Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރަންގަލި ރިސޯޓުން ވަކިކުރި މުވައްޒަފުންގެ މައްސަލަ

ރަންގަލި ރިސޯޓުން ވަކި ކުރި 22 މުވައްޒަފުންނަށް 27.1 މިލިއަން ރުފިޔާ ދޭންޖެހުނު މައްސަލައިގެ އަޑުއެހުންތައް ނިމުމަކާ ގާތަށް!

27 ސެޕްޓެމްބަރު 2020 | އާދީއްތަ 07:06

އެނގިފައިވާ ގޮތުގައި އެ ރިސޯޓް ކުރިން ހިންގި މެނޭޖްމަންޓް މިހާރު ވަނީ ބަދަލުވެފައި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 27 ސެޕްޓެމްބަރު 2020 | އާދީއްތަ 07:06
ރަންގަލި ރިސޯޓުން ވަކިކުރި 22 މުވައްޒަފުންނަށް 27.1 މިލިއަން ރުފިޔާ ދޭންޖެހުނު މައްސަލާގައި މިއަދު ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމުގެ މަންޒަރެއް

ރަންގަލި ރިސޯޓުން ވަކިކުރި 22 މުވައްޒަފުންނަށް 27.1 މިލިއަން ރުފިޔާ ދޭންޖެހުނު މައްސަލާގައި މިއަދު ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމުގެ މަންޒަރެއް

ކްރައުން ކޮމްޕެނީ ޕްރައިވެޓް ލިމިޑެޓުން ކުރިން ހިންގަމުންދިޔަ، ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލެންޑް ރިސޯޓުން 2012 ވަނަ އަހަރު ވަޒީފާއިން ވަކި ކުރި 22 މުވައްޒަފަކަށް 27.1 މިލިއަން ރުފިޔާ ދޭންޖެހޭ ކަމަށް ހައިކޯޓުން ނިންމާފައިވާ މައްސަލައިގެ އިސްތިއުނާފް އަޑުއެހުމެއް އާދިއްތަ ދުވަހު ބާއްވައި ދެން ބޭއްވޭނީ ފަނޑިޔާރުންގެ ސުވާލުތަކާއި ހުލާސާ ގޮތެއްގައި ދެފަރާތުން ވާހަކަ ދެއްކުމަށް ބޭއްވޭ އަޑުއެހުން ކަމަށް ސުޕްރީމް ކޯޓުން ބުނެފިއެވެ.

އާދިއްތަ ދުވަހުގެ އަޑުއެހުން ނިންމާލައްވަމުން، މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ އިސް ފަނޑިޔާރު މަހާޒު އަލީ ޒާހިރު ވިދާޅުވީ، ދެން ބޭއްވޭ އަޑުއެހުމުގައި ފަނޑިޔާރުން ސުވާލު ކުރެއްވުމާއި ދެފަރާތުން ހުލާސާ ގޮތެއްގައި ދައްކަވަން ހުރި ވާހަކަތައް ދެއްކެވުމަށް ފުރުސަތު ލިބިވަޑައިގަންނަވާނެ ކަމަށެވެ.

އެހެންކަމުން، ދެން ބޭއްވޭ އަޑުއެހުމުގައި ފަނޑިޔާރުން ސާފުކުރަން ބޭނުންފުޅުވާ ކަންކަން ސާފުކުރައްވައި، އަދި ދެފަރާތުން ހުލާސާ ގޮތެއްގައި ދައްކަވަން ހުރި ވާހަކަތައް ދެއްކުމަށް ފުރުސަތު ދެއްވައި ނިންމާލެވިއްޖެނަމަ، އެ އަޑުއެހުމަށްފަހު، ދެން އޮންނީ ހުކުމް ކުރުމަށް ބޭއްވޭ ޝަރީއަތުގެ އަޑު އެހުމެވެ. ހުލާސާ ގޮތެއްގައި ދެފަރާތުން ދައްކަންހުރި ވާހަކަތައް ދެއްކުމަށް ބޭއްވޭ އެ އަޑުހުން ބޭއްވޭނެ ވަކި ތާރީހެއް ފަނޑިޔާރު އިއުލާން ކުރައްވާފައެއް ނުވެއެވެ.

އާދިއްތަ ދުވަހުގެ އަޑުއެހުމުގައި ވެސް މިމައްސަލަ އިސްތިއުނާފްކުރި ކްރައުން ކޮމްޕެނީގެ ގާނޫނީ ވަކީލުންނަށާއި ވަޒީފާއިން ވަކިކުރި މުވައްޒަފުންގެ ފަރާތުން ވަކާލާތު ކުރައްވާ ގާނޫނީ ވަކީލުންނަށް ވެސް ވާހަކަ ދެއްކުމަށް ފުރުސަތު ދެއްވި އެވެ.

ކްރައުން ކޮމްޕެނީން އެ 22 މުވައްޒަފުންނަށް މުސާރަ އާއި އެލަންވަންސްގެ ގޮތުގައި ލިބެންޖެހޭ ފައިސާ އާއި ވަޒީފާ އިއާދަކުރަން ޖެހުނީ، ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ކުރި ހުކުމް ހައިކޯޓުން ވެސް ތާއީދުކުތުމާއި ގުޅިގެންނެވެ. ހައިކޯޓުން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުން ރަނގަޅު ކަމަށް ނިންމުމުން، ކްރައުން ކޮމްޕެނީން ވަނީ މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްއިން ކޮށްފައިވާ ހުކުމްގައި ބުނެފައި ވަނީ ވަޒީފާއާ ބެހޭ ގާނޫނާއި އެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ އެއްވެސް ގަވާއިދެއްގައި ވެސް "ރިޑަންޑަންސީ" ނުވަތަ ވަޒީފާ އުވާލުމުގެެ ހާލަތު މެދުވެރިވުމަކީ މުވައްޒަފަކު ވަޒީފާއިން ވަކި ކުރުމަށް އެކަށީގެންވާ ސަބަބެއް ކަމަށް ބަޔާންކޮށްފައި ނުވާ ކަަމަށެވެ.

މީގެ އިތުރުން މި މައްސަލައިގައި ހިމެނޭ ފަރާތްތައް ވަކިކޮށްފައި ވަނީ އެ ފަރާތްތައް ވަޒީފާ އަދާކުރަންޖެހޭ ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލެންޑް ހިންގުމަށް ބޭނުންވާ މުވައްޒަފުންގެ އަދަދު ކުރިއަށް ވުރެ މަދުކޮށް ރިޑަންޑަންސީ އިއުލާނު ކުރުމާ ގުޅިގެން ކަަމަށް މައްސަލަ ރައްދުވި ފަރާތުން ބުނާ އިރު، މައްސަލަ ހުށަހެޅި ފަރާތްތައް ވަޒީފާއިން ވަކިކުރި މަރުހަލާއަށް ފަހު މުވައްޒަފުން މަދުކުރަން ޖެހޭތޯ ވަޒަންކޮށް މައްސަލަ ރައްދުވި ކުންފުނިން ބަލާފައިވާ ގޮތެއް އެނގެން ނެތް ކަމަށް ވެސް ހުކުމުގައި ވެއެވެ.

ވަޒީފާއާ ބެހޭ ގާނޫނުގެ 27 ވަނަ މާއްދާއަށް ރިއާޔާތްކޮށް މައްސަލަ ހުށަހެޅި ފަރާތްތައް ވަޒީފާއިން ވަކިކޮށްފައި ވަނީ، ވަޒީފާއާ ބެހޭ ގާނޫނާ ހިލާފަށް ކަމަށް ޓްރައިބިއުނަލްގައި މި މައްސަލަ ބެއްލެވި މެމްބަރުންގެ އިއްތިފާގުން ކަނޑަޅާފައި ވެއެވެ. ވަޒީފާއާ ބެހޭ ގާނޫނުގެ 29 ވަނަ މާއްދާގެ (ހ) ގެ އެއް ނަންބަރަށް ރިއާޔަތްކޮށް މައްސަލަ ހުށަހެޅި ފަރާތްތައް ކުރިން އަދާކުރަމުންދިޔަ ވަޒީފާގައި އަލުން ބެހެއްޓުމަށާއި އެފަރާތްތަކަކީ އެއްވެސް ހާލެއްގައި ވަޒީފާއިން ވަކިވެފައިވާ ފަރާތްތަކެއް ކަމުގައި ނުބެލުމަށާއި އެފަރާތްތަކަށް ވަޒީފާއިން ވަކިކުރިކަމަށް ބުނާ ތާރީހުން ފެށިގެން މި މައްސަލަ ނިމުނު ދުވަހާ ހަމައަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި އެފަރާތްތަކަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ވަޒީފާއިން ވަކިކުރިއިރު ދީފައިވާ ފައިސާ އުނި ކުރުމަށް ފަހު މައްސަލަ ހުށަހެޅި ފަރާތްތަކަށް ބާކީ ދޭން ޖެހޭ މިންވަރު 2012 ވަނަ އަހަރުގެ ފެބްރުއަރީ 19 އިން ފެށިގެން 10 ދުވަހުގެ ތެރޭގައި އެކީ އެއްފަހަރާ ދީ ހަލާސް ކުރުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ވަނީ އަންގާފައެވެ.

ރަންގަލި ރިސޯޓުން 22 މުވައްޒަފަކު ވަކި ކުރި މި މައްސަލައިގައި ހިމެނޭ ހުރިހާ މުވައްޒަފުންނަކީ ޓޫރިޒަމް އެމްޕްލޮއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) ގެ މެންބަރުންނެވެ. ޓީމް އަކީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ ހައްގުތަކަށް ވަކާލާތު ކުރާ ޖަމިއްޔާއެކެވެ. މި މައްސަލައިގައި އެއިން ކޮންމެ މުވައްފަކަށް ގާތްގަނޑަކަށް 80،000 އެމެރިކާ ޑޮލަރު ކްރައުން ކުންފުނިން ދައްކަން ޖެހޭ އިރު މިއީ މުޅި ޖުމްލަ ގާތްގަނޑަކަށް 1.7 މިލިއަން ޑޮލަރެވެ. އަދި ދިވެހި ފައިސާއިން ނަމަ، 27.1 މިލިއަން ރުފިޔާއެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު
26 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް

26 ޖެނުއަރީ 2017
 ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް
26 ޖެނުއަރީ 2017

މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

26 ޖެނުއަރީ 2017
މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ
22 ޖެނުއަރީ 2017

ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި

22 ޖެނުއަރީ 2017
ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
19 ޖެނުއަރީ 2017

ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

19 ޖެނުއަރީ 2017
ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
11 ޖެނުއަރީ 2017

މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި

11 ޖެނުއަރީ 2017
މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި
10 ޖެނުއަރީ 2017

ކެޕްޓަން އިހުސާން އެމްއެންޑީއެފް އިން ވަކިވެވަޑައިގެންފި

10 ޖެނުއަރީ 2017
ކެޕްޓަން އިހުސާން އެމްއެންޑީއެފް އިން ވަކިވެވަޑައިގެންފި
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް