Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ކުމުންދޫ ނޭޗަރ ޕާރކް

ކުމުންދޫ ނޭޗާރ ޕާރކް ބަލާލަންދާން ލޯންޗް ފެރީއެއް ހަމަޖައްސައިފި

ކުމުންދޫ ނޭޗަރ މާޗް ބަލާލުމަށް ކޮންމެ ހޮނިހިރު ދުވަހު ދެ ދަރުތު ކުރާނެ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 25 ސެޕްޓެމްބަރު 2020 | ހުކުރު 06:53
ކުމުންދޫ ނޭޗަރ ޕާރކް: ކުމުންދޫގެ އަމިއްލަ ޖަމިއްޔާއަކުން އެރަށުގައި ތަރައްގީކުރި ތަނެއް

ކުމުންދޫ ނޭޗަރ ޕާރކް: ކުމުންދޫގެ އަމިއްލަ ޖަމިއްޔާއަކުން އެރަށުގައި ތަރައްގީކުރި ތަނެއް

ހދ. ކުޅުދުއްފުށީ މަރިޔާޒް ލޯންޗުން، ހދ. ކުމުންދޫ ނޭޗާރ ޕާރކް ބަލާލަންދާން ބޭނުންވާ ފަރާތްތަކަށް ހާއްސަ ލޯންޗް ފެރީއެއް ބާއްވަން ނިންމައިފިއެވެ.

މަރިޔާޒު ލޯންޗްގެ ވެރިޔާ މުހައްމަދު އިބްރާހިމް "ރާއްޖެއެމްވީ" އަށް މައުލޫމާތު ދެމުން ބުނީ، 22 މީހުންގެ ޖާގައިގެ އެ ލޯންޗު ފެރީ ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ހޮނިހިރު ދުވަހެއްގަ ކަމަށެވެ.

Advertisement - newsAdvertisement

މުހައްމަދު ބުނީ، މި ފެރީ ހަމަޖެއްސީ، ގިނަ ބަޔަކު، ކުމުންދޫ ނޭޗަރ ޕާކް ބަލާލަންދާން އެދެމުންދާތީ ކަމަށެވެ. އެގޮތުން ކުމުންދޫއަށް ދެވޭނެ ފަސޭހަ ފުރުސަތެއް ތަނަވަސްކޮށްދިނުމުގެ ގޮތުން އަލަށް ފަށައިގަންނަ ހިދްމަތެއް ކަމަށް މުހައްމަދު ބުނެއެވެ.

މުހައްމަދު ބުނީ، ފުރަތަމަ އެއްމަހަށް ޝެޑިއުލްކޮށްފައި ވީނަމަވެސް ޑިމާންޑަށް ބަލައި ކުރިއަށް އޮތްތަނުގައި ދަތުރުތައް ބާއްވާނެކަމަށެވެ. އެގޮތުން، 10 ވަރަކަށް މިނެޓްގެ މިދަތުރުގައި ކުޅުދުއްފުށިން ފުރުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހު ހެނދުނު 7:00 ގައި ކަމަށާއި ދެ ވަނަ ދަތުރު 15:15 ކުޅުދުއްފުށިން ފުރާނެ ކަމާއި، ކުމުންދޫ އިން ކުޅުދުއްފުއްޓަށް ފުރާނެ ފަހު ދަތުރަކީ 19:15 ކަމަށް މުހައްމަދު ބުނެއެވެ. އެގޮތުން ހޮނިހިރު ދުވަހު ދެ ދަތުރު ކުރާނެ ކަމަށް މުހައްމަދު ބުނެއެވެ.

ލޯންޗަށް ގުޅާލައިގެން ނަންނޯޓް ކޮށްލުމުން ބުކިން ހައްދާލެވުމުގެ ކަންތައް ހަމަޖެހިފައިވާއިރު ދަތުރުގެ އަގަކީ ކޮޅަކަށް 50ރ. އެވެ. އަދި ބުކިންގ ހެއްދުމަށާއި އިތުރު މައުލޫމާތު ހޯދުމަށް 7659977 ނުވަތަ 7697379 އަށް ގުޅުމަށް އެ ފަރާތުން އެދެއެވެ.

މުހައްމަދު ބުނީ، ހޮނިހިރު ދުވަހު (މާދަމާ) ފަށާ ފުރަތަމަ ފެރީ ދަތުރުގެ ބުކިންގ ގާތް ކަނޑަކަށް ފުލްވެފައިވާ ކަމަށާއި މިކަމަށް ރައްޔިތުންގެ ޝައުގުވެރިކަން ބޮޑުކަން ފާހަގަ ކުރެވޭ ކަމަށެވެ.

މުހައްމަދު ބުނީ، ރާއްޖޭގެ ކޮންމެ ހިސާބަކުންވެސް، ކުމުންދޫ ނޭޗަރ ޕާކް އައުމަށް ބުކިން ހެދިދާނެ ކަމަށާއި، ނަމަވެސް އެފަރާތަކުން ފުރަތަމަ ޖެހޭނީ ކުޅުދުއްފުއްޓަށް އަންނަން ކަމަށެވެ. އޭރުން ކުޅުދުއްފުށިން ފެރީގައި ކުމުންދޫއަށް ދިއުމުގެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް މުހައްމަދު ބުނެއެވެ.

ކުމުންދޫގެ އަމިއްލަ ޖަމިއްޔާއަކުން އެރަށުގައި ތަރައްގީކުރި ނޭޗަރ ޕާރކާއެކު އެރަށަށް ދަތުރުކުރާ މީހުންގެ އަދަދު އިތުރުވެފައިވާ ކަމުގެ މައުލޫމާތު ލިބެއެވެ. ނޭޗަރ ޕާރކްގެ އިތުރުން ޒުވާނުން އިސްނަގައިގެން ރަށުގެ އެކި ސަރަހައްދުތަކުގައި ހިތްގައިމު މައިޒާންތައް ހެދުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމަށް ވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފެނަކަ ކޯޕްރޭޝަން އިން ޝަރޫ ލޯންޗް ސާވިސްގެ މައްޗަށް ދައުވާ ކުރާ މައްސަލައިގެ އަޑުއެހުމެއް މިއަދު

ފެނަކަ ކޯޕްރޭޝަން އިން ޝަރޫ ލޯންޗް ސާވިސްގެ މައްޗަށް ދައުވާ ކުރާ މައްސަލައިގެ އަޑުއެހުމެއް މިއަދު

22 އޯގަސްޓު 2017
ސްޓެލްކޯއަށާއި ފެނަކައަށް ޑޮލަރު ވިއްކުމުގައި މައްސަލަ ޖެހުނު ޝަރޫ ލޯންޗް ސަރވިސްގެ ޗެކެއްގެ މައްސަލަ ފެންމަތިވެއްޖެ

ސްޓެލްކޯއަށާއި ފެނަކައަށް ޑޮލަރު ވިއްކުމުގައި މައްސަލަ ޖެހުނު ޝަރޫ ލޯންޗް ސަރވިސްގެ ޗެކެއްގެ މައްސަލަ ފެންމަތިވެއްޖެ

16 އޯގަސްޓު 2017
 ޑޮލަރު ގަންނަން ސްޓެލްކޯއިން ދިން ފައިސާ އަނބުރާ ދެއްކުމަށް ޝަރޫ ލޯންޗްގެ މައްޗަށް ހުކުމް ކޮށްފި

ޑޮލަރު ގަންނަން ސްޓެލްކޯއިން ދިން ފައިސާ އަނބުރާ ދެއްކުމަށް ޝަރޫ ލޯންޗްގެ މައްޗަށް ހުކުމް ކޮށްފި

17 ޖުލައި 2017
އެމްޑީޕީގެ އާ ވެބްސައިޓް ލޯންޗް ކޮށްފި

އެމްޑީޕީގެ އާ ވެބްސައިޓް ލޯންޗް ކޮށްފި

06 ޖުލައި 2017
ލޯންޗް އެކްސިޑެންޓްގައި އަނިޔާވި މީހުންގެ ތެރެއިން އޭޑީކޭގައި މިހާރު އެޑްމިޓްކޮށްފައި ތިބީ ތިން މީހުން!

ލޯންޗް އެކްސިޑެންޓްގައި އަނިޔާވި މީހުންގެ ތެރެއިން އޭޑީކޭގައި މިހާރު އެޑްމިޓްކޮށްފައި ތިބީ ތިން މީހުން!

13 ޖޫން 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު