Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުކޮޗިން ކާގޯ ފެރީ

އޮންލައިންކޮށް، ކާގޯ ފެރީގެ މައުލޫމާތު ވިޔަފާރިވެރިންނަށް ދެނީ!

29 ސެޕްޓެމްބަރު 2020 | އަންގާރަ 07:33

ކުޅުދުއްފުށިން މިސެޝަންގައި ބައިވެރިވުމަށް މިހާރުވަނީ ފުރުސަތު ހުޅުވާލާފައި

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 29 ސެޕްޓެމްބަރު 2020 | އަންގާރަ 07:33
ކޮޗިން ކާގޯ ފެރީ - އިންޑިއާ އާއި ރާއްޖެއާ ދެމެދު 2-3 ދަތުރު ކުރުމަށް ހަމަޖެހިފައިވޭ

ކޮޗިން ކާގޯ ފެރީ - އިންޑިއާ އާއި ރާއްޖެއާ ދެމެދު 2-3 ދަތުރު ކުރުމަށް ހަމަޖެހިފައިވޭ

ރާއްޖެ އާއި ކޮޗިންއާ ދެމެދު ފަށާފައިވާ ކާގޯ ފެރީގެ މަޢުލޫމާތު ވިޔަފާރިވެރިންނަށް ފޯރުކޮށްދިނުގެ މަސައްކަތް ފަށައިގަތުމަށް ތައްޔާރުވަމުން އަންނަ ކަމަށް ކުޅުދުއްފުށީގައި ހުންނަ ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ބުނެފި އެވެ.

ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ކުޅުދުއްފުށީ ބިޒްނަސް ސެންޓަރގެ މެނޭޖަރ އަރީޝާ މޫސާ ވިދާޅުވީ ހދ. އަތޮޅު ކައުންސިލްއާއި، މޯލްޑިވްސް ސްޓޭޓް ޝިޕިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއާއި ގުޅިގެން އޮންލައިން ސެޝަންއެއް ބޭއްވުމަށް ތައްޔާރުވަމުންދާ ކަމަށެވެ.

އެގޮތުން ކޮންމެ ރަށެއްގެ ރަށު ކައުންސިލަކުން ވަނީ ވިޔަފާރިކުރާ ފަރާތްތަކުގެ ތެރެއިން މިފެރީން މުދާ ގެނައުމުގެ ޝައުޤުވެރިކަން ހުރި ފަރާތްތަކަށް އޮންލައިން ސެޝަންގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައެވެ. ނަން ނޯޓު ކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށާއި ނަންނޯޓުކުރާ ފަރާތްތަކުން ވިޔަފާރީގެ ނަމާއި، އަަދި އެނޫންވެސް ކައުންސިލުތަކުން ރަޖިސްޓްރީވާއިރު ހިމަނަންޖެހޭ މައުލޫމާތުވަނީ އާންމުކޮށްފައެވެ.

އަރީޝާ ވިދާޅުވީ މިއީ ހަމައެކަނި ހދ އަތޮޅުގެ ރަށްތަަކަށް ހާއްސަކޮށްގެން ބާއްވާ ސެޝަންއެއް ނޫން ކަމަށާއި ހއ. އަދި ށ. އަތޮޅުގެ ވިޔަފާރިވެރިންނަށްވެސް ބައިވެރިވުމުގެ ފުރުޞަތު އެބައޮތް ކަމަށެވެ. ލިބޭ ތަރުހީބަށް ބެލުމަށްފަހު ބައިވެރިވުމުގެ ފުރުޞަތު އިތުރު ކޮށްލަން ގަސްތުކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަރީޝާ ފާހަގަކުރި ގޮތުގައި ކޮޗިން ކާގޯ ފެރީގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނަށް ހެޔޮ އަގުގައި މުދާ ލިބޭނެ ގޮތް މަގުފަހިވެގެން ދިއުމަކީ އެފަރާތްތަކުގެ ވިޔަފާރި އިތުރަށް ފުޅާވެ ސަރަހައްދުގެ އިޤްތިސާދުވެސް ކުރިއަރައިގެންދާ ކަމެއް ކަމަށެވެ.

"ރާއްޖެއެމްވީ"އާއި ވާހަކަދައްކަވަމުން ކުޅުދުއްފުށީ ކައުންސިލްގެ ރައީސް ޢަބްދުއްލަޠީފް ޙަސަން ވިދާޅުވީ އެކައުންސިލުންވެސް މިހާރު ރަޖިސްޓްރޭޝަންއަށް ހުޅުވާލާފައިވާ ކަމަށާއި އަންނަ ބުދަ ދުވަހުގެ 10:00 ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

އިންޑިއާގެ ކޮޗިންއިން މުދާ ހިފައިގެން ހދ.ކުޅުދުއްފުއްޓަށް އައި ފުރަތަމަ ކާގޯ ފެރީ އެރަށަށް ބަނދަރުކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ހެނދުނުއެވެ.

ފުރަތަމަ ދަތުރުގައި ކުޅުދުއްފުއްޓަށް 500 ޓަނުގެ ސިމެންތިއާއި، އަދި އެހެނިހެން ބާވަތްތަކުގެ މުދާ ހިމެނޭ 2 ކޮންޓެއިނަރު ގެނެސްފައިވެއެވެ. އަދި މާލެއަށްވެސް މިފެރީން މުދާ ގެނެސްފައިވެއެވެ.

އިންޑިއާގެ ކޮޗިންއިން ކާގޯއާ އެކީ އައި، މި ފުރަތަމަ ފެރީއަކީ އެއްފަހަރާ 3000 ޓަނުގެ މުދާ އުފުލޭ ބޯޓެކެވެ. އިންޑިއާ-ކޮޗިން ކާގޯ ފެރީގެ ރާއްޖޭގެ އެޖެންޓަކީ މޯލްޑިވްސް ސްޓޭޓް ޝިޕިންގއެވެ. މި ފެށި ކާގޯ ފެރީގެ ސަބަބުން އަގުހެޔޮކޮށް މުދާ ގެނައުމަށް ދިވެހި ވިޔަފާރިވެރިންނަށް މަގުފަހިވެގެންދާނެކަމަށް ސަރުކާރުން ބުނެއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

31 މާރިޗު 2018

ސަޓާއަށް އޮންލައިންކޮށް ވޯޓްލުމުގެ ފުރުސަތު ޖޫން މަހުގެ ނިޔަލަށް

31 މާރިޗު 2018
ސަޓާއަށް އޮންލައިންކޮށް ވޯޓްލުމުގެ ފުރުސަތު ޖޫން މަހުގެ ނިޔަލަށް
22 ފެބުރުއަރީ 2018

ޓެކްސްއާ ބެހޭ މައުލޫމާތު ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް މީރާ ދަތުރެއް ފަށަނީ

22 ފެބުރުއަރީ 2018
ޓެކްސްއާ ބެހޭ މައުލޫމާތު ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް މީރާ ދަތުރެއް ފަށަނީ
01 ފެބުރުއަރީ 2018

ވެލާނާ އެއާޕޯޓްގައި 12000 އަކަމީޓަރުގެ ކާގޯ ޓަރމިނަލެއް އެޅުމުގެ މަސައްކަތް ފަށައިފި

01 ފެބުރުއަރީ 2018
ވެލާނާ އެއާޕޯޓްގައި 12000 އަކަމީޓަރުގެ ކާގޯ ޓަރމިނަލެއް އެޅުމުގެ މަސައްކަތް ފަށައިފި
29 ޖެނުއަރީ 2018

ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މައުލޫމާތު އެއް ތަނަކުން ލިބޭނެ އެޕްލިކޭޝަނެއް ތައާރަފުކޮށްފި

29 ޖެނުއަރީ 2018
ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މައުލޫމާތު އެއް ތަނަކުން ލިބޭނެ އެޕްލިކޭޝަނެއް ތައާރަފުކޮށްފި
04 އޮކްޓޯބަރު 2017

އައިލެންޑް އޭވިއޭޝަނުން ކާގޯ އޮފީހުގެ ހިދްމަތް ފުޅާކޮށް އައިފާން ބިލްޑިންގަށް ބަދަލުކޮށްފި

04 އޮކްޓޯބަރު 2017
އައިލެންޑް އޭވިއޭޝަނުން ކާގޯ އޮފީހުގެ ހިދްމަތް ފުޅާކޮށް އައިފާން ބިލްޑިންގަށް ބަދަލުކޮށްފި
12 އޯގަސްޓު 2017

އާރުއޯއެލް ގެ ބިލްތައް އޮންލައިންކޮށް ދެއްކޭނެ އިންތިޒާމް ހަމަޖައްސައިފި

12 އޯގަސްޓު 2017
އާރުއޯއެލް ގެ ބިލްތައް އޮންލައިންކޮށް ދެއްކޭނެ އިންތިޒާމް ހަމަޖައްސައިފި
20 ޖޫން 2017

އޮންބޯޑް.އެމްވީ: ކަނޑު ދަތުރުފަތުރުގެ ޝެޑިއުލްގެ މައުލޫމާތު ފޯރުކޮށްދޭ ވެބްސައިޓް

20 ޖޫން 2017
އޮންބޯޑް.އެމްވީ: ކަނޑު ދަތުރުފަތުރުގެ ޝެޑިއުލްގެ މައުލޫމާތު ފޯރުކޮށްދޭ ވެބްސައިޓް
16 މާރިޗު 2017

ޗުއްޓީއާ ދިމާކޮށް ބޭރަށް ފުރާއިރު ޑޮލަރު ގަންނަ އިރު އޮންލައިންކޮށް ބުކިން ހެއްދޭކަން ބީއެމްއެލް އިން ހަނދާންކޮށްދީފި

16 މާރިޗު 2017
ޗުއްޓީއާ ދިމާކޮށް ބޭރަށް ފުރާއިރު ޑޮލަރު ގަންނަ އިރު އޮންލައިންކޮށް ބުކިން ހެއްދޭކަން ބީއެމްއެލް އިން ހަނދާންކޮށްދީފި
19 ފެބުރުއަރީ 2017

ފިޝާ ބްރޭންޑްގެ އުފެއްދުންތަކާ ގުޅޭ މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވައިފި

19 ފެބުރުއަރީ 2017
 ފިޝާ ބްރޭންޑްގެ އުފެއްދުންތަކާ ގުޅޭ މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވައިފި
01 ފެބުރުއަރީ 2017

ވެލާނާ އެއާޕޯޓުގައި ކާގޯ ސްކްރީން ކުރުމަށް އަގު ނަގަން ފަށަނީ

01 ފެބުރުއަރީ 2017
ވެލާނާ އެއާޕޯޓުގައި ކާގޯ ސްކްރީން ކުރުމަށް އަގު ނަގަން ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް