Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޑި ބޮއާ ނެދަލެންޑްސްއާ ހަވާލުވުން

ނެދަލެންޑްސްގެ ކޯޗަކަށް ޑި ބޮއާ ހަމަޖައްސައިފި

ޑި ބޮއާ އަކީ ނެދަލެންޑްސްގެ ގައުމީ ފުޓްބޯޅަ ޓީމަށް ތިންވަނައަށް އެންމެ ގިނަ މެޗު ކުޅެދީފައިވާ ކުޅުންތެރިޔާ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 25 ސެޕްޓެމްބަރު 2020 | ހުކުރު 16:17
ނެދަލެންޑްސްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ފްރޭންކް ޑި ބޮއާ

ނެދަލެންޑްސްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ފްރޭންކް ޑި ބޮއާ

ނެދަލެންޑްސްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް ނެދަލެންޑްސްގެ ކުރީގެ ޑިފެންޑަރު ފްރޭންކް ޑި ބޮއާ ހަމަޖައްސައިފިއެވެ.

ޑި ބޮއާ އަކީ ނެދަލެންޑްސްގެ ގައުމީ ފުޓްބޯޅަ ޓީމަށް ތިންވަނައަށް އެންމެ ގިނަ މެޗު ކުޅެދީފައިވާ ކުޅުންތެރިޔާއެވެ. ޑި ބޮއާ ނެދަލެންޑްސްގެ ފުޓްބޯޅަ ޓީމާ ހަވާލުވީ މިދިޔަ އޮގްސްޓް މަހު ރޮނާލްޑް ކޫމަން ބާސެލޯނާއާ ހަވާލުވުމާ ގުޅިގެންނެވެ. އެއާއެކު މި މަހުގެ ކުރީކޮޅު ޔުއެފާ ނޭޝަންސް ލީގުގައި ނެދަލެންޑްސްއިން ކުޅުނު ދެ މެޗުގައި އިރުޝާދު ދީފައިވަނީ ކުރީގެ އެސިސްޓަން ކޯޗު ޑްވައިޓް ލޮޑެވެޔެސްއެވެ.

ނެދަލެންޑްސްގެ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް އުމުރުން 50 އަހަރުގެ ޑި ބޮއާ ހަމަޖައްސާފައިވަނީ 2022 ވަނަ އަހަރު އޮންނަ ފީފާ ވޯލްޑް ކަޕްގެ ނިޔަލަށެވެ. އަދި އެ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް ކުރީގެ ފޯވާޑް ރޫޑް ވެން ނިސްޓެލްރޫއީ ވަނީ ހަމަޖައްސާފައެވެ.

ޑި ބޮޔާ އެންމެ ފުރަތަމަ ކޯޗިންގެ ކެރިއަރު ފަށާފައިވަނީ އަޔަކްސްއިންނެވެ. އަޔެކްސްގައި ހޭދަކުރި ފަސް ސީޒަނުގެ ތެރެއިން ހަތަރު ފަހަރު އެ ޓީމަށް ޑި ބޮއާ ވަނީ ނެދަލެންޑްސް ލީގު ހޯދައިދީފައެވެ.

އޭގެ ފަހުން 2016 ވަނަ އަހަރު ޑި ބޮއާ އިންޓަ މިލާނާ ހަވާލުވި ނަމަވެސް، އިންޓަގެ ކޯޗުކަމުން 14 މެޗަށްފަހު އޭނާ ވަނީ ވަކިކޮށްފައެވެ. އަދި އޭގެ ފަހުން ކްރިސްޓަލް ޕެލަސްއާ އޭނާ ހަވާލުވިއިރު، ފަސް މެޗަށްފަހު އެ ޓީމުގެ ކޯޗުގެ މަގާމުންވެސް ޑި ބޮއާ ވަކިކުރިއެވެ. އެންމެ ފަހުން ޑި ބޮއާ އިރުޝާދު ދީފައިވަނީ އެމެރިކާގެ މޭޖާ ލީގުގައި ވާދަކުރަމުން އަންނަ އެޓަލާންޓާ ޔުނައިޓެޑަށެވެ.

އިތުރަށް ކިޔާލަން

02 މެއި 2017

ބައްސާމްގެ ދައުރު ނިމެންދެން އަންހެން ފުޓުބޯޅަ ޓީމުގެ ކޯޗަކަށް އާތީ

02 މެއި 2017
ބައްސާމްގެ ދައުރު ނިމެންދެން އަންހެން ފުޓުބޯޅަ ޓީމުގެ ކޯޗަކަށް އާތީ
09 އެޕްރީލު 2017

ޕޮލިސް އަންހެން ފުޓްސަލް ޓީމުގެ ކޯޗަކަށް ޑަކޭ

09 އެޕްރީލު 2017
ޕޮލިސް އަންހެން ފުޓްސަލް ޓީމުގެ ކޯޗަކަށް ޑަކޭ
03 އެޕްރީލު 2017

އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރަށް ތުރުކީގެ ޖޭން ވަންލީ ހަމަޖައްސައިފި

03 އެޕްރީލު 2017
އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރަށް ތުރުކީގެ ޖޭން ވަންލީ ހަމަޖައްސައިފި
14 މާރިޗު 2017

ލެސްޓާގެ ކޯޗަކަށް ޝޭކްސްޕިއާ

14 މާރިޗު 2017
ލެސްޓާގެ ކޯޗަކަށް ޝޭކްސްޕިއާ
07 މާރިޗު 2017

ގައުމީ ޓީމުގެ ކޯޗަކަށް އަނެއްކާ ވެސް ސްޓެވާޓް، އެއްބަސްވުމުގައި ސޮއިކޮށްފި

07 މާރިޗު 2017
ގައުމީ ޓީމުގެ ކޯޗަކަށް އަނެއްކާ ވެސް ސްޓެވާޓް، އެއްބަސްވުމުގައި ސޮއިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު