Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް-19 ފެތުރުން ހުއްޓުވުން

ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ޙިލާފުވެގެން ކުރި ޖޫރިމަނާ ފައިސާގެ އަދަދު 6 މިލިއަނާ ގާތަށް

ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ކުރިޔާ އަޅާބަލައިރު މިހާރު އަމަލުކުރަމުންދާ މިންވަރު މަދު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 27 ސެޕްޓެމްބަރު 2020 | އާދީއްތަ 04:22
މާލެ މަގުމަތީގައި ބަޔަކު ސައިކަލްތަކެއް ދުއްވަނީ

މާލެ މަގުމަތީގައި ބަޔަކު ސައިކަލްތަކެއް ދުއްވަނީ

މިހާތަނަށް އައިއިރު ބޭރުގައި އުޅޭއިރު މާސްކު ނާޅާ އުޅުނު 1798 މީހަކާއި ކާފިޔު ގަޑީގައި ބޭރުގައި އުޅުނު 2195 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ހޮނިހިރު ދުުވަހުގެ ރޭ ހެލްތް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް އާންމުން އަމަލުކުރަމުންދާ ގޮތާއި މިކަމާއި ގުޅޭގޮތުން ފުލުހުން ކުރިޔަށް ގެންދާ އޮޕަރޭޝަނާއި ގުޅޭގޮތުން މައުލޫމާތު ދެއްވީ ފުލުހުންގެ ޗީފް ސުޕްރިންޓެންޑެންޓު އޮފް ޕޮލިސް އަބްދުﷲ ޝަރީފްއެވެ.

Advertisement - newsAdvertisement

ޝަރީފް ވިދާޅުވީ ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ކުރިޔާ އަޅާބަލައިރު މިހާރު އަމަލުކުރަމުންދާ މިންވަރު ދަށް ކަމަށް ފާހަގަކުރެވޭ ކަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މިގޮތަށް އަޅާފައިވާ އެކި ފިޔަވަޅުތަކާއި ޚިލާފުވުމުގެ ސަބަބުން ނަސޭހަތްދީ ޖޫރިމަނާކުރެވޭ މިންވަރު އިތުރުވަމުންދާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

އެގޮތުން އޮގަސްޓް މަހުން ފެށިގެން ބޭރުގައި އުޅޭއިރު މާސްކު އެޅުން މަނާކޮށްފައިވާއިރު އެގޮތާއި ޚިލާފުވެގެން އުޅުނު 3677 މީހަކަށް މިހާތަނަށް އައިއިރު ނަސޭހަތްދީފައިވާ ކަމަށެވެ. އަދި ބޭރުގައި އުޅުން މަނާކޮށްފައިވާ ގަޑިތަކުގައި ބޭރުގައި އުޅެގެން މިހާތަނަށް އައިއިރު 4633 މީހަކަށް ނަސޭހަތްދީފައިވާ ކަަމަށް ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން ޝަރީފް ވިދާޅުވީ، ކާފިޔު ގަޑީގައި ދުއްވާ އެއްޗެހި ދުއްވުން މަނާކޮށްފައި އޮންނައިރު އެ ގަޑީގައި ދުއްވާ އުޅަނދުފަހަރު ގިނަވެފައިވާކަން ފާހަގަކުރެވޭ ކަމަށެވެ. އެގޮތުން ހަތަރުފުރޮޅުލީ އުޅަނދާއި ސައިކަލް ދުއްވާ ދުއްވުން އެގަޑީގައި ކުރިޔާ އަޅާބަލާއިރު އިތުރުވެފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ. މިހާތަނަށް އައިއިރު މަނާ ގަޑީގައި ދުއްވާ އެއްޗެހި ދުއްވައިގެން 4321 މީހަކަށް ނަސޭހަތްދީފައިވާއިރު، 781 މީހަކު ޖޫރިމަނާކޮށްފައިވާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ހުރިހާ އެންމެންވެސް ސަމާލުކަން ދޭންޖެހޭ ކަމަށާއި އެހަން ނުވާނަމަ، އަނެއްކާވެސް ވައިރަސް ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާނެ ކަމަށެވެ. އެހެންކަމުން މިގޮތަށް އަޅާފައިވާ ފިޔަވަޅުތަކަށް ރައްޔިތުން ބޯލަނބާތޯ ބަލަމުންދާނެ ކަމަށާއި އަދި ގަވާއިދާ ޚިލާފުވާ ފަރާތްތައް ޖޫރިމަނާކުރަމުންދާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

މާލެ ސަރަހައްދުގައި ކޮވިޑް-19 ޖެހޭ މީހުން އިތުރުވަމުން ދިޔުމާއެކު އޮގަސްޓްމަހު ތެރޭގައި ވަނީ ރޭގަނޑު ބޭރުގައި އުޅުން ވަކި ގަޑިތަކެއްގައި މަނާކޮށް، ބޭރުތެރޭގައި އުޅޭއިރު މާސްކު އަޅަން މަޖުބޫރުކޮށްފައެވެ. އަދި އޮގަސްޓްމަހުގެ 22ން ފެށިގެން ރޭގަނޑު 8ން ފެށިގެން ފަތިހު 5ށް ދުއްވާ އެއްޗެހި ދުއްވުން ވަނީ މަނާކޮށްފައެވެ. ރައްކާތެރިކަމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކާ ހިލާފުވެއްޖެނަމަ ޖޫރިމަނާކުރަނީ 1000ރ. އިންނެވެ.

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

އިމާރާތުގެ ފެންވަރު ރަނގަޅެއް ނޫން، ފައިސާގެ ދޭކަން ނުޖެހޭނެ: މައުމޫންގެ އާއިލާ

20 ފެބުރުއަރީ 2017
އިމާރާތުގެ ފެންވަރު ރަނގަޅެއް ނޫން، ފައިސާގެ ދޭކަން ނުޖެހޭނެ: މައުމޫންގެ އާއިލާ
12 ފެބުރުއަރީ 2017

ޕެންޝަން ނުދައްކައިގެން ހަތަރު ލައްކަ ރުފިޔާއިން ކުންފުންޏެއް ޖޫރިމަނާކޮށްފި

12 ފެބުރުއަރީ 2017
ޕެންޝަން ނުދައްކައިގެން ހަތަރު ލައްކަ ރުފިޔާއިން ކުންފުންޏެއް ޖޫރިމަނާކޮށްފި
10 ފެބުރުއަރީ 2017

ޕީޕީއެމްއަށް މެމްބަރުން އިތުރުކުރުން: ބެންކޮކް ދަތުރު، ފައިސާގެ އިނާމު، މަޖުބޫރު!

10 ފެބުރުއަރީ 2017
ޕީޕީއެމްއަށް މެމްބަރުން އިތުރުކުރުން: ބެންކޮކް ދަތުރު، ފައިސާގެ އިނާމު، މަޖުބޫރު!
05 ފެބުރުއަރީ 2017

ފޮރިން މިނިސްޓްރީ އަށް 2014 ވަނަ އަހަރު ލިބެންޖެހޭ ފައިސާގެ ހިސާބުކަށަވަރެއް ނުވޭ: އޮޑިޓް ރިޕޯޓް

05 ފެބުރުއަރީ 2017
ފޮރިން މިނިސްޓްރީ އަށް 2014 ވަނަ އަހަރު ލިބެންޖެހޭ ފައިސާގެ ހިސާބުކަށަވަރެއް ނުވޭ: އޮޑިޓް ރިޕޯޓް
02 ފެބުރުއަރީ 2017

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

02 ފެބުރުއަރީ 2017
ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު