Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއާރުއޯއެލް

އާރުއޯއެލް ގެ ބިލްތައް އޮންލައިންކޮށް ދެއްކޭނެ އިންތިޒާމް ހަމަޖައްސައިފި

އާރުއޯއެލް ގެ އާ ވެބްސައިޓާއި އެކު ކަސްޓަމަރުންނަށް ލުއިފަސޭހަތަކެއް ލިބިގެންދާނެ

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 12 އޯގަސްޓު 2017 | ހޮނިހިރު 14:37
އާރުއޯއެލް ގެ އާ ފްރަންޓް އޮފީސް

އާރުއޯއެލް ގެ އާ ފްރަންޓް އޮފީސް

ރާއްޖޭގައި ފުޅާދާއިރާއެއްގައި އިންޓަރނެޓް ގެ ޚިދުމަތް ދެމުން އަންނަ ރާއްޖެއޮންލައިން ( އާރުއޯއެލް) ގެ ބިލްތައް އޮންލައިންކޮށް ދެއްކޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.

ރާއްޖެއޮންލައިން އިންޓަރނެޓް ބިލްތައް އޮންލައިންކޮށް ދެއްކޭނެ އިންތިޒާމް ހަމަޖައްސާފައި މިވަނީ ހޮނިހިރު ދުވަހު ހަވީރު ލޯންޗް ކުރެވުނު އެ ކުންފުނީގެ އާ ވެބްސައިޓް މެދުވެރިކޮށެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން އާރުއޯއެލްގެ ހެޑް އޮފް މާކެޓިން މަނާލް ލަތީފް ވިދާޅުވީ ރާއްޖެއޮންލައިންގެ އާ ވެބްސައިޓް މެދުވެރިކޮށް ކަސްޓަމަރުންނަށް ބިލްދެއްކުމުގެ އިތުރުން ބިލްތަކުގެ ތަފްސީލް ވެސް ކަސްޓަމަރުންނަށް ބަލާލެވޭނެކަމަށެވެ.

މަނާލް ވިދާޅުވީ ކުރިއަށް އޮތްތަނުގައި ރާއްޖެއޮންލައިންގެ ޚިދުމަތަށް އޮންލައިންކޮށް ހުށަހެޅޭނެ އިންތިޒާމް ހަމަޖެހިގެންދާނެކަމަށެވެ.

ރާއްޖެއޮންލައިންގެ އާ ވެބްސައިޓް ލޯންޗް ކޮށްފައިވާއިރު އެކުންފުނިން ވަނީ އެކުންފުނީގެ އާ ފްރަންޓް އޮފީހެއްވެއް ހުޅުވާފައެވެ.

އެ ފްރަންޓް އޮފީސްް ހުޅުވާފައި ވަނީ ކުރީގެ ނަސަންދުރަ ކައިރީ އަމީރުއަހުމަދު މަގުގައެވެ. އެ ފްރަންޓް އޮފީހާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން މަނާލް ވިދާޅުވީ އާ ފްރަންޓް އޮފީހުގެ ސަބަބުން އާރުއޯއެލް އިން ދެމުން ގެންދާ ޚިދުމަތްތަކަށް އިތުރު ހަލުވިކަމެއް އަންނާނެ ކަމަށެވެ. އަދި އާ ފްރަންޓްއޮފީހުގެ ސަބަބުން ކަސްޓަމަރުންނަށް ޚިދުމަތް ހޯދުމުގައި ވެސް ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައި މާލެ އާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވެސް އާރުއޯއެލްގެ އައުޓްލެޓް ތައް ހުޅުވިގެންދާނެ ކަމަށް މަނާލް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

03 ޖެނުއަރީ 2019

ދިރާގު ޕޭ މެދުވެރިކޮށް ސޮލަރެލް މޮޓޯ އިންޝުއަރެންސްއަށް މިހާރު ފައިސާދެއްކޭނެ!

03 ޖެނުއަރީ 2019
ދިރާގު ޕޭ މެދުވެރިކޮށް ސޮލަރެލް މޮޓޯ އިންޝުއަރެންސްއަށް މިހާރު ފައިސާދެއްކޭނެ!
24 އޮކްޓޯބަރު 2018

އެއްތަނަކުން ބިލްތައް ދެއްކޭނެ ހިދުމަތް ޕޭޔާރ މެދުވެރިކޮށް!

24 އޮކްޓޯބަރު 2018
އެއްތަނަކުން ބިލްތައް ދެއްކޭނެ ހިދުމަތް ޕޭޔާރ މެދުވެރިކޮށް!
30 ޖޫން 2018

ސަޓާ އެވޯޑްސްއަށް އޮންލައިންކޮށް ވޯޓުދިނުން މި މަހުގެ ނިޔަލަށް ހަމަވާނެ!

30 ޖޫން 2018
ސަޓާ އެވޯޑްސްއަށް އޮންލައިންކޮށް ވޯޓުދިނުން މި މަހުގެ ނިޔަލަށް ހަމަވާނެ!
28 ޖޫން 2018

އެމްފައިސާ މެދުވެރިކޮށް އެމްއެންޔޫގެ ކޯސް ފީ ދެއްކޭނެ ގޮތް ހަމަޖައްސަފި

28 ޖޫން 2018
އެމްފައިސާ މެދުވެރިކޮށް އެމްއެންޔޫގެ ކޯސް ފީ ދެއްކޭނެ ގޮތް ހަމަޖައްސަފި
14 ޖޫން 2018

ފަސް މިލިއަން ރުފިޔާއަށްވުރެ މަތިން އާމްދަނީ ލިބޭ ފަރާތްތަކުން އޮންލައިންކޮށް ޖީ.އެސް.ޓީ ބަޔާން ހުށަހަޅަން ޖެހޭގޮތަށް ހަމަޖައްސައިފި

14 ޖޫން 2018
ފަސް މިލިއަން ރުފިޔާއަށްވުރެ މަތިން އާމްދަނީ ލިބޭ ފަރާތްތަކުން އޮންލައިންކޮށް ޖީ.އެސް.ޓީ ބަޔާން ހުށަހަޅަން ޖެހޭގޮތަށް ހަމަޖައްސައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު