Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19 ދުނިޔޭގެ ހާލަތު

ކޮވިޑް-19 އަށް އުފައްދާ ވެކްސިނެއް ފުޅާ ދާއިރާއެއްގައި ބޭނުންކުރަން ފެށުމުގެ ކުރިން، 2 މިލިއަން މީހުން މަރުވެދާނެ: ޑަބްލިޔުއެޗްއޯ

މިބަލީގައި މިހާތަނަށް 990،000 ށް ވުރެ ގިނަ މީހުން ވަނީ މަރުވެފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 25 ސެޕްޓެމްބަރު 2020 | ހުކުރު 21:47
ޖެނީވާގައި ހުންނަ ޑަބްލިޔުއެޗްއޯގެ މައި އިދާރާ

ޖެނީވާގައި ހުންނަ ޑަބްލިޔުއެޗްއޯގެ މައި އިދާރާ

ކޮވިޑް-19 އަށް ވެކްސިނެއް އުފެއްދި ފުޅާ ދާއިރާއެއްގައި ބޭނުންކުރަން ފެށުމުގެ ކުރިން ވައިރަސް ޖެހިގެން ދެ މިލިއަން މީހުން މަރުވެދާނެ ކަމަށާއި ވައިރަސް އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް އަމަލުނުކުރާނަމަ އެއަށްވުރެ ގިނަ މީހުން ވައިރަސް ޖެހިގެން މަރުވާނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ބުނެފި އެވެ.

ހުކުރު ދުވަހު އެޖަމިއްޔާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އދ ގެ އެމަރޖެންސީ ޕްރޮގްރާމްގެ ހެޑް މައިކް ރިޔާން ވިދާޅުވީ ވައިރަސް އިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކަށް ސަމާލުކަންނުދޭ ނަމަ އެއަދަދަށް މީހުން މަރުވުމަކީ ވަރަށް ގާތްކަމެއް ކަމަށެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގެ 31 ވަނަ ދުވަހު ޗައިނާގެ ވުހާން އިން ކޮވިޑް-19 ފެނުނު ފަހުން 9 މަސްވާން އަންނައިރު މިހާތަނަށް މިބަލީގައި 990،000ށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ރިޔާން ވިދާޅުވީ އަލަށް ފެންނަމުންދާ ގިނަ ކޭސްތަކަކީ ޒުވާނުންގެ ފުށުން ފެންނަމުންދާ ކޭސްތަކަކަށް ވިޔަސް އެކަމުގެ ޒިންމާ ޒުވާނުންގެ ބޮލުގައި ނޭޅުވުމަށެވެ. ދުނިޔޭގެ އެކި ހިސާބުތަކުގައި ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ތައް ދޭން ފެށުމާއެކު ވައިރަސް ފެތުރޭ މިންވަރު ވަނީ މައްޗަށްދާން ފަށާފައެވެ.

ރިޔާން ވިދާޅުވީ ވައިރަސް ފަތުރަނީ ޒުވާނުންނޭ ބުނެ އެކަމުގެ އިނގިލި އެކަކު އަނެކަކާ ދިމާލަށް ދިއްކުރާ ބަޔަކަށް އެންމެން ނުވާނެ ކަމަށް އުންމީދުކުރާ ކަމަށެވެ. ޒުވާނަކާ ދިމާލަށް ދުވަސްވީ މީހަކު އިނގިލިދިއްކޮށް އެކަމުގެ ޒިންމާ އުފުލަންޖެހޭނެ ކަމަށް ބުނުމަކީ ޒުވާނަކު އެންމެ ފަހު ކަމެއްގެ ގޮތުގައި އަޑުއަހާނެ ކަންތައް ކަމަށް ރިޔާން ވިދާޅުވި އެވެ.

އަނެއްކޮޅުން ޑަބްލިޔުއެޗްއޯއިން އަންނަނީ ދުނިޔޭގެ އެކި ހިސާބުތަކަށް ފުޅާ ދާއިރާއެއްގައި ވައިރަސް އަށް އުފައްދާ ވެކްސިން ފޯރުކޮށްދިނުމަށް އެކަށައަޅާފައިވާ ޕްރޮގްރާމް ކަމުގައިވާ ކޮވޭވެކްސް ގައި ޗައިނާއިން ބައިވެރިވޭތޯ އަދިވެސް އެގައުމާއެކު ވާހަކަތައް ކުރިޔަށް ގެންދަމުންނެވެ. މީގެ ހަފްތާ އެއް ކުރިން ވަނީ ކޮވޭވެކްސްގައި ބައިވެރިވުމުގެ މުއްދަތު ހަމަވެފައެވެ.

ޗައިނާ އާއެކު ކުރިޔަށްގެންދާ ވާހަކަތަކުގައި ކޮވިޑް-19 އަށް ޗައިނާއިން އުފައްދަމުން އަންނަ ވެކްސިން ފުޅާ ދާއިރާއެއްގައި ދުނިޔޭގެ އެހެން ގައުމުތަކަށް ލިބޭނެ އިންތިޒާމުތަކާއި ގުޅޭގޮތުންވެސް ވާހަކަ ދައްކަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އިތުރަށް ކިޔާލަން

16 ޑިސެމްބަރު 2017

އެމެރިކާގެ ނައިބު ރައީސް ޕެންސްގެ ދަތުރުފުޅާއި ދިމާކޮށް ގުދުސްގައި މުޒާހަރާ ކުރުމަށް ފަތަހް ޖަމާއަތުން ގޮވާލައިފި

16 ޑިސެމްބަރު 2017
އެމެރިކާގެ ނައިބު ރައީސް ޕެންސްގެ ދަތުރުފުޅާއި ދިމާކޮށް ގުދުސްގައި މުޒާހަރާ ކުރުމަށް ފަތަހް ޖަމާއަތުން ގޮވާލައިފި
27 ނޮވެމްބަރު 2017

ޔޫރަޕުން ބިރުދައްކާނަމަ ދިގުރާސްތާގެ މިސައިލް އުފައްދާނަން:އިރާން

27 ނޮވެމްބަރު 2017
ޔޫރަޕުން ބިރުދައްކާނަމަ ދިގުރާސްތާގެ މިސައިލް އުފައްދާނަން:އިރާން
15 ނޮވެމްބަރު 2017

ސްރީދޭވީގެ ދަރިފުޅާއި، ޝާހިދުގެ ކޮއްކޮ ބޮލީވުޑަށް، ދަޅަކްގެ ފުރަތަމަ ފެނިލުން ދައްކާލައިފި

15 ނޮވެމްބަރު 2017
ސްރީދޭވީގެ ދަރިފުޅާއި، ޝާހިދުގެ ކޮއްކޮ ބޮލީވުޑަށް، ދަޅަކްގެ ފުރަތަމަ ފެނިލުން ދައްކާލައިފި
28 އޮކްޓޯބަރު 2017

ނިއުކްލިއާ ހަތިޔާރު އުފައްދާ އަދި ގެންގުޅޭ އުތުރު ކޮރެއާ އެއް އެމެރިކާ އިން ގަބޫލު ނުކުރާނެ: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ

28 އޮކްޓޯބަރު 2017
ނިއުކްލިއާ ހަތިޔާރު އުފައްދާ އަދި ގެންގުޅޭ އުތުރު ކޮރެއާ އެއް އެމެރިކާ އިން ގަބޫލު ނުކުރާނެ: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ
10 އޮކްޓޯބަރު 2017

ކެލިފޯނިއާގެ ވައިން އުފައްދާ ސަރަހައްދުގައި ރޯވެ އަނދަނީ

10 އޮކްޓޯބަރު 2017
ކެލިފޯނިއާގެ ވައިން އުފައްދާ ސަރަހައްދުގައި ރޯވެ އަނދަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު