކުޅިވަރާ ބެހޭ ވަޒީރު މަޙްލޫފާ ހަވާލުކުރައްވަނިކޮށް

އައިއޯއިޖީ ރާއްޖޭގައި ބޭއްވުމަށް ގޭމްސްގެ ދިދަ މަރްޒޫގް ކުޅިވަރާ ބެހޭ ވަޒީރު މަޙްލޫފާ ހަވާލުކުރައްވަނިކޮށް

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އާއި ކުޅިވަރާ ބެހޭ ވުޒާރާއާ އެއްވެސް ވަރަކަށް މުއާމަލާތް ނުކުރެވޭ ކަމަށާއި ކުޅިވަރުގެ އެހާ މުހިންމު މުއައްސަސާއެއްގެ ގޮތުގައި އޮތްއިރު އެމްއޯސީއާ އެއްވެސް ގުޅުމެއް ނެތް ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގްރާމުގައި ވާހަކަ ދައްކަމުން ވަޒީރު ވިދާޅުވީ މިހާރު މިއޮތް ސަރުކާރު އެކުލަވާލާ މިއަދާ ހަމަޔަށް އައިއިރު އެމްއޯސީން ބައްދަލުކުރުމަށް ފޮނުވާފައިވަނީ އެންމެ ސިޓީއެއް ކަމަށާއި، އެ ސިޓީވެސް ފޮނުވާފައިވަނީ މި ހަފުތާގައި ކަމަށެވެ. އަދި ވަޒީރުކަމާ ހަވާލުވީ ފަހުން ފުރަތަމަ ފަހަރަށް އެމްއޯސީން ލިބުނު ސިޓީ އަކީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް އެދި ފޮނުވި ސިޓީއެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެބެ.

އެމްއޯސީން ލިބުނު ސިޓީއާއެކު އަންގާރަ ދުވަހު އެމްއޯސީގެ ހިންގާ ކޮމިޓީއާ ބައްދަލުކުރުމަށް ފުރުސަތު ދިން ނަމަވެސް، އެމްއޯސީން ފަހުން ވަނީ އެ ބައްދަލުވުން ކެންސަލް ކޮށްފައެވެ. އެހެންކަމުން ފުރަތަމަ ފަހަރަށް ބައްދަލުކުރަން ވަޒީރު ފުރުސަތު ދިން ނަމަވެސް އެ ބައްދަލުވުން ކުރިއަކަށް ނުދެއެވެ.

އެކަމަކު ވަޒީރު ވިދާޅުވީ އެމްއޯސީއާ އެއްވެސް ގުޅުމެއް ނެތް ނަމަވެސް، އެއްވެސް ފަޅުކަމެއް ނެތް ކަމަށާއި، ކުޅިވަރާ ބެހޭ ވުޒާރާ އާއި ވަޒީރާ ދެމެދު ކުޅިވަރު އެސޯސިއޭޝަންތަކުން ވަރަށް ގާތް ގުޅުމެއް ބާއްވާ ކަމަށެވެ.

ވަޒީރު ވިދާޅުވީ އެމްއޯސީ އާއި ކުޅިވަރާ ބެހޭ ވުޒާރާއާ ރަނގަޅު ގުޅުމެއް އޮންނަ ނަމަ، އެކީ މަސައްކަތް ކުރެވޭނެ ނަމަ، އިތުރަށް ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށެވެ.

އެމްއޯސީގެ ޒިންމާ އަދާނުކުރަނީތޯ ނޫނީ ނުކުރެވެނީތޯ ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ އެމްއޯސީގެ ރައީސް މުޙައްމަދު ޝަވީދުގެ ޝައުގުވެރިކަން މިހާރު ފެނިގެންދަނީ ވަރަށް ކުޑަކޮށް ކަމަށާއި، އެހެންކަމުން ޝަވީދު މިހާރު މަސައްކަތް ކުރައްވަނީވެސް ކުޅިވަރާ ވަރަށް ދުރުކޮށް ކަމަށެވެ.

އެމްއޯސީގެ ރައީސްގެ ޒިންމާ އަދާނުކުރާއިރު، ދެން އެ މަސައްކަތް ކުރަން ހުންނަ ފަރާތަކީ ޖެނަރަލް ސެކްރެޓަރީ އަޙްމަދު މަރުޒޫގް ކަމަށާއި، ވުޒާރާއާއެކު ގުޅިގެން މަސައްކަތް ކުރުމަކީ މަރުޒޫގުގެ ވަރަށް ބޮޑު ޒިންމާއެއް ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

އެމްއޯސީ އަކީ ވުޒާރާއާއެކު އަދި ސަރުކާރާ ގުޅިގެން ކުޅިވަރަށް ގިނަ މަސައްކަތްތަކެއް ކުރެވޭނެ ބޮޑީއަކަށް ވާއިރު، އެކަންތައްތައް ރަނގަޅުވެގެންދާނެ ކަމަށް ގަބޫލުކުރެވެނީ ކުރިއަށް އޮތް އެމްއޯސީގެ އިންތިޚާބާއެކު ކަމަށް ވަޒީރު ވިދާޅުވިއެވެ.

ރާއްޖެއިން ބޭރުގެ އެއްވެސް ކުޅިވަރު ހަރަކާތެއްގައި ވާދަކުރާއިރު އެކަން ކުރަން އޮންނަ ބޮޑީ އަކީ އެމްއޯސީ ކަމަށް ވާއިރު، ބޭރު ގައުމުތަކުން އެހީތެރިކަން ހޯދުމަށްވެސް އެމްއޯސީގެ ދައުރު އޮންނަ ނަމަ އެކަންކަން ފަސޭހަ ވެގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ދެވަނަ ދައުރެއް އަދާކުރަމުންދާ މިހާރުގެ އެމްއޯސީގެ ރައީސް މުޙައްމަދު ޝަވީދު 2017 ވަނަ އަހަރުގެ މެއި މަހު ބޭއްވި އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ފަހު ވިދާޅުވެފައި ވަނީ އިތުރު ދައުރަކަށް ދެން ކުރިމަތި ނުލައްވާނެ ކަމަށެވެ. ދައުރު ނިންމާލުމަށް ފަހު އައު ލީޑާޝިޕާ ތަން ހަވާލުކުރާނީ މިނިވަންތަނެއްގެ ގޮތުގައި ކަމަށް ޝަވީދު އޭރު ވިދާޅުވިއެވެ.

އަދި މިހާރު މި ހިނގާ ދައުރާއެކު އެމްއޯސީ އަކީ ހަމަ އިސްކޮޅަށް ދެމިލެވޭނެ ތަނަކަށް ހަދާނެ ކަމަށާއި، ވަކި ބަޔަކު ފައިސާ ދީގެން ނުވަތަ ނުދީގެން ކުރިއަށް ދެވިފައި ނުވަތަ ނުދެވިފައި އޮންނަ ތަނަކަށް އެމްއޯސީ ވާން ބޭނުން ނޫން ކަމަށްވެސް ޝަވީދު ވަނީ ވިދާޅުވެފައެވެ.

އިތުރަށް ކިޔާލަން

05 މާރިޗު 2019

ނެޓްބޯލް އެސޯސިއޭޝަންގެ އާ ހިންގާ ކޮމިޓީ މާރޗް މަހު އެކުލަވާލާނެ: ނޯމަލައިޒޭޝަން ކޮމިޓީ

05 މާރިޗު 2019
ނެޓްބޯލް އެސޯސިއޭޝަންގެ އާ ހިންގާ ކޮމިޓީ މާރޗް މަހު އެކުލަވާލާނެ: ނޯމަލައިޒޭޝަން ކޮމިޓީ
22 ފެބުރުއަރީ 2019

ކެރަމް އެސޯސިއޭޝަންގެ އައު ހިންގާ ކޮމިޓީ އިންތިހާބުވެއްޖެ

22 ފެބުރުއަރީ 2019
ކެރަމް އެސޯސިއޭޝަންގެ އައު ހިންގާ ކޮމިޓީ އިންތިހާބުވެއްޖެ
14 ޖެނުއަރީ 2019

އެފްއޭއެމްގެ ހިންގާ ކޮމިޓީއަށް ކޮކީ، މުފާ އަދި ހާނިމް އައްޔަންކޮށްފި

14 ޖެނުއަރީ 2019
އެފްއޭއެމްގެ ހިންގާ ކޮމިޓީއަށް ކޮކީ، މުފާ އަދި ހާނިމް އައްޔަންކޮށްފި
07 އޮކްޓޯބަރު 2018

ޓްރާންސިޝަން ކޮމިޓީން އިސްލާމިކް މިނިސްޓްރީއާ ބައްދަލުކޮށްފި

07 އޮކްޓޯބަރު 2018
ޓްރާންސިޝަން ކޮމިޓީން އިސްލާމިކް މިނިސްޓްރީއާ ބައްދަލުކޮށްފި
21 މެއި 2017

ބައްސާމް އާއި އެފްއޭއެމް ބަދުނާމުކުރުމަށް ހިންގާ އަމަލު އެ އިދާރާ އިން ކުށްވެރިކޮށްފި

21 މެއި 2017
ބައްސާމް އާއި އެފްއޭއެމް ބަދުނާމުކުރުމަށް ހިންގާ އަމަލު އެ އިދާރާ އިން ކުށްވެރިކޮށްފި
24 އެޕްރީލު 2017

އެމްއޯސީގެ އިންތިހާބުގައި ވޯޓް ނަގަން ޖެހެނީ އެންމެ މަގާމަކަށް

24 އެޕްރީލު 2017
އެމްއޯސީގެ އިންތިހާބުގައި ވޯޓް ނަގަން ޖެހެނީ އެންމެ މަގާމަކަށް
19 އެޕްރީލު 2017

އެމްއޯސީގެ އިންތިހާބު މޮނީޓާ ކުރުމަށް ކޮމިޓީއެއް އެކުލަވާލައިފި

19 އެޕްރީލު 2017
އެމްއޯސީގެ އިންތިހާބު މޮނީޓާ ކުރުމަށް ކޮމިޓީއެއް އެކުލަވާލައިފި
16 އެޕްރީލު 2017

އެމްއޯސީގެ މަގާމުތަކަށް ވާދަކުރުމަށް ފުރުސަތު ހުޅުވާލައިފި

16 އެޕްރީލު 2017
އެމްއޯސީގެ މަގާމުތަކަށް ވާދަކުރުމަށް ފުރުސަތު ހުޅުވާލައިފި
08 އެޕްރީލު 2017

އެމްއޯސީގެ އާދައުރަކަށް ކުރިމަތިލާނެކަން އިއުލާންކޮށް ޝަވީދުގެ މެސެޖް އެސޯސިއޭޝަންތަކަށް

08 އެޕްރީލު 2017
އެމްއޯސީގެ އާދައުރަކަށް ކުރިމަތިލާނެކަން އިއުލާންކޮށް ޝަވީދުގެ މެސެޖް އެސޯސިއޭޝަންތަކަށް
14 މާރިޗު 2017

އެޗް1އެން1 އާ ގުޅިގެން އެފްއޭއެމުން ހިންގާ މުބާރާތްތައް ފަސްކޮށްފި

14 މާރިޗު 2017
އެޗް1އެން1 އާ ގުޅިގެން އެފްއޭއެމުން ހިންގާ މުބާރާތްތައް ފަސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު