Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގާސިމްގެ މައްސަލަ

އަނެއްކާ ވެސް ގާސިމް ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގައިފި

ފުލުސް އޮފީހަށް ހާޒިރު ވުމަށް ގާސިމަށް އަންގާފައިވަނީ މިއަދު 16:00 އަށް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 19 އެޕްރީލު 2017 | ބުދަ 11:07
ގާސިމް އިބްރާހީމް

ގާސިމް އިބްރާހީމް

ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އަނެއްކާ ވެސް ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގައިފި އެވެ.

ގާސިމް ފުލުސް އޮފީހަށް ހާޒިރު ވުމަށް އަންގާފައި ވަނީ ބުދަ ދުވަހުގެ ހަވީރު 16:00 އަށެވެ. އެނގިފައިވާ ގޮތުގައި ގާސިމް ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގާފައި ވަނީ މިހާރު ބަލަމުންދާ މައްސަލައިގަ އެވެ.

Advertisement - newsAdvertisement

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ މައްޗަށް ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލައާއި ގުޅިގެން މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިންކަމުގެ ތުހުމަތުގެ އިތުރުން ދައުލަތުގެ ސަލާމަތީ ބާރުގެ ފަރާތްތަކަށް ނުފޫޒު ފޯރުވާ، ސަރުކާރާ ދެކޮޅު ހަރަކާތްތަކެއް ހިންގަމުންދާ ކަމުގެ ތުހުމަތުތަކެއްކޮށް، މީގެ ކުރިން ގާސިމް ހައްޔަރު ކޮށްފައިވެސް ވެއެވެ. މިމަހުގެ ހަ ވަނަ ދުވަހު ގާސިމް ހައްޔަރުކުރުމަށްފަހު ގާސިމް ދޫކޮށްލާފައިވަނީ އޭގެ ހަ ދުވަސް ފަހުން ގާސިމް ދޫކޮށްލުމަށް ހައިކޯޓުން އަމުރު ކުރުމާ ގުޅިގެންނެވެ.

ބުދަ ދުވަހުގެ ހަވީރު ގާސިމް ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގާފައިވާއިރު، މިދިޔަ އާދިއްތަ ދުވަހު ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން ގާސިމް ދިރިއުޅުއްވާ ގެ މާފަންނު ވިލާ އާއި ގާސިމްގެ ކުންފުނިތައް ހިންގާ ވިލާ ބިލްޑިންގގެ އިތުރުން ވިލާ ހައުސް ވެސް ބަލާ ފާސްކޮށްފައި ވެއެވެ. ނަމަވެސް އެއިން އެއްވެސް ތަނަކުން ފުލުހުންގެ ތަހުގީގަށް ބޭނުންވާ އެއްވެސް އެއްޗެއް ފެނިފައެއް ނުވެއެވެ.

ނަމަވެސް ހަމަ އެދުވަހު ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން ގާސިމް ފޯނު ވެސް އަތުލާފަ އެވެ.

ފުލުސް އޮފީހަށް ހާޒިރުވުމަށް ގާސިމަށް އަމްގާފައިވާއިރު، ގާސިމް ހިމެނިވަޑައިގަންނަވާ ގޮތަށް ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ލީޑަރުން ގެންދަވަނީ ރާއްޖޭގައި ހުންނަ ބޭރުގެ ފަރާތްތަކަށް ރާްޖޭގެ ސިޔާސީ ހާލަތާމެދު ކަންބޮޑުވާކަން ހާމަކޮށް، އެފަރާތްތަކާއެކު މަޝްވަރާތައް ކުރަމުންނެވެ. އެގޮތުން އދ. ގެ ރެސިޑެންޓް ކޯޑިނޭޓަރު ޝޮކޮ ނޮޑާ އާ އަންގާރަ ދުވަހު ބައްދަލު ކުރައްވާފައިވާއިރު، ހޯމަ ދުވަހު އިންޑިޔާގެ ހައިކޮމިޝަނަރު އަކްލޭޝް މިޝަރާ އާވެސް ބައްދަލުކުރައްވާ މަޝްވަރާ ކުރައްވާފައިވެއެވެ.

އިތުރަށް ކިޔާލަން

21 ފެބުރުއަރީ 2017

ގައުމަށް އަލުން އެނބުރިވަޑައިގަންނަވާނޭ ކަމަށް އަނެއްކާވެސް ރައީސް ނަޝީދު ވިދާޅުވެއްޖެ

21 ފެބުރުއަރީ 2017
ގައުމަށް އަލުން އެނބުރިވަޑައިގަންނަވާނޭ ކަމަށް އަނެއްކާވެސް ރައީސް ނަޝީދު ވިދާޅުވެއްޖެ
05 ފެބުރުއަރީ 2017

ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ

05 ފެބުރުއަރީ 2017
ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ
05 ފެބުރުއަރީ 2017

އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ

05 ފެބުރުއަރީ 2017
އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ
02 ފެބުރުއަރީ 2017

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން
20 ޖެނުއަރީ 2017

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017
މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު